Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ކްރިކެޓް ލީގު

މާލޭ ސްޕޯޓްސް އާއި ނިއު ސްޓާއަށް ދެވަނަ މޮޅު

ކޮމެޓްސް އަތުން ނިއު ސްޓާ މޮޅުވީ ހަތް ވިކެޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޑިސެމްބަރު 2021 | ހޮނިހިރު 15:18
ޓީ20 ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން

ޓީ20 ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ކްރިކެޓް ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް މާލޭ ސްޕޯޓްސް ކުލަބާއި ނިއު ސްޓާ މޮޅުވެއްޖެއެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ކުޅުން މިދިޔަ ހަފުތާގައި ފެށިއިރު، ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި އައިޒީ ސްޕޯޓްސް އަތުން މާލޭ ސްޕޯޓްސް މޮޅުވީ 79 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި ކޮމެޓްސް ކްރިކެޓް ކުލަބާ ބައްދަލުކޮށް ނިއު ސްޓާ މޮޅުވީ ހަތް ވިކެޓުންނެވެ. މި މެޗުތަކުން މާލޭ ސްޕޯޓްސް އާއި ނިއު ސްޓާ މޮޅުވިއިރު، މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ މެޗުތަކުންވެސް އެ ދެ ޓީމު ވަނީ މޮޅުވެފައެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗުގެ ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 193 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 53 ބޯޅައިން 86 ލަނޑު ހެދި މުޙައްމަދު ރިޝްވާނާއި 32 ބޯޅައިން 44 ލަނޑު ހެދި ހަސަން ހާޒިގުގެ އިތުރުން 10 ބޯޅައިން 26 ލަނޑު ހެދި މުޙައްމަދު ސިޔާމެވެ.

ޖަވާބުގައި އައިޒީ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 114 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 79 ލަނޑު ހެދި މުޙައްމަދު އަފްލާހެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ މުޙައްމަދު ރިޝްވާނެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗް ޓޮސް ދިމާވުމުން ކޮމެޓްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 168 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 47 ލަނޑު ހެދި އަޙްމަދު ހަސަން ސޯބިރާއި މުއާވިއަތު އަބްދުލް ޣަނީއެވެ.

ޖަވާބުގައި ނިއު ސްޓާ ކުޅެން އަރައި 18 ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 172 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 39 ބޯޅައިން 45 ލަނޑު ހެދި ޝަފީގާއި 24 ބޯޅައިން 44 ލަނޑު ހެދި އިސުރު ގުނަރަތުނަ އަދި ނުބައިނުވެ 37 ލަނޑު ހެދި މުޙައްމަދު ސަޒީރެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ސަޒީރެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިޔާންސާ އާއި މާލޭ ވެޓެރަންސްއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް އާއި މިލާން ކްރިކެޓް އެކެޑަމީއެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު