Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީން ޕާކިސްތާނަށް ލޯނު ދިނުން

ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް 3 ބިލިއަން ޑޮލަރުގެ ލޯނެއް ދީފި

ދެކުނު އޭޝިޔާގެ ގައުމުތަކަށް ވަނީ އިގްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޑިސެމްބަރު 2021 | އާދީއްތަ 03:56
2019 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ސައުދީ ވަލީއަހުދު ބައްދަލުކުރައްވަނީ

2019 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ސައުދީ ވަލީއަހުދު ބައްދަލުކުރައްވަނީ

ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދީފިއެވެ.

އެކަން ހާމަކުރަމުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ފައިނޭންސް އެޑްވައިޒަރ ވިދާޅުވީ ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް ދޫކުރި ލޯނު އެގައުމަށް ލިބިފައިވާކަމަށެވެ. އަދި މިއީ އެގައުމުގެ އެކޮނޮމިކް ސަޕޯޓް ޕެކޭޖަށް ލިބުނު ފައިސާކަމަށް އެޑްވައިޒަރ ވިދާޅުވިއެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކަށް ވަނީ އިގްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ވަކިން ޚާއްސަކޮށް ތަކެތީގެ އަގު ބޮޑުވުމާއި، ލިބޭ އާމްދަނީ އާ ނުބައްދަލު ވާވަރަށް ޚަރަދުކުރަންޖެހި ޑިފެސިޓް ބޮޑުވުމާއި އަމިއްލަ ގައުމުގެ ފައިސާގެ އަގު ދަށަށްދިޔުން ފަދަ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ.

ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގެ ޑާޓާތަކަށް ބަލާއިރު އެގައުމުގެ ފޮރިން ރިޒަރވްގައި ހުރީ 22،498 ބިލިއަން ޑޮލަރެވެ.

ޕާކިސްތާނުގެ ބޮޑުވަޒިރު އިމްރާން ޚާންގެ ފައިނޭންސް އެޑްވައިޒަރ ޝައުކަތު ތާރިން ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީން މިދަނޑިވަޅުގައި ޕާކިސްތާނަށް ފޯރުކޮށްދިން އެހީތެރިކަމަށް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ސައުދީގެ ރަސްކަމުގެ ދަރުބާރަށް ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ މަހު ދެގައުމުގެ މެދުގައި ވި އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް ދިން މިލޯނަކީ 4 އިންސައްތަ އިންޓަރެސްޓް ރޭޓުގައި ދީފައިވާ ލޯނެކެވެ.

ޕާކިސްތާނުގައި ނޮވެމްބަރ މަހު އިންފްލޭޝަން ރޭޓް ހުރީ 11.5 އިންސައްތައިގައެވެ. އެއީ އޭގެކުރީ އޮކްޓޯބަރ މަހާއި އަޅާބަލާއިރު 9.2 އިންސައްތަ އިތުރުވުމެކެވެ.

ސައޫދީ އަރަބިއްޔާޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު