Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުން

ފަނޑިޔާރެއްގެ ވަޒީފާ ގެއްލުމުގެ ބިރަކީ އެތައް ބައެއްގެ ހައްގަށް އަރައިގަންނަން ލިބޭ ޓިކެޓެއް ނޫން - ޔާމީން

ފަނޑިޔާރުންގެ ޖަމިއްޔާއިންވެސް އެއްޗެއް ނުބުނުމުން އިތުރު ސުވާލު އުފެދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 05:56
ޔާމީން އަބްދުލް ގަޔޫމް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް

ޔާމީން އަބްދުލް ގަޔޫމް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް

ފަނޑިޔާރުންގެ ވަޒީފާ ގެއްލިދާނެތީ އެކަމުގެ ބިރު އެއީ އެތައް ބައެއްގެ ހައްގަށް އަރައިގަންނަން ލިބޭ ޓިކެޓެއް ނޫންކަމުގައި ކުރީގެ ރައީސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދެ އަހަރުގެ ޖަލު ހުކުމުގައި އޮންނެވުމަށްފަހު މިނިވަންވެ ފުރަތަމަ ފަހަރަށް އިދިކޮޅު ކޯލިޝަންގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންނަކީ ގައުމުގެ މަސްލަހަތު ހިފެހެއްޓުމުގެ އެންމެ މަތީ މަސްލަހަތާއި ހަވާލުވެފައިވާ ބައެއް ކަމަށެވެ. ހުރިހާ ފަރާތަކުން ސަލާމަތްވެ ނުފޫޒުން އެއްކިބާވެގެން ތިބެން ޖެހޭ ބައެއް ކަމަށެވެ. އެއްވެސް ހާލެއްގައި ވަޒީފާ ގެއްލިދާނެކަމަށް ބަލައި، އަންނަ ނުފޫޒަށް ކަންކަން ނިންމާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ. އަދުލު އިންސާފުގެ ތެރެއިން ނޫންގޮތަކަށް ކަންކަން ނިންމުމަކީ، އަދުލުވެރި ގޮތެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއްވެސް މީހަކު މި ދުނިޔެ މައްޗަށް އަންނަނީ ވަޒީފާއަކާއެކު ނޫން ކަމަށާއި، ވަޒީފާ ގެއްލި އަނބިދަރިން ބިކަވެދާނެތީ އެއީ އެތައް ބައެއްގެ ހައްގަށް އަރައިގަތުމަށް ލިބޭ ޓިކެޓެއް ނޫން ކަމުގައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ، މީހެއްގެ މުސްތަގްބަލް ދުއްވާލައި، ދެ ތިން އަހަރު ޖަލުގައި ބޭއްވުމުން ފަނޑިިޔާރުންގެ ވަޒީފާ ގެއްލިދާނެތީ ހަމްދަރުދީވާ މީހުން އެ މަނިކުފާނުގެ އާއިލާއިން ތަހައްމަލްކުރީ ކޮންކަމެއްތޯ ނުބައްލަވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. މި ކަމުގައި ވަކި ބަޔަކު ކުށްވެރި ނުކުރެއްވި ނަމަވެސް އަސަރާއެކު އެވާހަކަތައް ދައްކަވާނެ ކަމަށް ވިދާޅުވިއެވެ.

މި ވަގުތު އެންމެ ބޮޑު ކޮރުކަމެއް އޮތީ އަދުލުގެ ނިޒާމުގައި ކަމަށާއި، އެ ނިޒާމުގެ ތެރެއަށް މުއްސަނދި މަހުޖަނުން އަތްބޭނުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އަދުލުގެ ނިޒާމުގައި އޮތް ކޮރު ކަމަށް ހައްލު އަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވެ އެކަމުގެ ކަންބޮޑުވުން އުފެދުނު ނަމަވެސް އަދިވެސް އޯޑިއޯތަކުގެ ސައްހަކަން ކަށަވަރުކޮށް ނުދެއްވޭ ކަމަށެވެ. އަދި އެ މައްސަލާގައި ފަނޑިޔާރުންގެ ޖަމިއްޔާއިންވެސް އެއްޗެއް ނުބުނުމުން އިތުރު ސުވާލު އުފެދޭ ކަމަށެވެ. އެ އޯޑިއޯތަކުން އަދުލުގެ ނިޒާމަށް އޮތް ނުފޫޒު ހާމަވާ ކަމަށާ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް ވިދާޅުވިއެވެ. އެއްވެސް ވަރަކަށް އަދުލުވެރިކަމަށް ސުވާލު އުފެެދިއްޖެނަމަ އެއީ މުޅި ނިޒާމަށް ސުވާލު އުފެދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ފުރުސަަތު ލިބިވަޑައިގެންފިނަމަ ރާއްޖެއަކީ މާއްދީ ގޮތުން ފުރިހަމަ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
26 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
23 އޮކްޓޯބަރު 2025

ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް

23 އޮކްޓޯބަރު 2025
 ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު