Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ކްރިކް ރިޒާ ހެކި އުފައްދާފައިވާކަމަށް ދައުލަތުން ތުހުމަތު ކުރުމުން ދިފާއުގެ ނުރުހުން

މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2021 | ހޯމަ 11:20
ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަޙުމަދު ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަޙުމަދު ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަޙުމަދު ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ. 

Advertisement - newsAdvertisement

ދައުލަތުން ހުށައަޅާފައިވާ 3 ހުށައެޅުމަކަށް ޖަވާބުދިން:

ހޯމަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ އޮތީ ދައުލަތުން ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުމަށް ދިފާއުން ރައްދު ދިނުމެވެ. އެގޮތުން ދައުލަތުން 3 ހުށައެޅުމެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުން ހިމެނެއެވެ. އެ ހުށައެޅުމަށް ދިފާއުން ވަނީ އިންކާރު ކޮށްފައެވެ. އެގޮތުން ދައުލަތުން ސިއްރު ކުރަން އެދިފައިވާ ސީޑީގެ މައުލޫމާތުތަކުގައި ހިމާޔަތް ކުރަންޖެހޭ މައުލޫމާތުތައް ހިމާޔަތް ކުރުމަށްފަހު، ދިފާއަށް އެ ފުރުސަތު ދެއްވުމަށް ވަނީ އެދިފައެވެ.

ދައުލަތުގެ ދެވަނަ ހުށައެޅުމަކީ 5 ހެއްކެއް ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ. އެ ހުށައެޅުމަށްވެސް ދިފާއުން އިންކާރު ކުރެއެވެ. އެގޮތުން ކްރިކް ރިޒާ ތަހުގީގުގައި ހަނު ހުރިކަމަށްވެސް ދައުލަތުން އެ ނުކުތާގައި ފާހަގަކުރެއެވެ. އެކަމާ ގުޅޭގޮތުން ދިފާއުން ވަނީ ހަނު ހުރުމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިއުއްވާފައިވާ ލިއުމެއް ހިއްސާކޮށްފައެވެ.

އޭގެ އިތުރުން، "ބޮޑު ހިޔާނާތުން ދިފާއުވާން ރިޒާ ހެކި އުފައްދާ، ފޯޖުކުރިކަން ހާމަވެއްޖެ" ކަމަށް ބަޔާންކޮށް، ދައުލަތުގެ ވާހަކަތަކަށް ޙަވާލާދީ ރާއްޖޭގެ މީޑިއާއަކުން ރިޕޯޓު ކޮށްފައިވާކަމުގެ ކަންބޮޑުވުންވެސް ވަކީލު ފާޅު ކުރެއްވިއެވެ.

ވަކީލު އެހެން ވިދާޅުވެފައިވާއިރު، "އޭ އެންޑް އޭ" ކިޔާ ކުންފުންޏަކާއެކު 1.5 މިލިއަން ޑޮލަރުގެ ސައްހަ ވިޔަފާރިއެއް ކޮށްފައިވާކަން ދެއްކުމަށްޓަކައި އޮޅުވާލައިގެން ފޯޖުކޮށް، އުފައްދާފައިވާކަމަށް ބުނާ ހެކިތަކެއްވެސް ބަލައިނުގަތުމަށް ދައުލަތުން އެ ހުށައެޅުމުގައި އެދިފައިވެއެވެ. އަދި އީމެއިލްތަކަކީވެސް ފޯޖު ކޮށްފައިވާ އީމެއިލްތަކެއްކަމަށް ދައުލަތުން ބުނެއެވެ. އެގޮތުން ބައެއް އީމެއިލްތަކުގެ ލޯގޯއާ ގުޅޭ ނުކުތާތަކާއި، ހެކި އުފައްދާފައިވާކަަމަށް ބެލެވޭ ސަބަބުތައް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. މިއީ ސައްޙަ މެއިލްތަކެއް ނޫންކަމަށް ކަނޑައަޅާފައިވާކަމަށް ފުލުހުންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށްވެސް ދައުލަތުން ބުނެއެވެ. އެގޮތުން މެއިލްތަކުގެ ސްކީންޝޮޓް ހިމަނާފައިވާ ލިޔުންތަކުގައި ވަނީ 6 އޮކްޓޯބަރު 2020 ވަނަ އަހަރު ތައާރަފް ކުރި ޖީމެއިލްގެ އާ ލޯގޯކަމަށް ދައުލަތުން ބުނެއެވެ.

އޭސީޕީ މުޙައްމަދު ރިޔާޒުގެ އޯޑިއޯ ބަލައިނުގަތުމަށްވެސް ދައުލަތުން މި ހުށައެޅުމުގައި ބުނެފައިވެއެވެ. އެގޮތުން އެއީ މައްސަލައިގެ ތަހުގީގުގެ ބޭރުން ކްރިކް ރިޒާއާއި ރިޔާޒް ދައްކަވާފައިވާކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯއެކެވެ. އެއީ ކްރިކް ރިޒާއަށް ކުރާ ދައުވާއާއި ގުޅުން ހުރި ހެއްކެއްގެ ގޮތުގައި ނުދެކޭ ކަމަށް ދައުލަތުން ދެކެއެވެ. ނަމަވެސް އެ އޯޑިއޯއަކީ ތަހުގީގުގެ އިންޓެގްރިޓީއާމެދު ސުވާލު އުފެދޭ އޯޑިއޯއެއްކަން ދިފާއުން ފާހަގަކުރެއެވެ. ދިފާއުން އެ އޯޑިއޯ ހުށައެޅީ ސިއްރު ހެއްކެއްގެ ގޮތުގައެވެ.

"ޝަކުވާ ނިސްބަތްވަނީ ތަހުގީގުގެ އިންޓެގްރިޓީއަށް، އެ ތަހުގީގުގެ މައްޗަށް ބުރަވެ މިވަގުތު ދައުވާކޮށްފައި މި އޮތީ، ޝަކުވާ ނިސްބަތްވަނީ ވަކި ގޮތަކަށް ދައުވާ ބައްޓަން ކުރަން ދައުލަތުން މަސައްކަތް ކުރިކަން ދިފާއުން ސާބިތު ކުރުމާއި ގުޅޭ ކަމަކަށް، ތަހުގީގު ޓީމުގައި ނުހިމެނޭ މީހެއް އޭސީޕީ ރިޔާޒަކީ"ކްރިކް ރިޒާގެ ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ 3 ވަނަ ހުށައެޅުމަކީ ހެކި ހާމަ ކުރުމާއި ލިއުން ނަކަލު ކުރުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ. މި ހުށައެޅުމަށްވެސް ދިފާއުން ވަނީ ރައްދު ދީފައެވެ. އެގޮތުން ދިފާއުން މިހާތަނަށް ހުށައަޅާފައިވާނީ ކްރިކް ރިޒާ ކުށެއް ނުކުރާކަން ސާބިތު ކުރުމަށްޓަކައި ހުށައަޅާފައިވާ ހެކި ކަމަށް ދިފާއުން ފާހަގަ ކުރެއެވެ. ދެން ހުންނާނީ ދައުލަތުގެ ހެކި ނަފީ ކުރުމަށް ހުށައަޅާފައިވާ ހެކިތަކެއްކަން ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދިފާއުން 3 ހުށައެޅުމެއް

އެއަށްފަހު ދެން އޮތީ ދިފާއުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައެވެ. ދިފާއުން 3 ހުށައެޅުމެއް ހުށައަޅާފައިވެއެވެ.

1 - ދެ ޤާނޫނެއްގެ ތެރެއިން ލުއި އަދަބު އޮންނަ ޤާނޫނެއް ހިޔާރު ކުރަންޖެހޭއިރު، ދައުވާގެ އުނިކަން އޮތްކަން ބަޔާންކޮށް ހުށައެޅި ހުށައެޅުން : ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން (ސާބިތުވެއްޖެ ނަމަ 5 އަހަރު)، ނަމަވެސް ޤާނޫނުލްއުޤޫބާތުގެ ދަށުން އަދަބު ލުއި ކޮށްދޭ ޙާލަތްތަކެއްވާއިރު، އަދި އަދަބުވެސް ލުއިއިރު، ދެ ޤާނޫނުގެ ތެރެއިން ލުއިކޮށް އޮންނަ ޤާނޫނަކަށް ބަލަންޖެހޭނެކަން. އަދި މަނީ ލޯންޑަރިންގ ގެ ދައުވާގައިވެސް އިސްކަންދޭން ޖެހޭ ޤާނޫނާއި ގުޅޭގޮތުން ހުށައަޅާފައިވާ ހުށައެޅުން

މި ހުށައެޅުމުގައި ދިފާއުން ވަނީ 1 އަހަރާއި 7 މަހުގެ ޖަލު ޙުކުމެއް އަންނަން އޮތްކަމަށް ބެލެވޭނެ މައްސަލައެއްގައި 5 އަހަރު އަންނާނެ ދައުވާއެއް ޙިޔާރުކުރީ ކޮން މަސްލަޙަތެއް ހިމާޔަތް ކުރުމަށްތޯ ސުވާލުކޮށްފައެވެ.

2- ހެކި ހާމަ ކުރުމާއި، ހެކި ރައްކާތެރި ކުރުމާއި، ހެކި ޤަބޫލު ނުކުރުމާއި ގުޅޭ ހުށައެޅުން: މި ހުށައެޅުމާއި ގުޅޭގޮތުން ދަައުލަތުން ވަނީ ދައުލަތަށް ލިބިފައިވާ 2 ފޯމުގައި ވަނީ ދެ ހުށައެޅުމެއް ކަމަށާއި، އެއީ ދައުވާގެ އުނިކަން އޮތްކަން ބަޔާންކޮށް ހުށައެޅި ހުށައެޅުމާއި، ހެކި ހާމަ ކުރުމާއި، ހެކި ޤަބޫލު ނުކުރުމާއި ގުޅޭ ހުށައެޅުންތަކެއްކަމަށް ބުނެފައެވެ. އަދި އެއީ އިދާރީ އޮޅުމެއް ކަމަށް ޤަބޫލު ނުކުރެވޭކަމަށް ދައުލަތުން ދެކެއެވެ.

3- ދިފާއުން ވަނީ ހެކި ހާމަ ކުރުމާއި، ހެކި ޤަބޫލު ނުކުރުމާއި ގުޅޭ ހުށައެޅުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޒިޔަތާއި، އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ވަނީ އެދިފައެވެ. އަަދި ދައުލަތުގެ ކިތާބީ ހެކިތަކެއްގެ ތެރޭގައި ހިމެނޭ ޒިޔަތާއި އަދީބު އަދި އަހުމަދު އާމިރާއި، މުޙައްމަދު ޝާފިއު ފުލުހުންނަށް ދިން ތަހުގީގުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހާމަ ކުރުމަށްވެސް ވަނީ އެދިފައެވެ.

އެ ހުށައެޅުންތަކަށް ދައުލަތުން ވަނީ ރައްދުވެސް ދީފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ދެ ފަރާތުގެ ހުށައެޅުންތަކަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަޙުމަދު ޝަކީލެވެ.

ކުރިކް ރިޒާގެ މައްޗަށް ދައުލަތުން ރ. ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ފައިސާ ރައީސް ޔާމީންއަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ އެ ފައިސާ ކުރިކް ރިޒާގެ އަތުގައި ބަހައްޓާފައިވާތީއާއި، އަދި އެ ފައިސާގެ ތެރެއިން 232،885 ޑޮލަރު (ދެ ލައްކަ ތިރީސްދެހާސް އަށް ސަތޭކަ އަށްޑިހަ ފަސް ޑޮލަރު) ކުރިކް ރިޒާ ބޭނުންކޮށްފައިވާތީ، ކުރިކް ރިޒާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައި ދިނުމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

02 މެއި 2017
އަބްދުﷲ ރިޔާޒްގެ ޝަރީއަތް: ހެކި ބަސް ނެގުން މިއަދު!

އަބްދުﷲ ރިޔާޒްގެ ޝަރީއަތް: ހެކި ބަސް ނެގުން މިއަދު!

26 އެޕްރީލު 2017
އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

06 އެޕްރީލު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު