Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަކަންދޫ ކުޅި ހިމާޔަތްކުރުން

ތަކަންދޫ ކުޅި ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އޯގަސްޓު މަހުގެ ތެރޭގައި ފަށާނަން: އާޒިމް

މުސްތަގުބަލަށް ވިސްނާއިރު، ކުޅި ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖުލައި 2023 | ބުރާސްފަތި 13:28
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ، އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ، އާދަމް އާޒިމް

ހއ. ތަކަންދޫ ކުޅި ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް، އޯގަސްޓު މަހުގެ ތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ތަކަންދޫގައި ދެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެއީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި، ކުޅި ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

ތަކަންދޫގެ ކުޅިއަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވީ، އެސަރަހައްދު ވަރަށް ބޮޑަށް ގިރާކަމަށާއި، ވެލި ވަރަށް ބޮޑަށް އަރަމުންދާކަމަށެވެ. އާޒިމް ވިދާޅުވީ މުސްތަގުބަލަށް ވިސްނާއިރު، ކުޅި ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް ކުޅި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ކުޅީގައި ތަފާތު އެކިއެކި ދިރުންތައް އުޅޭކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް އެރަށަށް އަރާ މީހުން ކުޅީގެ ރީތިކަން ބަލަން އެސަރަހައްދަށް ދާކަމަށެވެ.

އާޒިމް ވިދާޅުވީ ކުޅި ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އޯގަސްޓް މަހުގެ ތެރޭގައި ފަށައި، މިއަހަރުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ.

މީގެ އިތުރުން ތަކަންދޫގައި ތަރައްގީ ކުރެވޭ ބަނދަރުން 4،455 އަކަމީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 2،230 އަކަމީޓަރުގެ ނެރެއް ފުންކުރުމާއި، 252 މީޓަރުގެ ބޭރުތޮށި ލުމާއި، 160 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 126 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 883 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ އިތުރުން މޫރިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި ދެ މަޝްރޫއަށް 22.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު