Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅު

"އަޅުގަނޑު ސިއްހަތު އަނެއްހެން ރަނގަޅު، އެހެންނަމަވެސް އަދި ވަރަށް ބޮޑަށް ރަނގަޅުވާންޖެހޭ"

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުށް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2021 | ބުދަ 02:24
އާސްކް ސްޕީކަރ ޕްރޮގްރާމް ގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އާސްކް ސްޕީކަރ ޕްރޮގްރާމް ގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު މިހާރު ސިއްހީ ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ވިދާޅުވީ ސިއްހަތު ރަނގަޅުކަމަށާއި އެހެންނަމަވެސް އަދި ވަރަށް ބޮޑަށް ރަނގަޅުވާންޖެހޭކަމަށެވެ. މިހާރުގެ ހާލަތުގެ ތަފްސީލެއް ނުދެއްވައެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުށް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލިއެވެ. ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލުމަށްފަހު ދިން މިހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފައެވެ. އެއަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. ޖަރުމަނުވިލާތުގައި ވެސް އިތުރު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ. އެގޮތުން ފައިގެ އޮޕަރޭޝަނެއް ކުރެވިފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ. ޖަރުމަނުވިލާތުން ފަރުވާ ހޯއްދެވުމަށްފަހު ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އެމްޑީޕީގެ ކްލަބްހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް އެދުވަހުވެސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރަން ޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެފަހުން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ރާއްޖޭގެ ނޫސްވެރިންނާއި ވަރޗުއަލްކޮށް ބައްދަލުކުރައްވާ ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ވިދާޅުވީ ކޮންމެ ތިން ހަފްތާއިން އެއްފަހަރު ޑޮކްޓަރަށް ދެއްކުމަށް އަންގާފައިވާ ކަމަށް އެދުވަހު ވިދާޅުވިއެވެ. އަދި ހާލުކޮޅާ ކުރިއަށްވުރެ މާބޮޑަށް ރަނގަޅު ކަމަށެވެ. ހިނގާބިގާވެ އުޅެވޭ ކަމަށާއި، އަމިއްލައަށް ކަންކަން ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކަނާއަތުގެ ތިން އިނގިލީގައި އައްސިކަން ހުންނާތީ އެތިން އިނގިލީގެ ބޭނުން ނުހިފޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެފަހުން އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިގެން މަސައްކަތުގައި އުޅުއްވަން ފަައްޓަވާފައެވެ.

ރައީސް ނަޝީދުމޭ6ޓެރާރއެޓޭކްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު