Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޖެނޯއާ ބަލިކޮށް ޔުވެންޓަސް ފަސްވަނައަށް

ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލީ 27 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޑިސެމްބަރު 2021 | އާދީއްތަ 23:16
ޔުވެންޓަސް އާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޖެނޯއާ ބަލިކޮށް ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ޖެނޯއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފެޑެރީކޯ ބެނަޑެސްކީ އާއި، މަތިއަސް ޑި ލީޓް އަދި އަލްވާރޯ މޮރާޓާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޖެނޯއާގެ ގޯލްކީޕަރު ސަލްވަޓޯ ސިރިގޫ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ޕައުލޯ ޑިބާލާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށް ދިޔައިރު، އޭރިއާ ތެރެއިން އެ ޓީމުގެ މޮރާޓާ ފޮނުވާލި ހަމަލާއެއް ޖެނޯއާގެ ގޯލްކީޕަރު ސިރިގޫ ވަނީ ހުއްޓުވާފައެވެ. އަދި އޭގެ ފަހުން ކައުންޓަ އެޓޭކެއްގައި ޑިބާލާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވެސްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެނޯއާގެ ގޯލްކީޕަރު ސިރިގޫއެވެ.

އެކަމަކު މެޗުގެ 82 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ބެނަޑެސްކީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިބާލާއެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 16 މެޗުން 27 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ހަވަނައިގައި އޮތް ފިއޮރެންޓީނާއަށްވެސް 16 މެޗުން 27 ޕޮއިންޓް ލިބިފައިވީ ނަމަވެސް، ޔުވެންޓަސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މީގެ އިތުރުން ޔުވެންޓަސް އަތުން ބަލިވި ޖެނޯއާ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 16 މެޗުން 10 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުޔުވެންޓަސް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
17 ޑިސެމްބަރު 2024

ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި

17 ޑިސެމްބަރު 2024
ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު