Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަނުގެ ޖަލްސާ

ހިޔާފްލެޓު ސަރަޙައްދުގައި ބާއްވާ "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ

7 ޑިސެމްބަރު 2021 | އަންގާރަ 08:56

ރައީސް ޔާމީނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޑިސެމްބަރު 2021 | އަންގާރަ 08:56
އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން

އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގެ ހިޔާފްލެޓު ސަރަޙައްދުގައި ބާއްވާ "ކޮތަރުކޮށި" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބްރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ޑިސެމްބަރު 10 ވާ ހުކުރު ދުވަހުގެރޭ 08:30 ގައި ހިޔާފްލްޓުގެ "ހިޔާ ޕާކް" ސަރަޙައްދުގައި މި ޖަލްސާ އޮންނާނެ ކަމަށެވެ. އެގޮތުން މިއީ ހިޔާފްލެޓު މަޝްރޫއުގެ ބިންގާ ރައީސް ޔާމީނު އެންމެ ފުރަތަމަ އެޅުއްވި ސަރަޙައްދުކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ޔާމީނު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޝުޖާއު ވަނީ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ޖަލްސާގައި ބައިވެރިވުމަށް އެދިފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު ހުރިހާ ފަރާތްތަކުންވެސް މި ޖަލްސާގައި ބައިވެރިވުމަށް ޝުޖާއު އެދިފައިވެއެވެ. މިއީ މުހިއްމު ޖަލްސާއެއް ކަމަށާއި، ދުރާލާ ތައްޔާރުވެގެން ޖަލްސާއަށް އައުމަށް އެދޭކަމަށް އެ ޕާޓީން ބުނެއެވެ.

އޭގެ އިތުރުން، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި އެކުލަވާލާފައިވާ "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ރައީސް ޔާމީނު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ޝުޖާއު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށެވެ. މި ދަތުރުތަކުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް އިދިކޮޅުން ފުޅާކޮށްފައިވާއިރު، ކޮލަމްބޯ އިންފޮރމޭޝަން އޭޖެންސީން 30 އޮކްޓޯބަރުގައި އާންމުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ލަންކާގެ ޓޭލް ސިލޯން ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ އިންޑިއާ އައުޓް ހޭޝްޓެގް ފަތުރަމުންދާ އައިޑީތަކުގެ ތެރެއިން ގިނައީ ފޭކް (ބޮޓް) އައިޑީތަކެވެ. އެގޮތުން ގާތްގަނޑަކަށް 60،000 އެއްހާ ފަހަރު މި ހޭޝްޓެގް ޓްވިޓަރ ގައި ދައުރުކޮށްފައިވާއިރު، އެއީ 2000އެއްހާ އައިޑީން ކޮށްފައިވާ ޕޯސްޓުތައްކަން މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުން މިއީ އިންޑިއާއާމެދު ނަފްރަތު އުފެއްދުމުގެ މަގުސަދުގައި, މަދު ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދާ ހޭޝްޓެގެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ރ ފުއްގިރި ޚިޔާނާތުގެ މައްސަލައާއި، ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ވަނީ ރިޝްވަތާއި މަނީ ލޯންޑަރިންގ ގެ އިތުރު ދައުވާތަކެއް އުފުލާފައެވެ.

ޖަލު ޙުކުމުން މިނިވަންވެވަޑައިގެން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާއިރު، ރައީސް ޔާމީނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބާއި ގުޅޭ ގިނަ ވާހަކަތަކެއްވެސް ގެންދަނީ ދައްކަވަމުންނެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް