Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޔާމީނުގެ އައުވާނުންގެ ނަޒަރުގައި ޕެންޑޯރާ ކަރުދާސް

8 ޑިސެމްބަރު 2021 | ބުދަ 09:56

ޔާމީނުގެ ސަޕޯޓަރުން ބުނަނީ ޕެންޑޯރާޔަކީ އިންޑިޔާގެ ރޭވުމެއް ކަމުގައި

| 8 ޑިސެމްބަރު 2021 | ބުދަ 09:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޕެންޑޯރާސް ޕޭޕަރސް ނުވަތަ ޕެންޑޯރާގެ ކަރުދާހޭ ކިޔުނު ކަރުދާސްތަކެއްގެ ވާހަކަ މިދުވަސްވަރު މާގަދައެއްކޮށް އެބަދެކެވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި މީހުން ހިންގާފައިވާ ވައްކަމާއި ޚިޔާނާތާއި ފަސާދައިގެ އެކިއެކި އަމަލުތަކުގެ ވާހަކަ މި ކަރުދާސްތަކުގައި ވަރަށް ރަގަޅަށް ބަޔާންވެގެންވެއެވެ. މިއީ އެކި ގޮތްގޮތަށް ލީކްކޮށްލެވިފައިވާ ބާރަ މިލިޔަން ކަރުދާސް ބަލައި ހާވައި ދިރާސާކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އެތައް ހާސް ނޫސްވެރިން އެތަކެއް އަހަރު ބުރަ މަސައްކަތްތަކެއް ކޮށްގެން ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ މަހާ ކަރުދާހެކެވެ. ޝާއިއު ކުރެވިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

މީގެ ބާރުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި މިހާރު ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން 35 ލީޑަރަކު ވަނީ ބަރަހަނާ ވެފައެވެ. ރައީސުންނާއި ބޮޑުވަޒީރުންނާއި ވަޒީރުންނާއި މަހުޖަނުންނާއި ފަންނާނުންވެސް ހިމެނޭ ގޮތަށް މިއީ ދިގު ލިސްޓެކެވެ. ދިވެހިރާއްޖޭގައި 2013ން 2018ށް ރައީސްކަން ކުރެއްވި އަބްދުﷲ ޔާމީނޭ ކިޔުނު ބޭފުޅެއްގެ ނަންވެސް މި ކަރުދާސްތަކުގައި އާދެއެވެ. ތަހުގީގުކުރާ ނޫސްވެރިންގެ ގުޅިފައިވާ ބައިނަލްއަގުވާމީ ޖަމާއަތް ނުވަތަ އައިސީއައިޖޭގެ ފަރާތުން ބުނާ ގޮތުގައި މިއީ އެ ޖަމާއަތަށް މިހާތަނަށް ކުރެވުނު އެންމެ އަގުބޮޑު އެންމެ ބުރަ މަސައްކަތެވެ.

އައިސީއައިޖޭގެ ފަރާތުން 2016 ވަނަ އަހަރު ލީކުކޮށްލި ނުވަތަ ޝާއިއު ކުރި ޕެނަމާގެ ކަރުދާސްތަކަށްވުރެ ޕެންޑޯރާގެ ކަރުދާހުގައި ހިމެނޭ ތަފްސީލުތައް ގިނަވެފައި ލިސްޓުވެސް ދިގެވެ. ޔޫރަޕާއި އެފްރިކާޔާއި އޭޝިޔާއާއި ދެކުނު އެމެރިކާޔާއި މިހެންގޮސް ހަމަ ހުރިހާ ބައްރެއްގައި ވައްކަމާއި ފަސާދަ ގިރައިގެން ބޮއެގެން އަމިއްލަ ޖީބުތައް ބަރުކޮށްގެން ތިބި މަޝްހޫރު މީސްމީހުން ކޮށްފައިވާ ވައްކަމުގެ ވާހަކަ މީގައި ބަޔާންވެގެންވެއެވެ. އެގޮތުން ފުށްކޮޅެއް ގިރައިގެން ދިރުވައިލާ ބީދައިން ފުއްގިރީގެ މުއާމަލާތުގައި ޔާމީނު ހިންގެވި އަމަލުވެސް އޮތީ ހިމެނިފައެވެ. އައިސީއައިޖޭގެ ފަރާތުން ޝާއިއުކުރާ ކަރުދާހަށް އެކި ފަހަރު ކިޔަނީ އެކި ނަމެވެ. އެގޮތުން އެންމެ ފުރަތަމަ ޕެނަމާ ކަރުދާހެވެ. މިފަހަރު ޕެންޑޯރާ ކަރުދާހެވެ.

ޕެންޑޯރާއަކީ ކާކުބާވައެވެ. ޕެންޑޯރާ ކަރުދާހޭ ކިޔައި ނަންދިނީ ކީއްވެބާވައެވެ. ޕެންޑޯރާޔަކީ އެންމެ އިހުޒަމާނުގައި ޔޫނާނުގައި އުޅުނު އަންހެނެކެވެ. އެމީހާގެ ފިރިމީހާ މާވަރުގަދަ ފޮށްޓެއް ގެންގުޅުނެވެ. ދުނިޔޭގައި އެހާތަނަށް އުޅުނު މީހުންނާއި އަންނާންތިބި މީހުންގެ ސިއްރުތައްވެސް ފޮރުވިފައި ވަނީ އެފޮށީގައެވެ. އަދި އިންސާނުންނަށް އަންނާންއޮތް ކުދި ބޮޑު އެންމެހައި މުސީބާތްތަކާއި ވަބާތަކުގެ ސިއްރުވެސް ފޮރުވިފައި އޮތީ އެ ފޮށީގައެވެ. ފިރިމީހާ މަރުވީމާ ފޮށިތެރޭގައި ހުރީ ކޮން އެއްޗެއްކަން ދެނެގަތުމުގެ ޝައުގުވެރިކަމުގައި ޕެންޑޯރާ އެންމެ ފަހުން ފޮށި ހުޅުވައި އޭގެ ފިޔަންގަނޑު ހިއްލައިލީއެވެ. އެތެރޭގައި ހުރީ ކޮން އެއްޗެއްކަން އެނގުމަކާ ނުލައެވެ.

ކޮންމެއަކަސް ހުޅުވި ފިޔަންގަނޑާއެކު މީސްތަކުންގެ ސިއްރުތަކާއި ނަސީބާއި ބަދުނަސީބާއި މިހެންގޮސް ހުރިހާ އެއްޗެއް ބޭރުވެ ފެތުރިގެން ހިނގާއްޖެއެވެ. ޕެންޑޯރާގެ ބޮޑުފޮށި މަޝްހޫރުވެގެން ހިނގާއްޖެއެވެ. ގަދީމީ ޔޫނާނުގެ ފޯކްލޯރުތަކުގައި މިވާހަކަ ކިޔައި އުޅެނީ މިހެންނެވެ. އެހެންވީމާ އައިސީއައިޖޭގެ ކަރުދާހަކީ މީސްތަކުންގެ ވައްކަމާއި ފަސާދަޔާއި ރިޝްވަތާ ގުޅޭ ސިއްރު ހިމެނޭ ކަރުދާހެއް ކަމުގައިވާތީ މިއަށްވެސް ޕެންޑޯރާގެ ކަރުދާހޭ ކިޔައި ނަންދިނީއެވެ. ވަރަށް ގުޅޭ ވަރަށް މުނާސަބު ނަމެއް ކަމަށް ފެނެއެވެ. ވެރީންނޭ ކިޔައިގެން ގައުމުތަކުގެ ވެރިކަމަށް އެރި ބައެއް މީހުންނަކީ ވެރިން ނޫންކަމާއި އެއީ ވަގުންކަން އެނގެނީ މި ކަރުދާސްތަކުންނެވެ. މިއީ ވަކި ގައުމެއްގެ ވަކި މީހަކަށް އަމާޒުކޮށްގެން ވަކި ގައުމެއްގެ ވަކި ބަޔަކު ހިންގާފައިވާ ތަހުގީގެއް ނޫނެވެ. މިއީ މުޅި ދުނިޔޭގައި އަތްފުނާ އަޅައިގެން ކުރެވިފައިވާ ވަރަށް ބުރަ މަސައްކަތެކެވެ.

ރައީސް ޔާމީނުގެ ޚިޔާނާތާއި ގުޅޭ އެކިއެކި ފައިލްތައް އޭސީސީ އާއި ވައްކަމާއިބެހޭ ކޮމިޝަނާއި ފުލުހުންނާއި މިހެންގޮސް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން ހާމަކޮށް ކޯޓަށް ފޮނުވީމާ ޔާމީނުގެ އައުވާނުންނާއި ހެޔޮއެދޭ މީހުން ބުނެއެވެ. ތިޔައީ އެމަނިކުފާނުގެ އަގު ވައްޓައިލުމަށް މިސަރުކާރުން ހިންގާ ޖަރީމާއެކެވެ. އެއީ ތިޔަފަދަ ކަންކަމާ އަރަފޯދިގެންވާވަރަށް ވުރެ ބަނިޔާދަންކަން ބޮޑު މާތް އަބުރުވެރި ބޭފުޅެކެވެ. މިފަހަރުގެ ޕެންޑޯރާ ކަރުދާސްތަކަކީ ދިވެއްސަކު ޝާމިލްވި މަސައްކަތެއް ނޫނެވެ. އެހެންވީމާ ސަރުކާރަށް އަމާޒު ކުރެވޭނޭ އިނގިއްޔެއް ނެތެވެ. އެހެންވެ އެވެރިން މިފަހަރު އައު ދިމާލަކަށް އިނގިލި އަމާޒުކޮށްފިއެވެ. އެބަބުނެއެވެ. ތިޔައީ އިންޑިޔާގެ ރޭވުމެކެވެ. އިންޑިޔާގެ ކަމެކެވެ.

މީހަކު އަޖައިބެެއް ނުވާނޭ ބާވައެވެ. މި ކަރުދާސްތަކާ ހެދި އިންޑިޔާވެސް އޮތީ ހާސްކަމެއްގެ ތެރޭގައެވެ. އެގައުމުގެ އެތައް ބަޔަކުވެސް މިކަރުދާހުގެ ސަބަބުން އެތިބީ ބަރަހަނާ ވެފައެވެ. ވެރިކަންކުރާ ބީޖޭޕީގެ ތެރެއިންވެސް މެއެވެ. އެމެރިކާޔަކާއި ކެންޔާއަކާއި ޗެކްރިޕަބްލިކަކާއި ޖޯޑަންއަކާއި ޕާކިސްތާނެއްވެސް އޮތީ މި ހާސްކަމުގައެވެ. އެވަރުންވެސް މިވެރީން މިއުޅެނީ ޔާމީނުގެ ބަނިޔާދަންކަމަށް އީމާންވެގެންނެވެ. ކޮންމެ ބަޔަކު ބުންޏަސް، ކޮންމެ ކަހަލަ ހެއްކެއް ފެނުނަސް، ދިމާކުރިމަތިން ހެކި ފެނުނަސް އަދި ޔާމީނުގެ އަމިއްލަ އަނގައިން އިއުތިރާފުވިޔަސް މި ޔަގީންކަމަށް ގުޑުމެއް ނާރައެވެ. އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތުގައި ބަޔެއްގެ ހިތްތައް ގައުވާނީ ދެން މިހައިވަރަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2019

ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން

20 ފެބުރުއަރީ 2019
ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
19 ފެބުރުއަރީ 2019

ޔާމީނުގެ ތަޖްރިބާ: އެތައް ބަޔަކަށް ބޮޑު އިބުރަތަކަށް

19 ފެބުރުއަރީ 2019
ޔާމީނުގެ ތަޖްރިބާ: އެތައް ބަޔަކަށް ބޮޑު އިބުރަތަކަށް
26 ޖޫން 2018

ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެންމެ ނަމެއް!

26 ޖޫން 2018
ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެންމެ ނަމެއް!
18 ޖޫން 2018

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

18 ޖޫން 2018
ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
23 ޖެނުއަރީ 2018

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

23 ޖެނުއަރީ 2018
ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟
23 ޖެނުއަރީ 2018

ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟

23 ޖެނުއަރީ 2018
ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟
15 ޖެނުއަރީ 2018

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
23 އެޕްރީލު 2017

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް