Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ތިންވަނަ ކުއާޓާ ރިޕޯޓު

ތިންވަނަ ކުއާޓާގައި މަސް އެކްސްޕޯޓުކުރި މިންވަރު 87 އިންސައްތަ އިތުރުވެއްޖެ

29 ނޮވެމްބަރު 2021 | ހޯމަ 11:21

ރާއްޖޭގެ ކުންފުނިތަކުން މަސް ގަންނަ މިންވަރު ވަނީ 34 އިންސައްތަ ދަށްވެފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 29 ނޮވެމްބަރު 2021 | ހޯމަ 11:21
މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މިއަހަރުގެ ތިންވަނަ ކުއާޓާގައި މަސް އެކްސްޕޯޓުކުރި މިންވަރު 87 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭގެ ތިންވަނަ ކުއާޓާ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓާގައި 19،222 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ވަނީ އެކްސްޕޯޓު ކޮށްފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ރާއްޖެއިން ބޭރު ގައުމުތަކަށް ވިއްކާފައިވަނީ 10,303.3 މެޓްރިކް ޓަނުގެ މަހެވެ. މިއީ 8,918.7 ޓަނުގެ އިތުރުވުމެކެވެ.

ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ އަދަދު އިތުރުވި މައިގަނޑު އެއް ސަބަބަކީ މިޔަރެން މަސް ވިއްކުމުގެ ބާޒާރަށް އައި ހެޔޮ ބަދަލުތަކެވެ. ތިންވަނަ ކުއާޓާގައި ގަނޑުކޮށްފައިވާ މިޔަރެންމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 123 އިންސައްތައަށް އަރާފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު ގަނޑުކުރި ކަންނެލި އެކްސްޕޯޓުކުރި މިންވަރު 296 އިންސައްތައަށް އިތުރުވެފައި ވާއިރު ތާޒާ ކަންނެލި އެކްސްޕޯޓުކުރި މިންވަރު ވަނީ 55 އިންސައްތަ އިތުރުވެފައެވެ.

ރާއްޖެއިން ބޭރު ގައުމުތަކަށް ވިއްކާ މަހުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވީ ނަމަވެސް، ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކުންފުނިތަކުން މަސް ގަނެފައިވާ އަދަދު ވަނީ މަދުވެފައެވެ. އެގޮތުން މަސް އެކްސްޕޯޓުކުރާ މިންވަރު 87 އިންސައްތަ އިތުރުވި ނަމަވެސް ރާއްޖޭގެ ކުންފުނިތަކުން މަސް ގަންނަ މިންވަރު ވަނީ 34 އިންސައްތަ ދަށްވެފައެވެ.

މިއަހަރުގެ ތިންވަނަ ކުޓާގައި ރާއްޖޭގެ ކުންފުނިތަކުން ގަނެފައިވަނީ ޖުމްލަ 14,186.3 މެޓްރިކް ޓަނުގެ މަހެވެ. މީގެ މައިގަނޑު ސަބަބަކީ މިޔަރެންމަސް ގަންނަ މިންވަރު 35 އިންސައްތައިން ދަށަށް ދިއުމުގެ އިތުރުން، ކަންނެލި ގަންނަ މިންވަރު 31 އިންސައްތަ ދަށަށް ގޮސްފައިވުމެވެ.

މީގެ އިތުރުން މިފްކޯއިން މަސް ގަންނަ ވަކި އަގެއް ކަނޑައަޅާފައިވީ ނަމަވެސް، ސެޕްޓެމްބަރު މަހުގެ ތެރޭގައި މަހުގެ އަގު ވަނީ ވެއްޓިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއިން ފެށިގެން މިއަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް ކިލޯއެއް 18 ރުފިޔާއަށް ލިބެންހުރި މިޔަރެންމަހުގެ އަގު 14 ރުފިޔާއަށް ވަނީ ވެއްޓިފައެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއިން ފެށިގެން މިއަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް 20 ރުފިޔާއަށް ކިލޯއެއް ލިބެންހުރި މިޔަރެންމަހުގެ އަގު ވަނީ 16 ރުފިޔާއަށް ވެއްޓިފައެވެ.

ނަމަވެސް ކަންނެލީގެ އަގުތަކަށް ތިންވަނަ ކުއާޓާގައި ރަނގަޅު ބަދަލުތަކެއް އައިސްފައިވެއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެވްރެޖްކޮށް 51.6 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ރާއްޖެ ކުންފުނިތަކުން ކަންނެލި ގަތް ނަމަވެސް، މިއަހަރުގެ ތިންވަނަ ކުއާޓާގައި ކަންނެލީގެ އަގު ވަނީ ކިލޯއެއް 88.8 ރުފިޔާއަށް އަރާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖޫން 2017

ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ

17 ޖޫން 2017
ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް