Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެލާގެ ކަނޑޫފާ

ކެލާގައި މަރުވެފައިވާ ކަނޑޫގަސްތައް ވިއްކަން ނިންމައި، ކަނޑޫ ހޮވުން މަނާކޮށްފި

އަލުން ކަނޑޫ އިންދާ ހެއްދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 06:43
ކެލާގެ ކަނޑޫފާ،

ކެލާގެ ކަނޑޫފާ،

ހއ. ކެލާ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫގަސްތައް ވިއްކަން ނިންމައި، ވަކި މުއްދަތަކަށް ކަނޑޫ ހޮވުން މަނާކޮށްފިއެވެ.

ކެލާ ކައުންސިލުން ބުނީ، ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫ ގަސްތައް އެސަރަހައްދުން ނަގައި އަލުން ކަނޑޫ އިންދާ ހެއްދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް ބޭނުންވާކަން ފާހަގަކޮށް ކައުންސިލުން ބުނީ މި ކަނޑޫ ގަސްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ހިކި ކަނޑޫ ގަސް ވިއްކުމަށް ކަނޑައަޅާފައިވާ އަގުތަކަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވާ ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާއިމެދު އަމަލުކުރަންޖެހޭ އުސޫލުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ކަނޑޫހޮވުން 6 މަސް ދުވަހަށް މަނާކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ހިކި ކަނޑޫ ގަސް ބޭނުންވާ މީހުން ކައުންސިލް އިދާރާއިން ދޫކުރާފޯމް ފުރިހަމަ ކުރުމަށްފަހު ފޯމް ހުށަހަޅަން ޖެހޭ ކަމަށެވެ.

ކެލާ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫގަސްތައް ވިއްކަން ނިންމައި، ވަކި މުއްދަތަކަށް ކަނޑޫ ހޮވުން މަނާކޮށްފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ކަނޑޫފާތައް މަރުވާ މައްސަލަ 2020 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވެގެންދިޔައެވެ. އެގޮތުން ކެލާގެ އިތުރުން ހދ. ނޭކުރެންދޫ ކަނޑޫފާގެ ބޮޑު ބައެއް މަރުވެފައިވެއެވެ. އަދި ކަނޑޫފާތައް މަރުވާން ފެށުމާއެކު ރާއްޖޭގައި ހުރި ކަނޑޫފާތައް ހިމާޔަތްކުރުމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)އިން ދިވެހި ސަރުކާރަށް ވެސް ގޮވާލާފައިވެއެވެ.

ކަނޑޫފާތަކަކީ ރަށް ގިރުމާއި ފެން ބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ވަސީލަތެކެވެ. އެތަންތަން ނައްތާލުމުގެ ސަބަބުން ރަށްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.

ހއ. ކެލާކަނޑޫފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

17 ޖުލައި 2023
ކެލާގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދޫކުރަނީ

ކެލާގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދޫކުރަނީ

21 އެޕްރީލު 2022
ކޮވިޑް-19އާ ގުޅިގެން ކެލާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފި

ކޮވިޑް-19އާ ގުޅިގެން ކެލާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފި

06 ފެބުރުއަރީ 2022
"ކެލާ ސުޕަރ ލީގު 2022"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ކެލާ ސުޕަރ ލީގު 2022"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 ފެބުރުއަރީ 2022
ރާއްޖޭގެ ކަނޑޫފާތައް ނެތިދަނީ، ރައްޔިތުން ވާނުވާގައި!

ރާއްޖޭގެ ކަނޑޫފާތައް ނެތިދަނީ، ރައްޔިތުން ވާނުވާގައި!

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު