Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަނީ ލޯންޑަރިންގ ގާނޫނު

ޔާމީނު ތަސްދީގު ކުރެއްވި މަނީ ލޯންޑަރިންގ ގާނޫނު ޔާމީނަށް އޮޅިވަޑައިގެންފި

އެ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު މަޖިލީހުން އެ ބިލު ފާސްކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2021 | ހޮނިހިރު 08:28
ކުރީގެ ރައީސް އަބްދުﷲ ޔާމީނު- 2014 ވަނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު ރައީސް ޔާމީނު ވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު ތަސްދީޤު ކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނު- 2014 ވަނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު ރައީސް ޔާމީނު ވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު ތަސްދީޤު ކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ތަސްދީޤު ކުރެއްވި މަނީ ލޯންޑަރިންގ ޤާނޫނު ޔާމީނަށް އޮޅިވަޑައިގެންފިއެވެ.

ޤާނޫނު ނަންބަރު 10/2014 މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަކީ 2014 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީނު އަބްދުލްޤައްޔޫމު ތަސްދީޤު ކުރެއްވި ޤާނޫނެކެވެ. އެ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު މަޖިލީހުން އެ ބިލު ފާސް ކުރުމާއެކު، އޭޕްރީލް 13 ވަނަ ދުވަހު ރައީސް ޔާމީނު ވަނީ ބިލު ތަސްދީޤު ކުރައްވާފައެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރު އެ ޤާނޫނު ވުޖޫދުގައި ނެތްކަމަށް ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީނު ވިދާޅުވީ، "ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނަގަން ޖެހުނު ގޮތް" ރައްޔިތުންނަށް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން 1 ފެބްރުއަރީގެ އަމުރު ނެރުމަކީ ޖުޑިޝަރީގެ ތެރެއިން ހިންގި ޝާހީ ބަޣާވާތެއްކަމަށް ރައީސް ޔާމީނު ވަނީ ސިފަ ކުރައްވާފައެވެ. ރައީސް ޔާމީނު ވިދާޅުވީ، ސުޕްރީމްކޯޓުގެ ޓިނު ނަގަން ޖެހުނީ އޭރު ކުއްލި ނުރައްކަލުގެ ޙާލަތުން މެނުވީ ޤާނޫނުތައް ސަސްޕެންޑު ނުކުރެވޭނެތީ ކަމަށެވެ. އެގޮތުން އޭރު ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އެބޭފުޅުންނަށް އޭރު ފައިސާ ލިބިފައިވަނީ ކިހިނެއްކަންވެސް ސާފު ކުރެއްވި ކަމަށެވެ. އަދި ކޮރަޕްޝަން މައްސަލަތައް ބެލުން ލާޒިމުވެގެން ދިޔަ ކަމަށާއި، އޭރު މަނީ ލޯންޑަރިން ޤާނޫނެއް އޮތްނަމަ، އެ ޙާލަތު ރަނގަޅަށް ފެތޭނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ސުޕްރީމްކޯޓުގެ ބެންޗުން ފާސްކޮށްގެން މެނުވީ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭނެކަމަށް އޭރު ފާސްކުރިކަން ފާހަގަ ކުރައްވައި ޔާމީނު ވިދާޅުވީ، އެއީ ސީދާ ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސްއެޅުން ކަމަށެވެ. ވީއިރު މި ކަންކަން ބެލުން އޭރު ލާޒިމުވެގެން ދިޔަ ކަމަށާއި، އެ މާއްދާ އުވާލުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމަށް މަޖުބޫރުވީކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

01 ފެބްރުއަރީގެ ކޯޓު އަމުރަކީ ކަނޑައެޅިގެން ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލާ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބަޔަކު ރާވައިގެން ކުރަން އުޅުނު ބަޣާވާތެއްކަމަށް އިދިކޮޅުން ސިފަ ކުރެއެވެ.

އޭގެ އިތުރުންވެސް ރައީސް ޔާމީނު މިފަހުން ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިންނަށް ބޭނުން އެއްޗެއް ލިޔެ އުޅުމުގެ ފުރުސަތު އޮތް ކަމަށާއި، އިދިކޮޅު ފަރާތްތަކަށްވެސް ކޮންމެ ތަނަކަށްވެސް އެއްވެ އުޅުމުގެ މިނިވަންކަން އޭރު ލިއްބައިދީފައިވާނެކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްބުނެ، އިތުރުފުޅު ނުހެއްދެވުމަށް ރައީސް ޔާމީނަށް އެތައް ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު