Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

ނައިޖީރިއާއިން އެނބުރި އައި ލަންކާ ރައްޔިތަކު އޮމިކްރޯންއަށް ޕޮޒިޓިވް

3 ޑިސެމްބަރު 2021 | ހުކުރު 07:14

އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާކަން އެ ޤައުމުގެ ހެލްތް މިނިސްޓަރ ކަށަވަރު ކޮށްދެއްވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޑިސެމްބަރު 2021 | ހުކުރު 07:14
ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓް- އެ ޤައުމުން ފެނުނު އޮމިކްރޯން ވޭރިއަންޓު ދެނެގަނެވިފައިވަނީ ހުކުރު ދުވަހު

ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓް- އެ ޤައުމުން ފެނުނު އޮމިކްރޯން ވޭރިއަންޓު ދެނެގަނެވިފައިވަނީ ހުކުރު ދުވަހު

އަވައްޓެރި ލަންކާއިންވެސް އޮމިކްރޯން ވޭރިއަންޓު ފެނިއްޖެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ލަންކާއިން މި ވޭރިއަންޓު ފެނިފައިވަނީ ނައިޖީރިއާއިން އެނބުރި އައި ލަންކާ ރައްޔިތެއްގެ ގައިންނެވެ. އޭނާ އެނބުރި ލަންކާއަށް ދިޔައީ 23 ނޮވެމްބަރުގައެވެ.

އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު، އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާކަން އެ ޤައުމުގެ ހެލްތް މިނިސްޓަރ ކެހެލިޔާ ރަމްބުކްވެލާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ހުކުރު ދުވަހު ލަންކާގެ ޕަބްލިކް ހެލްތް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވަނީ އެކަމާ ގުޅޭގޮތުން ޚާއްސަ ބަޔާނެއް ދެއްވާފައެވެ. އެގޮތުން އެ ޤައުމުން ފެނުނު އޮމިކްރޯންގެ ފުރަތަމަ ކޭސް ރިޕޯޓު ކުރެވިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށް އޭނާ ވިދާޅުވިއެވެ. ލަންކާގެ ލެބޯޓަރީތަކުން ވަނީ އޭނާގެ ސާމްޕަލް އިތުރަށް ތަހުލީލުކޮށް ނަތީޖާ ކަށަވަރު ކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަން ފާހަގަ ކުރައްވައި އޭނާ ވަނީ ކަންބޮޑުވެ ހާސް ނުވުމަށާއި، ފިޔަވަޅުތަަކަށް ބޯލެނބުމަށް އެދިލައްވާފައެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމުގައިވާ އޮމިކްރޯން ދެނެގަނެފައިވަނީ ނޮވެމްބަރ މަހުގެ 14ން 16ށް ނަގާފައިވާ ސާމްޕަލަކުންނެވެ. ސައިންސްވެރިން ވަނީ މިވޭރިއަންޓް އިތުރަށް ސީކުޔެންސްކޮށްފައެވެ. އަދި މިވޭރިއަންޓްގައި ކަންބޮޑުވާކަންތައްތަކެއް ހުރިކަން ދެކުނު އެފްރިކާގެ ސަރުކާރަށް އަންގާފައެވެ. 

ދެކުނު އެފްރިކާއިން ފެނުނު މިވޭރިއަންޓާމެދު ސައިންސްވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ މިވޭރިއަންޓްގައި ހުރި މިޔުޓޭޝަންތަކުގެ އަދަދުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ ހެލްތު އޮފިޝަލަކު ވިދާޅުވީ މިވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން މިޔުޓޭޝަންގެ އަދަދު 30ށް ވުރެ ގިނަ ކަމަށެވެ. ސްޕައިކް ޕްރޮޓީން އަކީ ވައިރަސް އިންސާނާގެ ސެލްތަކަށް ވަނުމަށް ބޭނުންކުރާ އެއްޗެކެވެ.

އޮމިކްރޯން ވޭރިއަންޓްސްރީލަންކާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް