Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޮމިކްރޯން ވޭރިއަންޓް

އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އެނގޭ މައުލޫމާތު މަދުކަމުން މިދުވަސްވަރު ދަތުރުކުރުން ރަނގަޅެއް ނޫން: ޑރ ނަޒްލާ

މިހާތަނަށް މިވޭރިއަންޓާ ގުޅޭގޮތުން އެނގޭ މައުލޫމާތަކީ އޮމިކްރޯން ވޭރިއަންޓް ފަސޭހަކަމާއެކު ފެތުރޭކަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 04:56
ޑރ ނަޒްލާ މުސްތަފާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޑރ ނަޒްލާ މުސްތަފާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެންނަމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓު އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި މިހާތަނަށް އެނގިފައިވާ މައުލޫމާތު މަދުކަމުން މިދުވަސްވަރު އެކި ގައުމުތަކަށް ދަތުރުކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް އައިޖީއެމްއެޗްގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް، ކޮންސަލްޓެންޓް ޑރ ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ އަދި މިއުޅެނީ މިވޭރިއަންޓްގެ ވަރަށް ކުރީކޮޅުގައި ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވެސް ކަންކަން އަންނަނީ ބަލަމުންކަމަށް ނަޒްލާ ވިދާޅުވިއެވެ. ވޭރިއަންޓް އޮފް ކޮންސާންގެ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާއިރު މިހާތަނަށް މިވޭރިއަންޓާ ގުޅޭގޮތުން އެނގޭ މައުލޫމާތަކީ އޮމިކްރޯން ވޭރިއަންޓް ފަސޭހަ ކަމާއެކު ފެތުރޭކަމެވެ.

Advertisement - newsAdvertisement

ފަސޭހައިން ފެތުރުނު ނަމަވެސް ވޭރިއަންޓް ޖެހުމަށްފަހު ނުރައްކާވާ ހިސާބަށްދޭތޯ އަދި ދެނެގަނެވިފައި ނުވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ވެކްސިންގެ އަސަރުކުރާ މިންވަރު އަދި ދެނެގަނެވިފައިނުވާ ކަމަށާއި ނަމަވެސް ގިނަ ސައިންސްވެރިން ބުނަމުން އަންނަނީ މިވޭރިއަންޓް ޖެހުނު ނަމަވެސް ވެކްސިން ޖަހާފައިވާނަމަ ބަލި ހާލަތު ބޮޑުވާ ހިސާބަށް ނުދާނެކަމަށެވެ. އާންމު ގޮތެއްގައި ވޭރިއަންޓްތަކާއި ގުޅޭގޮތުން ބޮޑަށް ކަންކަން އެނގެން ފަށަނީ ވޭރިއަންޓު ފެތުރި ދެވަނަ ނުވަތަ ތިންވަނަ ހަފްތާ ހިސާބުގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. މިވޭރިއަންޓު ފެނިގެން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ޑރ ނަޒްލާ ވިދާޅުވީ މިވޭރިއަންޓުން ރައްކާތެރިވުމަށްވެސް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކެވެ. އެގޮތުން މާސްކު އެޅުމާއި، ގައިދުރުކަން ގެންގުޅުމާއި، އަތްދޮވުމާއި، ތަންތަނަށް އެއްވެ ގިނަ މީހުންނާ ބައްދަލުވުން މަދުކުރުން ފަދަ ކަންކަމަށް މިހާރުވެސް ސަމާލުކަންދޭންޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އަވަށްޓެރި ގައުމުތަކުންވެސް މިވޭރިއަންޓް ފެނިފައިވުމާއި ކުރިޔަށް އޮތީ ޗުއްޓީ ދުވަސްވަރުކަމަށް ވުމުން ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުކަން ދޭންޖެހޭކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ 80 އިންސައްތަ މީހުން މިހާރު ވެކްސިން ޖަހާފައިވާކަމަށެވެ. ނަމަވެސް މިހާރު ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާއިރު ބޫސްޓަރ ޑޯޒް ޖަހަންދާ ފަރާތްތައް މަދުކަން ޑރ ނަޒްލާ ފާހަގަކުރެއްވިއެވެ. މިވަގުތުގެ ހާލަތަށް ބަލާއިރު އުމުރުން 50 އަހަރުގެ އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ގިނަ ބަޔަކު ބޫސްޓަރ ޑޯޒް ވީއެންމެ އަވަހަކަށް ޖެހުން އެއީ މުހިންމު ކަމެއްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19އޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު