Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމުގެ ކުޅުންތެރިން ޕޮޒިޓިވްވުން

ޓޮޓެންހަމުގެ އަށް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް

8 ޑިސެމްބަރު 2021 | ބުދަ 15:12

ޓޮޓެންހަމުން ރެންއާ ދެކޮޅަށް ކުޅެން އޮތް މެޗު ކުރިއަށްދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޑިސެމްބަރު 2021 | ބުދަ 15:12
ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމް ހޮޓްސްޕާގެ އަށް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޔުއެފާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހެދި ޕީސީއާރް ޓެސްޓުތަކުން ޓޮޓެންހަމްގެ ޖުމްލަ އަށް ކުޅުންތެރިންނާއި ފަސް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ރެންއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ޓޮޓެންހަމުން އެދުނު ނަމަވެސް، ޔުއެފާއިން ވަނީ ތާވަލާ އެއްގޮތަށް އެ މެޗު ކުރިއަށްދާނެ ކަމަށް ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި އަށް ކުޅުންތެރިންގެ ނަންތައް ޓޮޓެންހަމުން އާންމުކޮށްފައިނުވި ނަމަވެސް އެ ކުޅުންތެރިންނަށް ޓޮޓެންހަމުން ކުރިއަށް ކުޅެން އޮތް ތިން މެޗުގައި ނުކުޅެވޭނެއެވެ.

ރެން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަދައްކަމުން ކޮންޓޭ ބުނީ ދުވަހެއް ދުވަހަކަށް އެ ޓީމުގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށާއި، މިއީ އެ ޓީމަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތެއް ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައިވެސް ކުރިއަށް އޮތް ރެން މެޗަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެކަމަކު އެއީ ފަސޭހަކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރެންއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު، އެ މެޗަށްފަހު ގާތްގާތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުން ތިން މެޗެއް ކުޅޭނެއެވެ. އެއީ ރަށުން ބޭރުގައި ބްރައިޓަން އާއި ލެސްޓާ ސިޓީއާ ކުޅުމަށްފަހު، މި މަހު 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ބައްދަލުކުރާ މެޗެވެ. އެކަމަކު ޓޮޓެންހަމަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބްރައިޓަން މެޗު ފަސްކުރުން ގާތްގަކަމަށް ރިޕޯޓުތައް ބުނުއެވެ.

ޔުއެފާއިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ގޯލްކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑަށް ޕޮޒިޓިވްނުވެ ޓީމެއްގައި ފިޓުކޮށް ހުރެފިނަމަ، މެޗު ކުޅެން ޖެހޭނެއެވެ. އަދި ޓީމެއްގައި ކޮވިޑުގެ ކޭސްތަކެއް ދިމާވެ، ކުޅުންތެރިންތަކަކަށް ނުކުޅެވިއްޖެ ހާލަތެއްގައި ޕްރިމިއާ ލީގުންވެސް އަމަލުކުރަމުން އަންނަނީ ޔުއެފާގެ އުސޫލުތަކާ އެއްގޮތަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2020

ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

14 މާރިޗު 2020
ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
13 މާރިޗު 2020

ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
13 މާރިޗު 2020

ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
11 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

11 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
03 އޮކްޓޯބަރު 2018

އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި

03 އޮކްޓޯބަރު 2018
އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި
18 ޖޫން 2018

ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި

18 ޖޫން 2018
ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
26 ޖުލައި 2017

ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް

26 ޖުލައި 2017
ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް