Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުގެ ސާވޭއެއް ކުރިއަށް ގެންދިއުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ އޯޝަން ޔޫސް ސާރވޭއެއް ފަށައިފި

8 ޑިސެމްބަރު 2021 | ބުދަ 04:34

މިއީ ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ސާވޭއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޑިސެމްބަރު 2021 | ބުދަ 04:34
ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ކަނޑުފަޅުގެ ދިރުމާއި ބެހޭ ގޮތުން ގިނަ ރީސާޗްތައް ކުރަމުންދޭ،

ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ކަނޑުފަޅުގެ ދިރުމާއި ބެހޭ ގޮތުން ގިނަ ރީސާޗްތައް ކުރަމުންދޭ، | ނޫ ރާއްޖެ

ރާއްޖޭގެ މަސްވެރިންނާއި މުޖުތަމައުންނާއި، ވަކިވަކި ފަރުދުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުންނާއި އަދި އެނޫންވެސް ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި، އެފަރާތް ތަކަށް މުހިންމުވާ ސަރަހައްދުތައް ދެނެގަތުމުގެ ޚާއްސަ ސާވޭއެއް ފަށައިފިއެވެ.

މިއީ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން 6 މަސް ދުވަހަށް ކުރިއަށް ގެންދާ ސާވޭއެކެވެ.

Advertisement - newsAdvertisement

މި އޯޝަން ޔޫސް ސާވޭގެ ބޭނުމަކީ، އިގްތިސޯދީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުން އިތުރަށް ދެނެގަތުމެވެ. އެގޮތުން މި ސާވޭ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ކަނޑު ފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިންމު ސަރަހައްދުތައް ފާހަގަކުރެވި، ކަނޑުގެ ދިރުން ހިމާޔަތްކޮށް މެނޭޖްކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަ ވެގެންދާނެއެވެ. މި ސާރވޭގެ މަގުސަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު ކަނޑުގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމެވެ.

އޯޝަން ޔޫސް ސާވޭ ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަބައެއްގެ ހިއްސާއާއި އެކު، އެކިފަރާތްތަކުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތް ދެނެގަނެ، އެފަރާތްތަކަށް މުހިންމުވާ ސަރަހައްދުތައް ވަޒަންކުރުމެވެ. އެގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް މިފަރާތްތަކުން ދިވެހި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި، އެތަންތަން އަގު ވަޒަންކުރާގޮތް ދެނެގަތުމެވެ. އަދި ވަކިވަކި ސާވޭ ތަކުގެ ނަތީޖާ އެއްކުރުމަށްފަހު މަސްވެރިކަމާއި، ފަތުރުވެރިކަމާއި، މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓްމެޕް ތަކެއް އެކުލަވާލާނެއެވެ. މި މެޕްތައް އުފައްދަނީ ސްޓޭކް ހޯލްޑަރުންނާއި މުޖުތަމައުގެ ޚިޔާލާއި މަޝްވަރާތައް އެއްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސަންޓާ ބާބަރާގެ މެކްލިންޓޮކް ލެބުން ތައްޔާރުކޮށްފައިވާ 'ސީސްކެޗް' ޓޫލް މެދުވެރިކޮށެވެ.

ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިގްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސާވޭގެ ހޯދުންތައް އެހީތެރިވެދޭނެއެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދު ތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށް ވެސް، ސާވޭގެ ނަތީޖާ ބޭނުން ކުރެވޭނެއެވެ.

އޯޝަން ޔޫސް ސާވޭއާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަހައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގޭ ފުރަތަމަ ސާވޭ ކަމަށާއި، މި ސާވޭގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އެދޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސާވޭއިން ލިބޭ މައުލޫމާތަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އާންމު ފަރާތްތަކުން މި ސާވޭ ގައި ބައިވެރިވެ ހިޔާލު ހިއްސާކުރުމަށް ނޫ ރާއްޖޭ ޕްރޮގްރާމުން އެދިފައިވެއެވެ. މި ސާވޭގައިnooraajje.org/oceanusesurveyލިންކް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެއެވެ. އަދި ސާވޭ ފެސިލިޓޭޓަރުން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މައުލޫމާތު އެއްކުރާނެއެވެ. މި ސާވޭގެ ޒަރިއްޔާއިން ލިބޭ ވަކިވަކި ޖަވާބުތަކުގެ ސިއްރު ހިފެހެއްޓާނެ ކަމުގެ ޔަގީންކަން ނޫ ރާއްޖެ ޕްރޮގްރާމުން ދީފައިވެއެވެ. ނޫ ރާއްޖޭ ޕްރޮގްރާމުން ބުނީ ސާވޭގެ ނަތީޖާއިން އެކުލަވާލެވޭ ހީޓްމެޕްތައް ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށާއި، ހީޓްމެޕްތަކުގެ އަލީގައި ރާއްޖޭގެ ނޫ އިގްތިސޯދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށާއި، މެރިން ސްޕޭޝަލް ޕްލޭނިންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށެވެ.

ނޫ ރާއްޖޭ ގެ ސައިޓް މެނޭޖަރ ނިސްތަރަން ވިދާޅުވީ ހިމާޔަތް ކުރަން ޖެހޭ ސަރަހައްދުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އަމާޒަކީ އެއީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްތޯ ބެލުމެވެ.

ނޫ ރާއްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް، ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓާއި ވެއިޓް ފައުންޑޭޝަނާއި ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސްއާއި، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީއާއި، ސީސްކެޗްކުގެ އިތުރުން އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބާއި ޔޫސީ ސަންޓާ ބާބަރާއާއި، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީއާއި، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް