Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓްގެ ހާލަތު

އޮމިކްރޯން ވޭރިއަންޓާއެކު މާބޮޑަށް ހާސްވެ ކަންބޮޑުނުވުމަށް ޑަބްލިޔުއެޗްއޯއިން އިލްތިމާސްކޮށްފި

4 ޑިސެމްބަރު 2021 | ހޮނިހިރު 01:49

ގިނަ ގައުމުތަކުން ވަނީ ދަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 01:49
ލަންޑަންގެ ޓްރެއިން ސްޓޭޝަނެއްގައި މީހުން ހަރަކާތްތެރިވަނީ

ލަންޑަންގެ ޓްރެއިން ސްޓޭޝަނެއްގައި މީހުން ހަރަކާތްތެރިވަނީ

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯންގެ ސަބަބުން މާބޮޑަށް ހާސްވެ ކަންބޮޑުނުވުމަށް ޑަބްލިޔުއެޗްއޯގެ އެންމެ އިސް ސައިންޓިސްޓް ސޯމިޔާ ސްވާމިންތަން އިލްތިމާސްކުރައްވައިފިއެވެ.

ރޮއިޓަރސްގެ ނެކްސްޓް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ސޯމިޔާ ވިދާޅުވީ މިވޭރިއަންޓް މިހާރު އުފައްދާފައިވާ ވެކްސިންތަކަށް އަސަރުނުކުރާކަމަށް ނިންމުން އަދި މާއަވަސްކަމަށެވެ. އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި އެއްޗެއް ބުނަން އަވަސްކަމަށާއި ނަމަވެސް ކުރިޔަށް އޮތްތަނުގައި މިވޭރިއަންޓަކީ އެންމެ ބޮޑަށް މިހާތަނަށް ފެތުރިފައިވާ ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓަށްވުރެ ބޮޑަށް ފެތުރޭނެ ވޭރިއެންޓެއްކަމަށް ބެލެވޭކަމަށް ސޯމިޔާ ވިދާޅުވިއެވެ. މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑްގެ ކޭސްތަކުގެ 99 އިންސައްތަ ކޭހަކީ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކެވެ.

އޮމިކްރޯން ވޭރިއަންޓް ފެނުމާއެކު ގިނަ ގައުމުތަކުން ވަނީ ދަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިހާތަނަށް އައިއިރު މިވޭރިއަންޓް 38 ގައުމަކުން ވަނީ ފެނިފައެވެ. އަނެއްކޮޅުން މިހާތަނަށް އައިއިރު އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އެނގިފައިވަނީވެސް މަދު މައުލޫމާތުތަކެވެ. ހަމައެކަނި އެނގެނީ މިވޭރިއަންޓް ފެތުރޭ މިންވަރު ހަލުވިކަމެވެ.

ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ޑިރެކްޓަރ މައިކް ރިޔާން ވިދާޅުވީ މިހާރު އުފައްދާފައިވާ ވެކްސިންތަކަށް އޮމިކްރޯން ވޭރިއަންޓް މަސައްކަތްނުކުރާ ކަމުގެ ހެއްކެއް ލިބިފައިނުވާކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ކަމަށް މައިކް ވިދާޅުވިއެވެ.

އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން އަންނަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންތައް އަވަސްކުރަމުންނެވެ. ގިނަ ސައިންސްވެރިން ދެކޭގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މިޕެންޑަމިކް ނިމުމަކަށް ގެނައުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމެވެ. ބޫސްޓަރ ޑޯޒް މުއްސަނދި ގައުމުތަކަށް ދިނުމެއް ނޫނެވެ.

ކޮވިޑް-19އޮމިކްރޯން ވޭރިއަންޓް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް