Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީނުގެ ޖޫރިމަނާ ފައިސާ

ރައީސް ޔާމީނުގެ ޖޫރިމަނާ ފައިސާ ހޯދަން އޭޖީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލް

ފަސް އަހަރުގެ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ސިވިލް ކޯޓުގައި އޭޖީ އޮފީހުން އަމުރު ނެރެދިނުމަށް އެދުނު މައްސަލަވެސް ވަނީ ބާތިލްވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޑިސެމްބަރު 2021 | ބުދަ 08:33
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ރައީސް ޔާމީނުގެ ޖޫރިމަނާ ފައިސާ ހޯދަން އެޓަރނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްވެއްޖެއެވެ.

އޭޖީ އޮފީހުން ސިވިލް ކޯޓަަށް މައްސަލަ ހުށަހަޅާފައިވަނީ، ރައީސް ޔާމީނު ދައުލަތަށް ދައްކަންޖެހޭ ފަސް މިލިޔަން ޑޮލަރު އެއްފަރާ ދެއްކުމުގެ އަމުރަކަށް އެދިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާއާ ގުޅޭ މަނީ ލޯންޑްރިންގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެކުށުގެ އުގޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ޔާމީން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން 28 ނޮވެންބަރު 2019 ގައި ހުކުމްކޮށްފައި ވީނަމަވެސް، އެ މުއްދަތުގެތެރޭގައި ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ސިވިލް ކޯޓަށް އޭޖީން މައްސަލަ ހުށައެޅިއެވެ.

ނަމަވެސް ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އިއްވާފައިވާ ފަސް އަހަރުގެ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ސިވިލް ކޯޓުގައި އޭޖީ އޮފީހުން އަމުރު ނެރެދިނުމަށް އެދުނު މައްސަލަވެސް ވަނީ ބާތިލްވެފައެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ބާތިލް ކުރުމާއެކު އޭޖީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަވެސް، ނިޒާމުގެ ތެރެއިން ބާތިލްވެގެން ދާނެކަމަށެވެ.

ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެގެން އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓިނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ ފައިސާ ދެއްކުން މަޑުޖައްސާލުމުގެ އަމުރެއް ނެރެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު