Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަހުގެ ޚިދުމަތް

ޕްރޮޖެކްޓް ހިންގޭ ވަރަށް ފައިސާ ހަމަޖެހުމުން މިނީ ބަހުގެ ޚިދުމަތް ފަށާނަން: ޓްރާންސްޕޯޓް މިނިސްޓަރ

29 ނޮވެމްބަރު 2021 | ހޯމަ 04:58

އެ ފައިސާއިން ޕްރޮޖެކްޓެއް ނުހިންގޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ނޮވެމްބަރު 2021 | ހޯމަ 04:58
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ބެޓެރީން ދުއްވާ ބަސްތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާއިރު ޕްރޮޖެކްޓް ހިންގޭ ވަރަށް ފައިސާ ހަމަޖެހުމުން އެމަސައްކަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބަޖެޓް ހަމަޖެހިފައި ނެތް ކަަމަށެވެ. އަދި ބޭރުގެ ޖަމިއްޔާތަކުން ހިލޭ އެހީ ލިބޭތޯ ފޮރިން މިނިސްޓްރީގައި ވެސް ދަންނަވާފައިވާނެ ކަމަށެވެ. އެހީ އަދި ލިބިފައިނުވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 16.9 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާއިން ޕްރޮޖެކްޓް ނުހިންގޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އިތުރަށް ބަޖެޓެއް ބޭނުންވާކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ އަންނަ އަހަރަށް ހަމަޖެހިފައި އޮތް ބަޖެޓުން 4 ބަސް ގަނެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެވަރުން އެ ޕްރޮޖެކްޓް ނުފެށޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ މި މަސައްކަތުގެ ޕްރޮޕޯސަލް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާފައެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިލެކްޓްރިކް ބަސް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް މާލޭގައި ދުއްވުމުގެ މަޤްޞަދުގައި ކަމަށެވެ. މާލޭގެ މަގުތައް ހުންނަ ގޮތުގެ ސަބަބުން، ބަހުގެ ދިގުމިނުގައި ހުންނާނީ 20 ފޫޓު ކަމަށާއި ބަހެއްގައި ދަތުރުކުރެވޭނީ 16 ފަސިންޖަރުންނަށް ކަމަށް ވެސް އޭރު ވަނީ ބުނެފައެވެ.

މާލެސިޓީއަށް ގެންނަ ބަސްތަކަކީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ގެންނަ ބަސްތަކެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތަށް މިހާ ގިނަދުވަސް ނަގާތީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އޭރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިނީބަސް ތައާރަފު ކުރުން ލަސްވެފައިވަނީ ތިމާވެއްޓާ ގުޅޭ އަދި ވަކި ސައިޒަކަށް ފެތޭ ބަސްތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ. އެގޮތުން، އެފަދަ ބަސްތަކެއް ހަދަން ބަޔަކަށް އޯޑަރު ދީގެން އެ އެއްޗެހި ތައްޔާރު ކުރުމަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ 100 ދުވަހުގެ ވައުދުގެ ތެރެއިން އެ މިނިސްޓްރީއަށް ނުފުއްދި އޮތީ ހަމައެކަނި މިނީ ބަސް ގެނައުމުގެ ވައުދު ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް