Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ- ބަންގްލަދޭޝް

ޖަލުގައި ތިބި ބަންގްލަދޭޝް ކުށްވެރިން ފޮނުވާލުމަށް ދެ ޤައުމުގެ މެދުގައި އެއްބަސްވުމެއް ހަދަނީ

7 ޑިސެމްބަރު 2021 | އަންގާރަ 07:49

ރާއްޖޭގެ ޖަލުތަކުގައި ބަންގްލަދޭޝްގެ 100 އެއްހާ މީހުން އެބަތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޑިސެމްބަރު 2021 | އަންގާރަ 07:49
ޖަލުގައިތިބި ބަންގްލަދޭޝް ކުށްވެރިން ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން

ޖަލުގައިތިބި ބަންގްލަދޭޝް ކުށްވެރިން ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން

ޖަލުގައިތިބި ބަންގްލަދޭޝް ކުށްވެރިން ފޮނުވާލުމަށް ދެ ޤައުމުގެ މެދުގައި އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ ވިދާޅުވީ، ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝް ކުށްވެރިން އަނބުރާ އެ ޤައުމަށް ފޮނުވާލުމަށްޓަކައި ދެ ޤައުމުން އެކުލަވާލާ އެއްބަސްވުން ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެގޮތަށް ފޮނުވާލެވޭނީ ވަކި ޝަރުތުތަކެއްގެ ދަށުންކަން ފާހަގަކުރައްވައި ހަފްސީ ވިދާޅުވީ، އެއްބަސްވުން ފައިނަލްވެގެން އަންނައިރު އެ ޝަރުތުތައް ތަފްސީލުވެގެންދާނެ ކަމަށެވެ. އެގޮތުން ކޯޓުގެ މަރުޙަލާތައް ފުރިހަމަކޮށްފައިވުމާއި، ޙުކުމުގެ ބައެއް ތަންފީޒު ކުރުން ފަދަ ޝަރުތުތައް ޑްރާފްޓް ކުރުމުގެ މަރުޙަލާގައި މަޝްވަރާ ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ހަފްސީ އެހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ޖަލުތަކުގައި ބަންގްލަދޭޝްގެ 100 އެއްހާ މީހުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އެ ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު މުހައްމަދު ނަޒުމުލް ހަސަންވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މިހާ ހިސާބަށް ހޯދުނު ހޯދުންތަކުން ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިންވެސް ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ. ވަކިން ޚާއްސަކޮށް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އޭގެ ތެރޭގައި ގިނަކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ، ޖަލުތަކުގެ ޙާލަތުވެސް މިހާރަށްވުރެ ރަނގަޅު ކުރަން ޖެހިފައިވާއިރު، ޖާގައަށް ވުރެ އިތުރަށް 33 އިންސައްތަ ގައިދީން މާލޭ ޖަލުގައި އެބަތިބިކަމަށް ކަރެކްޝަންސުން މީގެ ކުރިން ވަނީ ބުނެފައެވެ. ކަރެކްޝަންސުން މައުލޫމާތު ދޭ ގޮތުގައި ޖަލުގެ ޖާގައަށްވުރެ މީހުން އިތުރުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދު އިތުރުވެ، ޝަރީއަތްތައް ނުނިމި ލަސްވަމުންދާތީއެވެ. އޭގެ ތެރޭގައި ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާހެދި ރިމާންޑްޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުން ވެސް ހިމެނޭއިރު، ބިދޭސީންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ކަރެކްޝަންސުން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބި ޤައިދީންގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށްވާއިރު، މިފަހުންވެސް މަސްތުވާތަކެތީގެ ބޮޑެތި އެކި މައްސަލަތަކުގައި ބަންގްލަދޭޝް ރައްޔިތުންވެސް ހައްޔަރުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް