Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް

ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ އެއްފަހަރާ ގެންނަ ބަދަލުތަކަށް ވުމަކީ ބޭނުންތެރިކަމެއް: ރައީސް ނަޝީދު

ޝަރުއީ ނިޒާމު އިސްލާހުކުރެވިފައިވާ މިންވަރަކީ ވާދަވެރިންވެސް ފާހަގަކުރާކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2021 | އަންގާރަ 18:51
އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ގާނޫނު އަސާސީއަށްގެންނަ ބަދަލުތަކަކީ އެއް ފަހަރާ ގެންނަ ބަދަލުތަކަށް ވުމަކީ ބޭނުންތެރިކަމެއްކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކަރގެ ހަތަރު ވަނަ ޕްރޮގްރާމްގައި ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ އޮނިގަނޑަށް ބަދަލު ގެނައުމީ މިސަރުކާރުގެ ވައުދަކަށް ވާއިރު އެވައުދު ފުއްދަނީ ކޮންއިރަކުތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދަކީ އެމްޑީޕީގެ ވައުދެއްކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން މިހާތަަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ނިޒާމު އިސްލާހުކުރެވިފައިވާ މިންވަރަކީ ވާދަވެރިންވެސް ފާހަގަކުރާކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިއްވި ހުކުމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެގަޒިއްޔާ ނިމިގެންދިޔަ ގޮތުން ގިނަ ބަޔަކު ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުވެފައިވާ މިންވަރު ފާހަގަކުރާކަމަށެވެ.

އަދި ޖޭއެސްސީއަށްވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދެން އުފެދޭ ސުވާލަކީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކޮށް ގާނޫނު އަސާސީއަށް ބަދަލު ގެންނާނީ ކޮންއިރަކުންތޯ ކުރެވޭ ސުވާލުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ބޭނުންވާ ބައިވަރު ސަބަބުތައް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް އެބަދަލުތައް ގެންނައިރު ޖޭއެސްސީއަށްވެސް އެބަދަލު ގެނައުމީ ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވައުދާ އެއްގޮތަށް ދައުރު ނިމުމުގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ލަސްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މި ދައުރު ނިމުމުގެ ކުރިން އެ ބަދަލުތައް ގެންނާނެ ކަމަށާއި، ގެންނަ ބަދަލުތަކަކީ ރައްޔިތުންގެ އިތުބާރު އެ މުއައްސަސާއަށް ލިބޭނެ ފަދަ ބަދަލުތަކަކަށް ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މަސައްކަތް ނިމޭނެ މުއްދަތެއް ނުދެވުނު ނަމަވެސް މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވާފައެވެ.

މަބްރޫކް ވިދާޅުވީ ޖޭއެސްސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނީ މާހިރުންގެ ލަފާ ހޯއްދެއްވުމަށް އެދިވަޑައިގެންފައި ކަމަށެވެ. މިކަން ކުރާނީ މިކަންކަމާ ގުޅުންހުރި މާހިރުންގެ ލަފާއާއެކުކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު