Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންގްސަން ސޫކީ

އަންގްސަން ސޫކީ 4 އަހަރަށް ޖަލަށް

މިއީ އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު ކުޑަ މިންވަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2021 | ހޯމަ 08:34
އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް 4 އަހަރުގެ ޖަލު ޙުކުމެއް މިޔަންމާ ކޯޓަކުން އިއްވައިފިއެވެ.

ސޫކީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައި ޝަރީއަތް ހިންގަމުންގެންދާއިރު، މިއީ އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު ކުޑަ މިންވަރެއްކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ކޮވިޑުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވިކަމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ޖުމްލަ 11 ދަޢުވާއެއް އުފުލާފައިވެއެވެ. ސޫކީ ވަނީ އެ ހުރިހާ ދައުވާތަަކަށްވެސް އިންކާރު ކޮށްފައެވެ.

ނިމިދިޔަ އިންތިޚާބު ސޫކީ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށްވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ދަޢުވާ އުފުލާފައިވެއެވެ. އެހެންނަމަވެސް، އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރެއްވި މިނިވަން އޮބްޒާވަރުން ވަނީ އިންތިޚާބުގެ ކަންކަން ދިޔައީ އެންމެ ފުރިހަމައަށްކަން ފާހަގަ ކުރައްވައި އެ ދަޢުވާތަކަކީ ސިޔާސީ ދަޢުވާތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަދި އޭނާގެ މައްޗަށް ވަނީ، ގާނޫނާ ޚިލާފަށް ވޯކީ ޓޯކީ ރޭޑިއޯ މިޔަންމާއަށް އެތެރެކޮށް ގެންގުޅުމުގެ ދަޢުވާވެސް އުފުލާފައެވެ. ޢަދި މިޔަންމާގެ އޮފިޝަލް ސީކްރެޓް ގާނޫނާ ޚިލާފުވުމުގެ ދަޢުވާވެސް ކޮށްފައިވާއިރު، މި ދަޢުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސޫކީގެ އިތުރުންވެސް އެ ޤައުމުގެ 15 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ.

ސޫކީގެ ދަރިންނާއި އަވަހާރަވެފައިވާ ފިރިކަލުންނަކީ، ގައުމުން ބޭރުގެ ރައްޔިތުކަން އޮންނަ ބަޔަކަށް ވާތީ އޭނާއަށް އެގައުމުގެ ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލުމުގެ ކުރިން އޭނާވަނީ މިޔަންމާގެ ސްޓޭޓް ކައުންސިލަރުކަން އަދާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި

16 އޯގަސްޓު 2017
ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި
29 ޖުލައި 2017

ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

29 ޖުލައި 2017
ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20 ޖުލައި 2017

ތައިލެންޑުގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު 27 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

20 ޖުލައި 2017
ތައިލެންޑުގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު 27 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
27 ޖޫން 2017

ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި

27 ޖޫން 2017
ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި
23 ޖޫން 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި

23 ޖޫން 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު