Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ ޕީވީ ސިސްޓަމް

އައްޑޫ ސިޓީ ޕީވީ ސިސްޓަމް ގާއިކުރުން އިފްތިތާހުކޮށްފި

2019 ވަނައަހަރު އެކަނިވެސް ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާއާ ގާތަށް ވަނީ ތެޔޮ އެތެރެކުރުމަށް ޚަރަދުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2021 | ބުރާސްފަތި 14:21
އައްޑޫ ސިޓީ ޕީވީ ސިސްޓަމް ގާއިމުކުރުން

އައްޑޫ ސިޓީ ޕީވީ ސިސްޓަމް ގާއިމުކުރުން

އައްޑޫ ސިޓީ ޕީވީ ސިސްޓަމް ގާއިމުކުރުން ބުރާސްފަތި ދުވަހު އިފްތިތާހުކޮށްފިއެވެ.

އައްޑޫ ސިޓީގެ އެނާރޖީ މެނޭޖްކުރުމާއި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ވަނީ އިފްތިތާހުކޮށްފައެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވެފައިވަނީ، އައްޑޫ ސިޓީއަކީ ރާއްޖޭގެ 2 ވަނައަށް އެންމެ ބޮޑު ސިޓީކަމަށާއި، އަދި 2 ވަނައަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ސިޓީ ކަމަށެވެ. އައްޑޫ ސިޓީގައި 10 މެގަވޮޓާ އެއްވަރުގެ އަދަދަކަށް ކަރަންޓު ބޭނުންކުރަމުން ދާކަމަށްވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހުރިހާ ކަރަންޓެއްވެސް ދާދި އިހަކަށް ދުވަހާ ޖެހެންދެން އުފައްދަމުން އައިސްފައިވަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެޔޮ ބޭނުންކޮށްގެން ކަމަށްވެސް ޝައުނާ ވިދާޅުވެފައިވެއެވެ.

އަދި ދިވެހި ރާއްޖެއަށް 2019 ވަނައަހަރު އެކަނިވެސް ގާތްގަނޑަކަށް، 8 ބިލިއަން ރުފިޔާއާ ގާތަށް ވަނީ ތެޔޮ އެތެރެކުރުމަށް ހަރަދުކޮށްފައެވެ. މިހާރު އައްޑޫ ސިޓީގައި ގާތްގަނޑަކަށް 2.5 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމް ގާއިމުކޮށްފައި ވެއެވެ. މީ ދިވެހި ރާއްޖޭގެ ސަރުކާރުން ކުރި ބައެއް މަސައްކަތްތަކާއެކު ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށްވެސް ޝައުނާ ވިދާޅުވެފައި ވެއެވެ. މީގެ ކުރިން އައްޑޫގައި ހުރި ހައިބްރިޑް ސިސްޓަމާއެކު ބެޓްރީ އެނަރޖީ ސިސްޓަމެއް ނެތުމުން، އިރުގެ އަލިން އުފައްދާ ކަރަންޓުގެ އެންމެ ފުރިހަމަ މަންފާލިބުމުގައި ދަތިތަކެއް ހުރިކަމަށް ވެސް ޝައުނާ ވިދާޅުވެފައި ވެއެވެ. އެހެންކަމުން ބުރާސްފަތި ދުވަހު އިފްތިތާހު ކުރާ ބެޓްރީ ސްޓޯރެޖް ސިސްޓަމުން، މޫސުމަށް އަންނަ ބަދަލާއެކު ސޯލާ ޕީވީ ނިޒާމަށް އަންނަ ލޮޅުންތައް ކުޑަކޮށް، ތެޔޮ ޖެނެރޭޓަރ ތަކަށް ދިމާވެދާނެ މައްސަލަތަކުން ސަލާމަތްކޮށްދީ، ތެލުގެ އިސްރާފު ކުޑަކޮށްދޭނެ ކަމަށްވެސް ޝައުނާ ވިދާޅުވެފައި ވެއެވެ.  

އަދި މިސިސްޓަމްގެ ސަބަބުން އައްޑޫ ސިޓީގައި ސޯލާ ޕީވީ އިތުރުކޮށް، ގްރިޑްއަށް ފީޑްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާ ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. މިސިސްޓަމް ގާއިމުވެގެން ދިއުމުން، އައްޑޫގައި ގާއިމު މިކުރެވެނީ ސޯލާ ބެޓްރީ ޑީސެލް ހައިބްރިޑް ސިސްޓަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި މިސިސްޓަމް ގާއިމްވެގެން ދިއުމުން އައްޑޫ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުން އަހަރަކު 800،000 (އަށް ލައްކަ) ލީޓަރ ޑީސެލް މަދުކުރެވިގެން ދާނެކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގާތްގަނޑަކަށް 1900 (ނަވާރަ ސަތޭކަ) ޓަނުގެ ސީއޯ-2 މަދުކުރެވިގެން ދާނެކަމަށް ވެސް ޝައުނާ ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހު އިފްތިތާހު ކުރެވުނު ނިޒާމާއެކު، ދިވެހި ރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. އައްޑޫގައި ގާއިމް ކުރެވުނު މި ބެޓަރި އެނަރޖީ ސިސްޓަމަކީ ރާއްޖޭގެ އިންޖީނު ގޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު ބެޓްރީ ސިސްޓަމް ކަމަށް ވެސް ޝައުނާ ވިދާޅުވެފައި ވެއެވެ.

އަދި މިއީ ދިވެހި ރާއްޖޭގެ ހަކަތާއިގެ ސިޔާސަތަށް ގެނެވޭ އިންގިލާބީ ބަދަލެއް ކަމުގައި ވާނެއެވެ. ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީގައި އިތުރު 13 މެގަވޮޓްގެ ކަރަންޓު އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމް ގާއިމުކުރުމަށް ރާއްޖެއިން އަންނަނީ ތައްޔާރު ވަމުންނެވެ. މީގެ ތެރެއިން 10 މެގަވޮޓަކީ މޫދުގަ ގާއިމުކުރެވޭ ނިޒާމެކެވެ. އަދި ހަމަ މިއާއެކު އައްޑޫގެ އިތުރު ބެޓްރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމާއި ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަރުހަލާތައް މިހާރު ކުރިއަށް ގެންދާކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި އޮތީ އައްޑޫ ސިޓީގައެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އައްޑޫ ސިޓީގެ ކޮވިޑް ހާލަތާއެކީ މިރަސްމިއްޔާތު ކުރިއަށް ގެންދަނީ ވަރޗުއަލްކޮށް ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި މިރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ 4 މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އައްްޑޫ ސިޓީޖަޕާންސޯލާ ޕީވީ ސިސްޓަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު