Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ހައްޤު ޝަރީއަތެއް ކޮށްފިނަމަ އަޅުގަނޑު ގަޔަކު އަތެއް ނުލެވޭނެ: ޔާމީން

ޖައްބާރުންގެ ކުރިމަތީގައި ހައްޤު ބަސް ބުނާއިރު އަންނަ އުނދަގޫތައް ކުޑައެއް ނުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2021 | ބުރާސްފަތި 03:52
ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ

ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ

ދައުލަތުގެ ފައިސާގައި ޖެހިގެން ހައްޤު ޝަރީއަތެއް ކޮށްފިކަމުގައިވާނަމަ އެމަނިކުފާނުގެ ގައިގައި އަތް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޝުކުރިއްޔާ ރައްޔިތުންގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޖައްބާރުންގެ ކުރިމަތީގައި ހައްޤު ބަސް ބުނާއިރު އަންނަ އުނދަގޫތައް ކުޑައެއް ނުވާނެ ކަމަށެވެ.

ސިޔާސީ މީހެއްގެ ފަރާތުން އިދިކޮޅު ކަމެއް ހިނގިފިނަމަ ނޫނީ ރައްޔިތުންނަށް އުނދަގޫވާ ކަމެއް ހިނގައިފިނަމަ ހާހުން ދެހާހުން ތީރުތައް އަމާޒުވަމުން އަންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކޮންމެ ކަމެއް ވެސް ނިމިގެންދާއިރު ބަލާލުމުން ކަންކަން ހިނގާފައިވާ ގޮތް އިނގޭނެ ކަމަށާއި އެ ބެލުމުގެ ފުރުސަތު ވެސް އަދި ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނަށް އަންނަ ކޮންމެ ހަމަލާ އަކީ ރައްޔިތުންނަށް އަންނަ ހަމަލާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ޔާމީން ބަންދުގައި ހުންނެވި ދުވަސްވަރު ޕާޓީން ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާ ވިދާޅުވީ ވަރަށް ވަސީލަތްތަކާއި ފުދުންތެރިކަން އިތުރުވިނަމަ މިއަށްވުރެން ވަރުގަދައަށް ޕާޓީގެ މަސައްކަތް ކުރިއަށް ގެންދެވުނީސް ކަމަށެވެ.

ޤާނޫނު ހިންގުމުގެ ހުރިހާ ބާރުތަކެއް ޤާނޫނު ހެދުމުގެ ބާރުތަކާއި ތަންފީޒު ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ އަތުން ކެހިގެން ދިޔަ ގޮތަށް އެއްބަޔެއްގެ އަތަށް ޖަމާވެފައި އޮތް ހާލަތުގައި ވެސް ބަޔަކަށް ކުރެވޭނެ އެންމެ ބޮޑު ޖިހާދު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނަކީ ހައްޤު މަގުގައި ކުރާ ބައެއް ކަމަށާއި ދިވެހިން ޤަބޫލުކުރަމުން އައި ހުރިހާ އުސޫލުތައް ދެމެހެއްޓުމަށްޓަކައި ފަނޑުކަމެއް ނެތި މަސައްކަތް ކުރަނީ ހަމައެކަނި އެޕާޓީން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުން އެ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ މަސައްކަތް މި ގިޔަރުން މަތީ ގިޔަރަށް ޖައްސަވާނެ ކަމަށާއި އަނެއް ބަންދު ހުރަސް އަންނަން ދެން ރައްޔިތުންނާއެކު ހަރަކާތްތެރިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއް ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމްކުރީގެ ރައީސް ޢަބްދުﷲ ޔާމީންއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު