Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލުން ޓީޖެޓީ އަތުލުން

ޓީޖެޓީ އަތުލަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

9 ޑިސެމްބަރު 2021 | ބުރާސްފަތި 03:17

ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 03:17
ޓީޖެޓީ

ޓީޖެޓީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަލަހައްޓަމުންދާ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ނުދީފިނަމަ އެތަން ސިޓީ ކައުންސިލްގެ ދަށަށް ގެންދިއުމަށް ފާސްކޮށްފިއެވެ.

މިކަން މިގޮތަށް ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ ޓީޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، އެ މުއްދަތުގެ ތެރޭގައި އެތަން މާލެ ސިޓީ ކައުންސިލާ ހަވާލުނުކޮށްފިނަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ޓީޖެޓީ ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން އެމްޕީއެލްއަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ. މި މުއްދަތު ހަމަވުމުން މާލެ ސިޓީ ކައުންސިލުން އެތަނާ ހަވާލުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ހުށަހަޅާފައިވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ. ނަރީޝްގެ މި ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުން ވަނީ ތާއީދުކުރައްވާފައެވެ.

މި ހުށަހެޅުން ފާސްވުމާއެކު މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މުއްދަތު ހަމަވުމުން އެތަން ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއަށް އަންގަވާފައެވެ.

ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިހާރުގެ މޭޔަރ ޑރ. މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނެވި އިރު 2015 ވަނަ އަހަރުގެ މާޗް 12 ގައެވެ. މިފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރ ޑރ. މުއިއްޒު ވަނީ އެތަން އަނބުރާ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެތަން ސިޓީ ކައުންސިލާ ހަވާލުކޮށްފައިނުވާކަމަށެވެ.

މިގޮތަށް އެދިފައިވަނީ އެ ބަނދަރުން ލިބޭ އާމްދަނީން މާލޭގެ ރައްޔިތުންނަށް ފައިދާކުރަނިވި އެތައް ކަމެއް ސިޓީ ކައުންސިލަށް ކުރެވޭނެތީ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެ ފައިސާއިން ކުނި މެނޭޖްކުރުން ފަދަ ކަންކަމަށް ޚަރަދުކުރެވޭނެ ކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި ހުރިހާ ރަށެއްގެވެސް ބަނދަރުތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި އޮންނަ ތަންތަނަށް ވެފައި، ޓީޖެޓީ އެމްޕީއެލްއަށް ދޭން ސަރުކާރުން ދެކޮޅުހެދުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ނިންމެވި ނިންމެވުމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް