Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް

ތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

2 ޑިސެމްބަރު 2021 | ބުރާސްފަތި 12:58

މިމަޝްރޫއަކީ 76.75 މިލިއަން ރުފިޔާގެ މަޝްރޫއެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 12:58
ހއ. ތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ހއ. އަތޮޅު ކައުންސިލް ރައީސް މުސާ ޝަފީގުއާއި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމުކުރަން ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފެން ޕްލާންޓު ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ 46 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯމީޓަރުގެ ފެން ހޯޅީގެ މައި ނެޓްވޯރކެއް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފައްދަން ދެ އާރްއޯ ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ހުރިހާ ގެތަކަށް ފެނުގެ ޚިދުމަތް ގުޅުވައިދޭނެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.33 ކިލޯމީޓަރުގެ ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކެއް ގާއިމުކުރުމާއި، 1.04 ކިލޯމީޓަރުގެ ޕަންޕިންގ ލައިނެއް އެޅުމާއި، ތިން ޕަންޕިންގ ސްޓޭޝަނާއި ސީ އައުޓްފްލޯއެއްވެސް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގެތަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދޭނެއެވެ.

މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

ހއ. ތަކަންދޫގައި ކުރިއަށްދާ މިމަޝްރޫއަކީ 76.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހއ.ތަކަންދޫ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2025

ތަކަންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި

30 ޖެނުއަރީ 2025
ތަކަންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި
29 ޖެނުއަރީ 2025

ތަކަންދޫގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމުގައި ރައީސް ވިދާޅުވެއްޖެ

29 ޖެނުއަރީ 2025
ތަކަންދޫގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމުގައި ރައީސް ވިދާޅުވެއްޖެ
20 ޖުލައި 2023

3 ރަށެއްގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙުކޮށްދެއްވައިފި

20 ޖުލައި 2023
3 ރަށެއްގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙުކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް