Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ދާއިރާ ކުރިއެރުވުން

ޕްރައިމަރީ ހެލްތް ކެއަރ ކުރިއެރުވުމަށް ކިއުބާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިއުބާއިން ހެލްތް ކެއަރ ޕްރޮފެޝަނަލުން ގެނައުމަށް ވަނީ އެއްބަސްވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޑިސެމްބަރު 2021 | ހޮނިހިރު 08:24
ކިއުބާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރުން

ކިއުބާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރުން

ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ކުރިއެރުވުމާ ބެހޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާ ކިއުބާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބްދުﷲ މާހިރެވެ. ކިއުބާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ ހޯސޭ އެންހަލް ޕޯޓަލް މިރަންޑާ އެވެ.

މި އެއްބަސްވުމުގެ ދަށުން ކިއުބާއާއި ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ކުރިއަރުވަން މަސައްކަތްކުރެވިގެންދާނެއެވެ. އަދި ރާއްޖޭގެ ޕްރައިމަރީ ހެލްތް ކެއަރ ސިސްޓަމް އިތުރަށް ކުރިއެރުވުމަށް ވަނީ އެއްބަސްވެފައެވެ. ޕްރައިމަރީ ހެލްތް ކެއަރ ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ ވަރަށް، ހެލްތް ކެއަރ ދާއިރާގެ ފަންނީ މީހުން ކިއުބާއިން ގެނައުން މި އެއްބަސްވުމުގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ގައިން ގަޔަށް ނާރާ ބަލިތައް ހުއްޓުވުމާއި، ގައިން ގަޔަށް އަރާ ބަލިތައް ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ ހެލްތް ކެއަރ ޕްރޮފެޝަނަލުން ހޯދުންވެސް ހިމެނެއެވެ.

ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ އަލުން ފަށައިގަތުމަށް މަސައްކަތްކުރަމުންދާއިރު، މިކަމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރއަކީ މީގެ އަހަރުތަކެއް ކުރިން ކުރިއަށްގެންގޮސް، މިހާރު ހުއްޓާލާފައިވާ މަސައްކަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން މަދުވިޔަސް ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ބަލި މީހުންގެ ކަންކަން ބެލެހެއްޓޭނެ ކަމަށެވެ. މިކަމުގެ ރަނގަޅު ނަތީޖާ މީގެ ކުރިން ފެނިފައިވާކަމަށާއި، އެހެންނަމަވެސް ކަމެއްގެ ރަނގަޅު ނަތީޖާ ފެންނާނީ އެކަމެއް ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އުޅޭ އެކިއެކި ބަލިތައް ގިނަވެފައިވަނީ މި ބައި ދޫކޮށްލެވުނީމަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޕްރައިމަރީ ހެލްތު ކެއަރ އަލުން ތައާރަފު ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، މި މަސައްކަތްތައް ނިންމައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތް ކެއަރގެ ސަބަބުން ބަލިތަކުގައި ބޮޑުވަރުވާ މިންވަރު ކުޑަކޮށްދޭނެ ކަމަށެވެ. ބަލީގައި ބޮޑުވަރު ވުމުގެ ކުރީގައި ބަލި ދެނެގަނެވި އެ ބައްޔަށް ފަރުވާދެވެން ފެއްޓޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އުރަމަތީ ކެންސަރުފަދަ ކުރިން ދެނެގަނެވޭ ކަންކަން ކުރިން ދެނެގަނެ ބޭނުންވާ ފަރުވާ ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދ ޕްރައިމަރީ ހެލްތު ކެއަރ އާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަންސް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު