Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު އޭސީސީއަށް

މުއިއްޒު ވިދާޅުވީ އޭސީސީއަށް ހާޒިވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށް

9 ޑިސެމްބަރު 2021 | ބުރާސްފަތި 09:12

ނިއު ޕޯޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ވަނީ މިދިޔަ ހަފުތާގައި އަނބުރާ ފޮނުވާލާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 09:12
ޑރ.މުހައްމަދު މުއިއްޒު - މާލެ ސިޓީ މޭޔަރ

ޑރ.މުހައްމަދު މުއިއްޒު - މާލެ ސިޓީ މޭޔަރ

އޭސީސީއަށް ހާޒިވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މެންދުރު 2:00ގައި އޭސީސީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި އެއީ ބިރު ދެއްކުމުގެ ގޮތުން އެންގި އެންގުމެއް ކަަމަށެވެ. ސަބަބެއް ކަމުގައި މުއިއްޒު ވިދާޅުވީ، އެއީ މި ދުވަސްކޮޅު ސިޓީ ކައުންސިލްގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާތީ ކަމަށެވެ. އެކަމާ ޖެހިލުވެވަޑައިގުންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލޭގެ ޕާރކިންގ ސްލޮޓްތައް ދޫކުރުމުގައި މާލެ ސިޓީ ކައުންސިލުން އަމަލު ކޮށްފައިވާ ގޮތުން އެ މައްސަލަވެސް މިހާރުވަނީ އޭސީސީއަށް ހުށަހަޅާފައެވެ. ޕާކިން ސްލޮޓްތަކުގެ ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަޖެހުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން 211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައިވާއިރު މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށްވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރު ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ. މި މައްސަލަ އޭސީސީން އަންނަނީ ދިރާސާ ކުރަމުންނެވެ.

ނިއު ޕޯޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ވަނީ މިދިޔަ ހަފުތާގައި އަނބުރާ ފޮނުވާލާފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާފައިވާ ކަމަށާއި، އެދިފައިވަނީ ޕީޖީ އޮފީހުން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހިމަނައިގެން  އަލުން މައްސަލަ ފޮނުވުމަށް ކަމުގައެވެ. މި މައްސަލައިގެ މަރުހަލާގެ ގޮތުން ޕީޖީ އޮފީހުން އިތުރު މައުލޫމާތު ހާމައެއް ނުކުރެއެވެ.

ނިއުޕޯޓް މައްސަލައިގައި މުއިއްޒަށް ދައުވާ ކުރަން ފޮނުވީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ. އޭސީސީން އެއިރު ބުނެފައިވަނީ މުއިއްޒުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލާގައި މުއިއްޒުގެ އިތުރުން ދެން ދައުވާ ކުރަން ފޮނުވާފައިވަނީ ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނެފައި ވަނީ ސްޓްރާޑާއާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާ ކަމަށާއި އެ އެއްބަސްވުން ބާތިލު ކުރުމުގެ އިޚުތިޔާރު އޮތް ނަމަވެސް އެކަން ނުކޮށް، އެ ކުންފުންޏަށް އިތުރަށް މަންފާވާ ގޮތަށް އެ އެއްބަސްވުމަށް އިތުރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި ބިން ކުއްޔަށް ދީފައިވާ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމާއި ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ ފުރުސަތު ދިނުން ވެސް ހިމެނެ އެވެ.

މި މައްސަލައިގައި ދައުވާ ކުރަން އެދިފައިވާއިރު، މުއިއްޒުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައެއްވެސް އެބައޮތެވެ. އެއީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާއެކު، ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށް ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ
29 މެއި 2017

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
19 މެއި 2017

ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި

19 މެއި 2017
ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި
30 އެޕްރީލު 2017

އޭޕްރީލް ވެސް ނިމުނީ، އޭސީސީއަށް ޚިޔާނާތުގެ ރިޕޯޓެއް ނުނެރެވުނު!

30 އެޕްރީލު 2017
އޭޕްރީލް ވެސް ނިމުނީ، އޭސީސީއަށް ޚިޔާނާތުގެ ރިޕޯޓެއް ނުނެރެވުނު!
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް