Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ ދުވަސް ފާހަގަކުރުން

މިއަހަރު މަސްވެރިންގެ ދުވަހުގެ ކުލަގަދަ ހަރަކާތްތައް ގާފަރުގައި

ފަރުމަސްވެރިކަމުގެ މުބާރާތް ތާވަލް ކުރެވިފައި ވަނީ ޑިސެމްބަރު ނުވަވަނަ ދުވަހަށް

އައިޝަތު ހިދާޔާ
އައިޝަތު ހިދާޔާ, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 12:48
މަސް ދޯނިތަކެއް.

މަސް ދޯނިތަކެއް.

ދިވެހި ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ކ. ގާފަރުގައެވެ.

ފިޝެރީޒް މިނިސްޓްރީ އާއި ގާފަރު ކައުންސިލުން ގުޅިގެން މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، ޑިސެމްބަރު އަށްވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ގާފަރުގައި މަސްވެރިންގެ ފޯރަމް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑިސެމްބަރު ނުވަވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ގާފަރުގައި އެކްސްޕޯ ހުޅުއްވައިދެއްވާއިރު، ކ އަތޮޅަށް ހުޅުވައިލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުންވެސް ޑިސެމްބަރ ދިހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރި ކޮށްދެއްވާ، ގާފަރު ރައްޔިތުންނަށް ޚާއްސަ މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ ވަނަތަކަކީ ފިރިހެނުންގެ ބައިން މުބާރާތުގައި ކަނޑަން ހަވާލުކުރާ ދެ މަސް ފުރިހަމައަށް އެންމެ އަވަހަށް ކަނޑާ ނިންމާ ފަރާތްތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އާއި އަންހެނުންގެ ބައިން މުބާރާތުގައި ކަނޑަން ހަވާލުކުރާ ދެ މަސް ފުރިހަމައަށް އެންމެ އަވަހަށް ކަނޑާ ނިންމާ ފަރާތްތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނައެވެ. މި މުބާރާތުން ވަނަތަކަށް ދާ ފަރާތްތަކަށް އިނާމެއްގެ ގޮތުން ބީއެމްއެލް އިން ވައުޗަރ ކާޑު ވަނީ ހުށައަޅާފައެވެ.

ކ އަތޮޅަށް ޚާއްސަކޮށް ބާއްވަން ހަމަޖެހިފައިވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވާ ގްރޫޕުތަކުގައި މަދުވެގެން ހަތަރު ބައިވެރިން އަދި ގިނަވެގެން ދިހަ ބައިވެރިންނަށް ބައިވެރިވެވެއެވެ. އަދި ކޮންމެ ގުރޫޕެއްގައިވެސް އެއް ކަނބަލަކު ހިމަނަންޖެހޭކަމަށް ގަވާއިދުގައިވެެއެވެ. މުބާރާތުގައި ބައިވެރިވާ ހުރިހާ އަންހެން ބައިވެރިންނަށް ހަދިޔާއެއް ދޭ ގޮތަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މުބާރާތުން އެއްވަނައަށް ދާ ގުރޫޕަކަށް ދިހަހާސް ރުފިޔާގެ ގިފްޓް ކާޑެއް ހުށައަޅައިފައި ވާއިރު ދެވައަށް ދާ ގުރޫޕަކަށް ހަތަރުހާސް ރުފިޔާ އަދި ތިންވަނައަށް ދާ ގުރޫޕަކަށް ދެހާސްރުފިޔާގެ ގިފްޓް ކާޑެއްވަނީ ހުށައަޅާފައެވެ.

ކޮވިޑް 19 ގެ ސަބަބުން 2020 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ވާޗުއަލްކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު