Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް

ބަރުލަމާނީ ނިޒާމު ގެންނަން ބޭނުންފުޅުވާ ކަން ތަކުރާރުކުރެއްވި ނަމަވެސް ރައީސް ޔާމީނާއެކު މަސައްކަތްކުރުމާއި ގުޅޭގޮތުން އެއްޗެއް ވިދާޅެއްނުވި

1 ޑިސެމްބަރު 2021 | ބުދަ 02:15

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ވާދަކުރާ މީހަކު ކަނޑައެޅޭނީ ޕްރައިމަރީއަކުން ކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2021 | ބުދަ 02:15
އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

2023 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އޮތުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެއްވަފާނަންތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް އެއީ ޕާޓީން އަބަދުވެސް ހިންގަމުން ގެންދާ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ރަނގަޅަށް ހިނގާ ސިޔާސީ ޕާޓީތައް އޮތުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި ކަންތައްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ތަކުރާރުކޮށްވެސް ދަންނަވާނީ އާންމު ހާލަތު ރަނގަޅުވާނީ ޑިމޮކްރަޓިކް ނިޒާމު ރަނގަޅުވި މިންވަރަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ރަނގަޅަށް ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިދާނެތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެންނަމުންދާ ކަންކަމާއި ބަދަލުވަމުންދާ ގޮތާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި ވެރިކަން ކުރާ ވެރިން ވެރިކަމުން ފޭބުމަށްފަހުގައި ވެރިކަން ބަދަލުވުމަށްފަހުގައި ދިރިއުޅެން ޖެހެނީ ވަރަށް ހިތާމަވެރި ދިރިއުޅުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްބަޔަކު ދެކޭ ގޮތުގައި އެއީ ވެރިކަމުގައި ހުންނެވިއިރުގައި ކަންކުރާ ގޮތުގެ ސަބަބުން ދިމާވާކަމެއްކަމަށް ނަޝީދު ވިދަޅުވިއެވެ. އަބަދުވެސް ފެނިފައި އޮތް ހަގީގަތަކީ ވެރިކަން ބަދަލުވީމާ ކުރީގެ ވެރިޔާ ޖަލަށްލެވި ނުވަތަ ރަށުން ފޮނުވާލެވި ނުވަތަ ކޮންމެސް ބާވަތެއްގެ އަނިޔާއެއްގައި އުޅޭތަންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ސްޕްރީމް ކޯޓުން ރައީސް ޔާމީނާއި ގުޅިގެން ނިންމި ގަޒިއްޔާއަކީ ވާދަވެރިން ވެރިކަމުގައި ތިބެ މިކަން ފުރަތަމަ ފަހަރަށް އެނޫން ގޮތަކަށް އެނބުރިގެންދިޔަ ގަޒިއްޔާކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އެމަނިކުފާނާ އެކުގައި މަސައްކަތްކުރައްވާނެތޯ ނުވަތަ އެހެން ހުކުމެއްކޮށްގެން ސިޔާސީ ގޮތުން ދުރުގައި ބަހައްޓާނީތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ރައީސް ނަޝީދު ޖަވާބެއް ދެއްވާފައެއްނުވެއެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވީ ރައީސް ޔާމީން މިނިވަން ވެގެންދިޔަ ހުކުމާއެކު ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހުވާތަން ފެންނަކަމުގެ ވާހަކަތަކެވެ. އެސުވާލަށް އެއްވެސް ޖަވާބެއް ދެއްވާފައެއްނުވެއެވެ.

އެހެންނަމަވެސް އާސްކް ސްޕީކާރ ގެ ތިން ވަނަ ޕްރޮގްރާމްގައި މިއަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ރޭ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގައި މާބޮޑު ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި އެމަނިކުފާނުގެ އެންމެ ބޮޑު ވާދަވެރިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުގައި މަސައްކަތް ކުރައްވާނެކަމަށްވެސް އެޕްރޮގްރާމްގައި ވަނީ ވިދާޅުވެފައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަންޖެހޭއިރު އެމަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެބަދަލު ގެނެވޭނެކަން ފާހަގަކުރައްވާ ވިދާޅުވީ އެބަދަލު ގެނައުމަށް ޕީޕީއެމްވެސް ތާއީދު ކުރާނެކަމަށެވެ.

ރައީސް ނަޝީދު އެރޭގެ ޕްރޮގްރާމްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށް ނިޒާމު ބަދަލުކުރުމަށް ޕީޕީއެމްއާ އެކުގައި މަސައްކަތްކޮށްގެން އެކަން ކުރެއްވޭނެކަމަށެވެ. ނިޒާމު ބަދަލުކުރުމާއެކު ބޮޑުވަޒީރުކަމަށް މީހަކު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރެވިގެންދާނެއެވެ.

އޭގެފަހުން ހަމަ ޖުލައިމަސް ތެރޭގައި ވަނީ ރައީސް ޞާލިހަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވާ ވިސްނުންފުޅު ހުރީ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމަށްކަން ވިދާޅުވެ ވާހަކަދައްކަވާފައެވެ. އޭގެފަހުން ރާއްޖެއިން ބޭރުގައި ހުންނަވާ ސެޕްޓެމްބަރ މަހު ނޫސްވެރިންނާ ބައްދަލުކުރެއްވާ ދެއްކެވި ވާހަކަތަކުން ފެނިގެންގޮސްފައިވަނީ ރާގު ބަދަލުވެފައިވާތަނެވެ.

މީގެއިތުރުން އާސްކް ސްޕީކަރ ގެ ތިން ވަނަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރު ރިޔަސީ އިންތިޚާބެއް އޮންނަނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ. އަދި އެ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިފަހަރުގެ ޕްރޮގްރާމްގައި މިއިން އެއްވެސް ކަމަކާއި ގުޅޭގޮތުން ސީދާ ވާހަކަތަކެއް ދައްކަވާފައެއްނުވެއެވެ.

ރައީސް ނަޝީދުރައްޔިތުންގެ މަޖިލިސްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް