Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ޔޫތު ޕެރަ ގޭމްސް

ޕެރަ ގޭމްސްގައި ރާއްޖޭގެ އީޝަލްއަށް ތާރީޚީ މޮޅެއް

އީޝަލް މޮޅުވީ ބަންގްލަދޭޝްގެ ޝޯބީ މޮޒުމްބަރާ ވާދަކޮށް ސީދާ ދެ ސެޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޑިސެމްބަރު 2021 | އާދީއްތަ 19:56
އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރަމުން އަންނަ ހައްވާ އީޝަލް ރިޔާޒް

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރަމުން އަންނަ ހައްވާ އީޝަލް ރިޔާޒް

އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ހޯދި ދިވެހި ކުޅުންތެރިޔާގެ ޝަރަފު ހައްވާ އީޝަލް ރިޔާޒް ހޯދައިފިއެވެ.

ބަހްރޭނުގައި ކުރިއަށްދާ ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ބެޑްމިންޓަން އިވެންޓުގައި އެކަންޏެވެ. އެ ފުރުސަތު އީޝަލަށް ދިންއިރު، އޭނާ މި މޮޅު ހޯދީ ޕެރަ ބެޑްމިންޓަންގެ އަންހެން ސިންގަލްސް އިވެންޓުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝްގެ ޝޯބީ މޮޒުމްބަރާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

މި މެޗުގެ ސެޓުތައް އީޝަލް ގެންދިޔައީ 21-18 އަދި 21-13 އިންނެވެ. މި މޮޅާއެކު އީޝަލް ވަނީ ބައިނަލްއަގުވާމީ ޕެރަ އިވެންޓެއްގައި ރާއްޖެއަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި ކާމިޔާބީ ފާހަގަކުރައްވާ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ބަންގްލަދޭޝްގެ ކުޅުންތެރިޔާ އަތުން އީޝަލް ހޯދި ތާރީޚީ މޮޅަކީ ފަޚުރުވެރި ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ޕެރަ ގޭމްސްގައި ރާއްޖޭގެ އީޝަލް ވާދަކުރަމުން އަންނައިރު، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގުޅިގެން މި ފުރުސަތު ތަނަވަސްކޮށްދެވުނީތީ އުފާކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ތާޖުއްދީން ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ އީޝަލްއަކީ ދެ އަހަރު ވަންދެން މީގެ ކުރިން ހޭންޑްބޯޅަވެސް ކުޅުނު ކުޅުންތެރިއެކެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި ޝަޓާ ޓައިމް ޕްރޮގްރާމުގައިވެސް އީޝަލް ވަނީ ބައިވެރިވެފައެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުން އީޝަލް ތާރީޚީ މޮޅެއް ހޯދިއިރު، އޭނާ އަކީ ބައިނަލްއަގުވާމީ ޕެރަ ގޭމްސްއެއްގައި ބެޑްމިންޓަނުން ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ކުޅުންތެރިޔާއެވެ. ހޯމަ ދުވަހުގެ ނިޔަލަށް އޭޝިއަން ޔޫތު ޕެރަ ގޭމްސް ކުރިއަށްދާއިރު، މި މުބާރާތުގައި އޭޝިއާގެ 800 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. މި ހުރިހާ އެތްލީޓުންނަކީވެސް 23 އަހަރުން ދަށުގެ އެތުލީޓުންނެވެ.

ހައްވާ އީޝަލް ރިޔާޒްއޭޝިއަން ޔޫތު ޕެރަ ގޭމްސްބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު