Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލިންހަމުގެ މައްސަލަ ބެލުން

ބެލިންހަމުގެ މައްސަލަ ޖަރުމަނުގެ އެފްއޭއިން ބަލަނީ

ޒްވޯޔާއަކީ މެޗު ފިކްސިން މައްސަލައެއް ކުރިން ސާބިތުވެފައިވާ ރެފުރީއެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2021 | އަންގާރަ 06:28
މެޗުގެ ރެފުރީ ފީލިކްސް ޒްވޯޔާގެ ގާތުގައި ޑޯޓްމުންޑުގެ ޖޫޑް ބެލިންހަމް ޝަކުވާކުރަނީ

މެޗުގެ ރެފުރީ ފީލިކްސް ޒްވޯޔާގެ ގާތުގައި ޑޯޓްމުންޑުގެ ޖޫޑް ބެލިންހަމް ޝަކުވާކުރަނީ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ބަލިވި މެޗަށްފަހު މެޗުގެ ރެފުރީއާ ގުޅުވައިގެން ބޮރޫޝިއާ ޑޯޓްމުންޑުގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނުގެ އެފްއޭއިން ބަލަން ފަށައިފިއެވެ.

ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބަޔާން މޮޅުކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެންލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭރިއާ ތެރެއިން ޑޯޓްމުންޑުގެ މެޓްސް ހަމެލްސްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީއާ ގުޅިގެން ޑޯޓްމުންޑުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ރެފުރީ ވަނީ ޑޯޓްމަންޑުގެ ކޯޗު މާކޯ ރޯސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއްވެސް ދައްކާފައެވެ.

އެ މެޗުގެ ރެފުރީއަކީ މެޗު ފިކްސިން މައްސަލައެއްގައި 2005 ވަނަ އަހަރު ހަ މަހަށް ސަސްޕެންޑުވެސް ކޮށްފައިވާ ފީލިކްސް ޒްވޯޔާއެވެ.

މެޗަށްފަހު ދިން އިންޓަވިއުއެއްގައި ބެލިންހަމް ބުނީ އެ މެޗުގައި ފެނިގެންދިޔައީ މެޗި ފިކްސިން މައްސަލައެއްގައި މީގެ ކުރިން ބައިވެރިވެފައި ހުރި ރެފުރީއަކާ ޖަރުމަން ފުޓްބޯޅައިގެ އެންމެ ބޮޑު މެޗު އިންސާފުކުރަން ހަވާލުކުރުމުން ފެންނާނެ މަންޒަރު ކަމަށެވެ. އެގޮތުން އެ މެޗުގައި ބަޔާނަށް ދިން ޕެނަލްޓީއަކީ އެއްވެސް ގޮތަކަށް ދެވޭނެ ޕެނަލްޓީއެއް ނޫން ކަމަށާއި، ހަމެލްސް އަތުގައި ބޯޅަ ޖެހުނު ގޮތަށް ބަލާލުމުންވެސް އެކަން ފެނިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެއާއެކު މެޗުގެ ރެފުރީއާ ގުޅުވައިގެން ބެލިންހަމް ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނުގެ އެފްއޭއިން ބަލަން ފަށާފައިވާއިރު، މި މައްސަލައިގައި އެ އިދާރާއިން މިހާރު ވަނީ ޖަވާބުދާރީވާން އޭނާއަށް މުއްދަތެއް ދީފައެވެ. މި މައްސަލައިގައި ޑޯޓްމަންޑްގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ވަނީ ބެލިންހަމަށް އެ ކުލަބުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް ބަލިކޮށް ބަޔާނުން މިހާރު ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތް ޑޯޓްމަންޑަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު