Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީނުގެ ޒުވާނެއްގެ ވާހަކަ

ބަނޑުހައިހޫނުކަމުގެ ހަޅުތާލާއެކު މިނިވަންވި ޒުވާނެއްގެ ވާހަކަ!

10 ޑިސެމްބަރު 2021 | ހުކުރު 14:34

ހަޅުތާލުގައި 131 ދުވަސް ހޭދަކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޑިސެމްބަރު 2021 | ހުކުރު 14:34
ކައިދް ފަސްފޫސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް،

ކައިދް ފަސްފޫސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް،

އަނިޔާވެރި ޔަހޫދީންގެ ހަމަލާތަކުން ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ބިކަކުރަމުންދެއެވެ. ހައްދެއް ނެތި ލާއިންސާނީ ހަމަލާތައް ފަލަސްތީން ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް އަމާޒު ކުރަމުން ދަނީ އެކިއެކި ސިފަސިފައިގައެވެ. ބޮން އަޅައި ގެތައް ލޫޓުވާލައެވެ. ތުއްތު އެތައް ކުއްޖެއްގެ ބައްޕައިން ވަގަށް ނަގައެވެ. އާއިލާތައް ވިއްސިވިހާލި ކޮށްލައެވެ. މި ހަމަލާތަކުގައި މައިން ބަފައިންނާ ވަކިވާންޖެހޭ ކުދިން ގިނައެވެ. ބައެއް އާއިލާތަކުގެ ފިރިހެނުން އިސްރާއީލްގެ ޖަލުތަކަށް ގެންގޮސް ޖިސްމާނީ ނަފްސާނީ އެތައް އަނިޔާއެއް ދެއެވެ. ނަމަވެސް އެއަނިޔާތަކަށް އެމީހުން ކުޑަކަކޫ ނުޖަހައެވެ. މުޅި ދުނިޔެއަށް އެމީހުންގެ ހިތްވަރާއި، ސާބިތުކަން ދައްކުވައިދެއެވެ. އެގޮތުން ދާދިފަހުން އެކަން ސާބިތުކޮށްދީފައިވަނީ 32 އަހަރުގެ ކާއިދު ފަސްފޫސްއެވެ.

ކާއިދަކީ ހިބްރޮންގައި އާއިލާއާއެކު ވަރަށް އުފާވެރިކޮށް ދިރިއުޅެމުން އައި ޒުވާނެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުމަށް ވެސް އިސްރާއީލްގެ އަނިޔާވެރި ހިޔަނި އެޅުނީއެވެ. ސިއްރު މައުލޫމާތު ހޯދާ ކަމަށް ބުނެ، ކާއިދު ހައްޔަރުކޮށްގެން ގެންދިޔައީ 2020 އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ބޮލަށް ފޮތިގަނޑެއް ލައްވައި ހައްޔަރުކުރީ އޭނާގެ އަންހެން ދަރިފުޅާއި، އަންހެނުންގެ ކުރިމަތީގައި ވަރަށް އަނިޔާވެރިކޮށެވެ. އެދުވަހު ވެސް ކާއިދުގެ އަންހެން ދަރިފުޅުގާތުގައި އޭނާ ބުންޏެވެ. ބައްޕަ އެއްވެސް ކުށެއް ނުކުރާ ކަމަށާއި، އެކަން މުޅި ދުނިޔެއަށް ސާބިތުކޮށް ދިނުމަށްފަހު އެބުރި އަންނާނެ ކަމަށެވެ. އެހާލަތު ސިފަކޮށް ދެމުން ކާއިދު ބުނެފައިވަނީ ހައްޔަރު ކުރި ވަގުތު ބިރުވެރި ނަމަވެސް އަންހެނުންނާއި އަންހެން ދަރިފުޅުގެ ފަރާތުން ހިތްވަރާއި، ކެތްތެރިކަން ފެނިގެން ދިޔަ ކަމަށެވެ.

ދުވަސްތައް ގިނަވަމުން ދިޔައެވެ. އޭނާގެ ކުށެއް ނެތްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނުމަށް ކާއިދު ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށިއެވެ. 2021 ވަނަ އަަހަރުގެ ޖުލައި މަހު ފެށި ހަޅުލާތުގައި 131 ދުވަސް ހޭދަ ކުރިއެވެ. މިހަޅުތާލުގައި އޭނާގެ ހާލު ސީރިއަސްވެ ރާމަﷲގެ ހޮސްޕިޓަލެއްގައި މިމަހުގެ 5 ވަނަ ދުވަހު އެޑްމިޓް ކުރިއެވެ. އެހިސާބުން ކާއިދަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އެއީ ގިނަ ދުވަސްތަކަކަށް މި ހަޅުތާލު ދިގުދެމިގެން ދިއުމާއެކުއެވެ. އަދި ކުރި ކުށެއް ނޭނގޭ ހާލު އޭނާއަށް ދައުވާއެއް ކުރުމެއް ނެތި ހައްޔަރުކޮށްފައި ބެހެއްޓުމަކީ ވަރަށް ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް އާއްމުން ބުނެ، އިސްރާއީލްގެ ސިފައިންނާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލިއެވެ. ނަތީޖާއެއް ގޮތުން މިއަދު ކާއިދު ވަނީ މިނިވަން ކޮށްފައެވެ.

ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކާއިދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލާފައިވާއިރު، އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނަރޫފަވެފައެވެ. އޭނާގެ ހަނދާނަށް ވެސް ގެއްލުންވެ، ހަށިގަނޑުން 45 ކިލޯ ލުއިވެފައިވެއެވެ.

ކާއިދު މިނިވަންވުމާއި ގުޅިގެން އަލްޖަޒީރާއަށް ދީފައިވާ އިންޓަވިޔުގައި ބުނެފައިވަނީ އަދިވެސް ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި، މީގެ ކުރިން ވެސް ހަމަސް ދުވަހަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަ ކުރި ކަމަށެވެ. ނަމަވެސް ގެޔަށް އެނބުރި ދާން ބޭނުންވާ ކަމަށާއި، އާއިލާއާއެކު ދިިރިއުޅުން އާރާސްތު ކުރަން ބޭނުންވާކަން ފާހަގަކުރިއެވެ. އަދި ފަލަސްތީނަކީ އޭނާގެ ވެސް ބިން ކަމަށާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބެންޖެހޭކަ ކަމަށް ބުންޏެވެ.

ޖަލުގައި ހޭދުކުރި ދުވަސްތަކަށް އިޝާރާތްކޮށް ކާއިދު ބުނެފައިވަނީ ކޮންމެ ދުވަހަކީ ޔާހޫދީ ސިފައިންގެ އަނިޔާވެރިކަން ތަހައްމަލް ކުރަން ޖެހޭ ދުވަހެއް ކަމަށާއި، ނަފްސާނީ ގޮތުން ވެސް ބަލި ކޮށްލުމަށް އެކި ގޮތްގޮތުން އެމީހުން މަސައްކަތް ކުރާ ކަމަށެވެ. އަދި ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން ވެސް ހޮސްޕިޓަލްގެ ސްޓާފުން ވެސް އަޅާނުލާ ފަރުވާނުދޭނެ ކަމުގެ އިންޒާރު ދިން ކަމަށް ކާއިދު ބުނެފައިވެއެވެ. ކާއިދަކީ ކުރިން ބޮޑީބިލްޑަރެއް ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑު ވަނީ ބަދަލުވެފައެވެ. މީހާގެ ސިފަގެއްލިފައެވެ. ނަމަވެސް އޭނާގެ ސިފައާ އަދި ސިއްހީ ހާލަތާއި މެދު ކަންބޮޑެއް ނުވެއެވެ.

މިއަދު ކާއިދު ކަންބޮޑުވަނީ ފަލަސްތީނުގެ އެތައް ޒުވާނުންނާއި ކުޑަ ކުދިން ޖަލުތަކުގައި ހައްޔަރުކޮށްފައިވާތީއެވެ. ނުހައްގުން ކޮންމެ ދުވަހަކު އެތައް އަނިޔާއެއް ދެމުންދާތީއެވެ. ފަލަސްތީނުގެ ބިން އެހީއެދި ގޮވަމުންދާއިރު، ދުނިޔެ ނިދާފައިވާ ކަމަށް ކާއިދު ބުނެއެވެ. އަދި މިއަދު މުސްލިމް އުންމަތަށް ވެފައިވާ ގޮތާއިމެދު ސުވާލު އުފައްދާ އޭނާ ވާހަކަދެއްކިއެވެ. ނުހައްގުން އަނިޔާ ލިބޭ އަޚުންނާއި އުޚުތުންގެ ހައްގުގައި ތެދުވުމަށް ގޮވާލިއެވެ. ކާއިދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލުން އެތައް އާއިލާއަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ހާލުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
26 ފެބުރުއަރީ 2017

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް