Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުގައި އުޅަނދުތައް ދުއްވުމާއި ބެހޭ ގާނޫނު

ކަނޑުގައި އުޅަނދުތައް ދުއްވުމާއި ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކެއް ކައުންސިލްތަކުން ދޭގޮތަށް ފާސްކޮށްފި

މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް ފޯރުކޮށްދޭނީ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލްތަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ނޮވެމްބަރު 2021 | އަންގާރަ 02:31
ރަށެއްގެ ބަނދަރުގައި ދޯނިތައް އަޅާފައި

ރަށެއްގެ ބަނދަރުގައި ދޯނިތައް އަޅާފައި

ކަނޑުގައި އުޅަނދުތައް ދުއްވުމާއި ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެއަތޮޅެއް ނުވަތަ އެރަށެއް ނުވަތަ އެސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް އެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީއެވެ. މިބިލް ދިރާސާކޮށްފައިވަނީ ލާމަރުކަޒީ ކޮމިޓީންނެވެ.

Advertisement - newsAdvertisement

ކޮމިޓީން ގެނައި އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު ބިލްގައި ބުނަނީ އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުތައް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

މީގެއިތުރުން  ޚިދުމަތްތަކާއި ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލްތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދޭންވާނެކަމަށްވެސް މަޖިލީހުން ފާސްކުރި އިސްލާހުގައިވެއެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެގޮތް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށްވެސް މިބިލްގައިވެއެވެ.

މީގެއިތުރުން މިގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ހަދައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެއެވެ.

މިއިސްލާހުތަކާއެކު ކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު