Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ގަބޫލުކުރެވޭ ފެންވަރަކަށް ނޫން ކަމަށް އދ. އިން ބުނެފި

9 ޑިސެމްބަރު 2021 | ބުރާސްފަތި 11:06

ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްދުފަހަނައަޅާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 11:06
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ ޖަލުތަކުގެ ހާލަތު މިހާރު ހުރީ ބައިނަލްއަގުއާމީ ގޮތުން ބަލައިގަނެވޭ ފެންވަރަކަށް ނޫންކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބުނެފިއެވެ.

ސަރުކާރުގެ ދައުވަތަށް ރާއްޖެ އައިސް 10 ދުވަހުގެ ތަހުގީގަކަށްފަހު ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނާ ޚިލާފު ބަންދުގެ މައްސަލަތައް ބެލުމަށް ހާއްސަ އދ. ގެ އެ ކޮމެޓީން ބުނީ، ދިވެހިރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްދުފަހަނައަޅާފައިވާ ކަމަށާއި ބޭސް ފަރުވާ ހޯދުމާއި ކަސްރަތު ކުރުން ފަދަ އިންސާނީ ހައްގުތަކުން ގިނަ ގައިދީން މަހްރޫމްކޮށްފައިވާ ކަމަށެވެ. ބަންދުކޮށްފައި ތިބޭ ގިނަ ގައިދީން ގޮޅިން ބޭރަށް ނުނެރެ އެއް މަސްވެސް ވެފައިވާކަމަށް އެ ކޮމެޓީގެ ޗެއަރ ޑރ. އެލީނާ ސްޓެއިނާޓް ވިދާޅުވިއެވެ. މިފަދަ މޫސުމެއްގައި މިއީ އިންސާފެއް ނޫން ކަމަށާއި، އެއީ އެކަން ހިންގަންވާނެ ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖަލުތަކުގެ ތެރެއިންވެސް މާލޭ ޖަލުގެ ޖާގައިގެ ދަތިކަން ހުރިކަން އެ ކޮމިޓީން ފާހަކުރިއެވެ. މާލޭ ޖަލުގައި ގައިދީން ބޭރަަށް ނެރެނީ ބޮޑު ކޮއްޓަކަށް ލައިގެން ކަމަށާއި، ޖަލުގެ ގޮޅިތަކުގައި ގިނަ ގައިދީން ނިދާނެ ގޮދަޑިއެއްހާ ހިސާބުވެސް ނެތް ކަމަށް އެ ޓީމުގެ މެމްބަރު ޕްރިޔާ ވިދާޅުވިއެވެ. ގައިދީންގެ އަދަދު ގިނަކަމުން ނިދަންޖެހެނީ ވަރަށް ކައިރިކައިރީގައި ކަމަށާއި، ފައި ދަމާލާނެހާ ޖާގަ ވެސް ނޯންނަކަމަށް ވިދާޅުވިއެވެ. އެތައް އަހަރެއް ޖަލުގައި ތިބޭ މީހުންނަށްވެސް ސައިކޯ ސޯޝަލް ސަޕޯރޓްވެސް ނުލިބޭކަމަށް ވިދާޅުވިއެވެ.

ކުށުގެ ތުހުމަތުގައި ބަންދު ކުރާ މީހުންނާއި، ހުކުމްކޮށްފައިވާ ތިބޭ މީހުންނާ އެއް ދަރަޖައެއްގައި ގެންގުޅޭ މައްސަލަވެސް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. ހަމަ މިއާއެކު ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނާއި ބޮޑެތި ޖިނާއީ ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ހައްގުތައް ގާނޫނުން ހަނިކުރާ ކަމަށްވެސް އެ ޓީމުން ބުންޏެވެެ. އަދި ގާނޫނީ ފްރޭމްވޯކް އޮންނަ ގޮތުން ބަންދުގައި ތިބެގެން ގާނޫނީ އެހީތެރިކަން ހޯދުމަށް ގައިދީންނަށް ދަތިވާ ކަމަށެވެ.

ޚާއްސަކޮށް ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލު އޮތްކަމަށް އެ ގްރޫޕުންވަނީ ފާހަގަކޮށްފައެވެ. ބިދޭސީން ގެންގުޅެނީ ވަރަށް އަސާސީ ހައްގުތަކުން ވެސް އެކަހެރިކޮށްގެން ކަމަށާއި ނުރަސްމީ ބަންދު ސެންޓަރެއްގައި ސަރުކާރުގެ ކުންފުންޏަކުންވެސް ގިނަ އަދަދެއްގެ ބިދޭސީން ބަންދުކޮށްގެން ގެންގުޅުނު ކަމަށް އެ ޓީމުން ބުންޏެވެ. އެހެންނަމަވެސް އެއީ ކޮން ކުންފުންޏެއްކަން ހާމައެއް ނުކުރެއެވެ. އެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަކަށް ނުގެންދާ ކަމަށާއި، ގާނޫނީ އެހީތެރިކަމެއް ނުލިބޭ ކަމަށްވެސް ޕްރިޔާ ވިދާޅުވިއެވެ. ބިދޭސީން ބަންދުކުރާއިރު އެއް ހަމައަކުން އަމަލު ކުރުމުގެ ބަދަލުގައި ކޮންމެ ކޭހެއްވެސް ވަކިވަކިން ބެލުމަށް އެ ޓީމުންވަނީ އެދިފައެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާމެދު ދެކޭ ގޮތް ބަދަލުކޮށް، މަސްތުވާތަކެތީގެ މައްސަލައަކީ ސިއްހީ ކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށާއި، ޑްރަގް ރިހެބިލިޓޭޝަންގެ ޕްރޮގްރާމްތައް ޖަލުގައި އެކަށީގެންވާ ގޮތަށް ކުރިއަށްނުދާކަން ފާހަގަކުރިއެެވެ.

ރަސްމީ ރިޕޯޓް އެކުލަވާލައި ރިޕޯޓް އަންނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެއެވެ. އަދި، މި ކަމުގައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރަތަކުން ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް މުހިއްމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށްވެސް އެ ޓީމުން ފާހަގކުރިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް