Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮތަރު ކޮށި ޖަލްސާ

ޔާމީނު ވިދާޅުވީ ވެރިކަން ކުރެއްވިއިރު އެއްވެ އުޅުމުގެ މިނިވަންކަން ދެއްވިކަމަށް

10 ޑިސެމްބަރު 2021 | ހުކުރު 18:12

މިއީ ހަމައެކަނި ނަމުން ޑިމޮކްރަޓިކް ބައެއްކަމަށް ބުނެވިދާނެ ކަމަށް ވިދާޅުވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޑިސެމްބަރު 2021 | ހުކުރު 18:12
ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި ރައީސް ޔާމީނު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެރޭ އިދިކޮޅުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި ރައީސް ޔާމީނު ވާހަކަ ދައްކަވަނީ

ވެރިކަން ކުރެއްވިއިރު އެއްވެ އުޅުމުގެ މިނިވަންކަން ދެއްވާފައިވާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "ކޮތަރު ކޮށި" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި "ކޮތަރު ކޮށި" ޖަލްސާ ބާއްވަން މަސައްކަތް ކުރުމުން، އެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށެވެ. ވީއިރު މިއީ ހަމައެކަނި ނަމުން ޑިމޮކްރަޓިކް ބައެއްކަމަށް ބުނެވިދާނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ރައީސް ޔާމީނު ވިދާޅުވީ، އިދިކޮޅުގައި މި ސަރުކާރުގެ ބޭފުޅުން ތިބިއިރު އެއް ނުވެވޭނެ ސަރަޙައްދެއް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ހުއްދަނެތި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި "ކޮތަރު ކޮށި" ޖަލްސާ ބޭއްވުމަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ފޯރިމަރަން ފެށުމާއި ގުޅިގެންނެވެ. ފުލުހުން ފޯރިމަރަން ފެށުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއްގައި ސިޔާސީ ޕާޓީ އަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަން ދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، ސުލުހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް މާލޭގައި އެއްވުން މަނާކުރީ އޭރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ހުށައެޅި އިސްލާހެއްގެ ދަށުންނެވެ. ޔާމީނުގެ ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ އެއްވެ އުޅުމުގެ ހައްގު ހަނިވެގެން ދިޔަ އިސްލާހުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން 17 އޮގަސްޓު 2016 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނު ހަނިކުރުމަށްފަހު ބިލު ފާސް ކުރީ އޭރުގެ ސަރުކާރުގައި ތިއްބެވި 37 މެންބަރުންގެ ތާއީދާއެކު އެވެ. އޭރު ބިލާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދިޔަ ނަމަވެސް، ބިލު ފާސްކޮށް އޭގެ ދަށުން ސިޔާސީ ޕާޓީތަކާއި، އެކި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

އެއިސްލާހާ ގުޅިގެން އޭރު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އާންމު ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ގެންދިޔަ އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކަށް އެއްވެވޭނެ ނުވަތަ ޖަލްސާއެއް ބާއްވާލާނެ ތަނެއް ނުލިބިގެން އުޅެންޖެހިފައި ވެއެވެ.

އެހެންނަމަވެސް މި ސަރުކާރުން ވަނީ މި ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ފާސްކުރި އެ އިސްލާހު، އުވާލަން މަޖިލީހަށް ހުށަހެޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ. ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ކޮމިޓީން ފާސްކުރި އެއްކަމަކީ ޓޫރިސްޓް ރިސޯޓުތަކުގައި މުވައްޒަފުންނަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި އެއްވެ އުޅުން މަނާ ކުރުމެވެ. އެއާއެކު، މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހުއްދަ ލިބިގެންދެއެވެ.

އޭގެ އިތުރުން، އެއްވެ އުޅުމުގެ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އެއްވުންތައް ބޭއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ނެގުން ލާޒިމުވި ނަމަވެސް، މިހާރު އެ މާއްދާ އެއްކޮށް އުނި ކުރުމަށް ވަނީ ފާސްކޮށްފައެވެ. އެއާއެކު، އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބޭ ތަންތަނަށް ކަމަށް ބަޔާންކޮށް އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ވަނީ ފާސްކޮށްފައެވެ.

މި އިސްލާހުތަކާއެކު ގައުމުގެ ސަލާމަތަށްޓަކައި އެއްވެ އުޅުން މަނާ ސަރަހައްދުތަކެއްވެސް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުން ޚިދުމަތް ފޯރުކޮށްދޭ އިމާރަތްތައް ހުންނަ ސަރަޙައްދުތަކާއި، ޖަލު ފަދަ ތަންތަން ހިމެނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް