Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަނދަރުތަކުގެ ގާނޫނެއް ހެދުމަށް ފާސްކުރުން

ބަނދަރުތަކުގެ ގާނޫނެއް 150 ދުވަހުގެ ތެރޭގައި އެކުލަވާލަން މަޖިލީހުން ފާސްކޮށްފި

ރިޕޯޓް ފާސްކޮށްފައިވަނީ 55 މެމްބަރުންގެ އިއްތިފާގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ނޮވެމްބަރު 2021 | ހޯމަ 18:38
އެމްޕީއެލް ހުޅުމާލެ ޕޯޓް

އެމްޕީއެލް ހުޅުމާލެ ޕޯޓް

ބަނދަރުތަކުގެ ގާނޫނެއް 150 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާގެ ޓުޓިކޮރިންއާއި އައްޑޫއާ ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުން ނަގާ ފީތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. މައްސަލަ އެ ކޮމިޓީން ދިރާސާކޮށް، ބުނެފައިވަނީ، ރާއްޖޭގެ ބަނދަރުތައް ރެގިއުލޭޓް ކުރުމަށް މެރިޓައިމް އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ބަނދަރުތަކުގެ ގާނޫނު 150 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިހާތަނަށް ބަނދަރުތަކުގެ ގާނޫނެއް ނެތްއިރު، އެކަން ޓްރާންސްޕޯޓް އޮތޯރިޓީގެ ސަމާލުކަމަށް ވަރަށް ގިނަފަހަރު ގެނެވިފައި ވާކަމަށާއި، އެމްޕީއެލްއަކީ އޮޕަރޭޓަރެއް ކަމަށާއި، އާންމުންނާ ގުޅޭކަންތައްތަކުގެ ރެގިއުލޭޓަރީ ބޮޑީއެއް ނޫންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުންޏަކީ ރެގިއުލޭޓަރީ ބޮޑީއަކުން ކަނޑައަޅާފައި އޮންނަ މިންގަނޑުތަކަކަށް އޮޕަރޭޓް ކުރަން ޖެހޭ ބައެއް ކަމަށާއި، ކުންފުނިން އަމިއްލައަށް ގަވާއިދުތައް ހަދާފައި އެ ގަވާއިދުތަކަށް އަމަލުކުރުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށާއި، އެހެންކަމުން ބަނދަރުތަކުގެ ސްޓޭންޑަރޑް ރަނގަޅު ކުރުމަށް ބަނދަރުތަކާ ގުޅޭ ގާނޫނާއި ބަނދަރުތަކާ ގުޅުންހުރި ގަވާއިދުތައް ހަރުދަނާ ވާން ޖެހޭ ކަމަށް އެމްޕީއެލުން ވަނީ ކޮމިޓީގައި ބުނެފައެވެ.

މި މައްސަލާގައި އެމްއެސްއެސް އިން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު، އައްޑޫއަށް އެ ކުންފުނިން ކުރިއަށްގެންދާ ޚިދުމަތަކީ ޖެނެރަލް ކާގޯ ބޯޓެއްގެ ޚިދުމަތް ކަމަށާއި، ދަތުރުުތައް ފެއްޓިއިރު 20 ދުވަހުން ޓަރންއަރައުންޑްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ އޮކްޓޯބަރަށް ޖުމްލަ 13 ދަތުރު ކުރެވިފައިވާ ކަމަށެވެ. އަދި 4 ވަނަ ދަތުރުގަޔާއި 11 ވަނަ ދަތުރުގައި ފްރައިޓުގެ އަގު ބޮޑުކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޕީއެލްއިން މި މައްސަލާގައި ބުނެފައިވަނީ، އެންމެފަހުން ޖެނެރަލް ޓެރިފްތަކަށް ބަދަލެއް ގެނެވިފައިވަނީ 2011 ވަނަ އަހަރުގައި ކަމަށާއި، ޕައިލެޓް ފީއަށް ބަދަލު ގެނެވިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރުގައި ކަމަށާއި، ޕައިލެޓް ފީ ބޮޑުކުރިއިރު މައިގަނޑު ގޮތެއްގައި އަސާސަކަށް ބަލާފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ރާއްޖެއަށް މުދާ ހިފައިގެން އަންނަ ކޮންޓެއިނަރ ބޯޓު ފަހަރު އަދި އެއަށްވުރެ ކުދި ލަކުޑި ބޯޓުފަހަރުތަކުގެ ޕައިލެޓް ފީތަކަށް ބަދަލެއް ނާންނަ ގޮތަށް ކަމަށާއި، އަދި ރާއްޖެއަށް އަންނަ ވަރަށް ބޮޑެތި އާގުބޯޓުފަހަރާއި، ކްރޫ ޗޭންޖަށް އަންނަ ބޯޓުފަހަރާއި އަދި ހެންޑަލް ކުރަން އުނދަގޫވާވަރު ބޮޑެތި ބޯޓުތަކުން ނެގޭ ފީތައް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ފެންނާތީ، މި ސަރަހައްދުގެ އެހެން އުނދަރުތަކުގެ ފީތަކަށްވެސް ރިއާޔަތް ކުރުމަށްފަހު، އެއަށްވުރެ ދަށް އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެބޮޑު ޗާޖު ނެގޭނީ ހަމައެކަނި ބޮޑެތި ބޯޓުތަކުން ކަމަށެވެ. ޕައިލޮޓޭޖް ޕީއަށް ހަމައެކަނި ބަދަލު ގެނެސްފައިވަނީ މާލޭ ބަނދަރުން ކަމަށާއި، ކުޅުދުއްފުށީ ބަނދަރާއި ހިތަދޫ ބަނދަރުން ޕައިލޮޓޭޖް ފީތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، އެހެންކަމުން މާލެ ބަނދަރުގެ ޕައިލޮޓޭޖް ފީއަށް ގެނައި ބަދަލާ ގުޅިގެން ހިތަދޫ ބަނދަރަށް ނުވަތަ ކުޅުދުއްފުށި ބަނދަރަށް ގެންދާ މުދަލުގެ އަގަށް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން ޕެރިޝަބަލް މުދާ ފިޔަވައި އެހެނިހެން މުދަލަށް ފްރީ ސްޓޯރޭޖްގެ ގޮތުގައި 10 ދުވަސް ދީފައިވާނެ ކަމަށާއި، މި މުއްދަތުގެ ތެރޭގައި މުދާ ކްލިއަރކުރުމުގެ ފުރުސަތު ވިޔަފާރަވެރިންނަށް ލިބިފައިވާކަމަށާއި، ޑެމަރޭޖު އަރަން ފަށާނީ އެ 10 ދުވަހުގެ ފަހުން ކަމަށާއި، އަދި އޭގެ ބޭނުމަކީ ކޮންޓެއިނަރ ބަހައްޓަން ސްޓޯރޭޖެއް ގޮތަށް ބަނދަރު ނުދިނުން ކަމަށާއި، ބަނދަރުގައި އޮންނާނީ ކުޑަ ޖާގައެއް ކަމުން ބަނދަރު ކޮންޖެސްޓްވިޔަ ނުދިނުމަކީ ކުންފުނީގެ އެއް މަގުސަދު ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެސްއޯއީ ކޮމިޓީން ބުނީ ފްރައިޓްގެ އަގު ބޮޑުވާން ދިމާވަނީ ބަނދަރުތަކުގައި ހުރި އިންއެފިޝިއެންސީތަކުގެ ސަބަބުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ބަނދަރުތައް ތަރައްގީ ކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާނެ ކަމަށާއި، ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްލޭނިންގ މިނިސްޓްރީގައި ވެސް އެދޭނެ ކަމަށެވެ. މީގެއިތުރުން ޕައިލޮޓޭޖް ފީ ބޮޑުކުރުމުގެ މައްސަލަ ދިމާވި ދާއިރާތައް ދެނެގަނެ، ދިރާސާއެއް ކުރުމަށްފަހު ބަދަލު ކުރެވެން ހުރި ދާއިރާތަކުގެ ފީ ކުޑަކުރުމަށް އެމްޕީއެލްއަށް އެންގުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު