Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް އައު ވޭރިއަންޓް

ކުރިން ބަލި ޖެހިފައިވާ މީހުންނަށްވެސް އައު ވޭރިއަންޓް ޖެހުމުގެ ފުރުސަތު އެބައޮތް

28 ނޮވެމްބަރު 2021 | އާދީއްތަ 10:35

ކޮވިޑްގެ އައު ވޭރިއަންޓް ފެނުނީ ސައުތު އެފްރިކާއިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ނޮވެމްބަރު 2021 | އާދީއްތަ 10:35
ޑރ. ނަޒްލާ ރަފީގް - އެޗްއީއޯސީގެ ތަރުޖަމާނު

ޑރ. ނަޒްލާ ރަފީގް - އެޗްއީއޯސީގެ ތަރުޖަމާނު

ކުރިން ބަލި ޖެހިފައިވާ މީހުންނަށްވެސް އައު ވޭރިއަންޓް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ އަސަރު އައު ވޭރިއަންޓަށް ކުރަނީ ކިހާ މިންވަރަކަށްކަން އަދި ދެނެގަނެވިފައިނުވާއިރު، ބަލީގެ ހާލަތު އިތުރަށް ދިރާސާކުރުމުގެ ގޮތުން 308 ސާމްޕަލް ބޭރަށް ފޮނުވާކަމަށާއި، ކޮންމެ ހަފުތާއަކު 50 ސާމްޕަލް ގަވާއިދުން އިންޑިއާއަށް ފޮނުވަމުން އަންނަކަމަށެވެ. އެގޮތުން 13 އޮގަސްޓްގެ ފަހުން 750 ސާމްޕަލެއް މިހާތަނަށް ފޮނުވާފައިވާކަމަށެވެ.

Advertisement - newsAdvertisement

މިހާތަނަށް ބެލިބެލުމުން ޑެލްޓާގެ ވޭރިއަންޓްގެ ވައްތަރުތައް ރާއްޖޭގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ރާއްޖޭގައިވެސް ވޭރިއަންޓް ސީކުއެންސް ލެބެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، އައު ވޭރިއަންޓް ރާއްޖެ ނާންނާނެކަމަށް ބަލައިގެން ނުވާނެކަމަށެވެ. އެހެންނަމަވެސް ފިޔަވަޅުތަކާއެކު ބަލި ރާއްޖެ އައުން ލަސްކުރެވިދާނެކަަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ކަށަވަރުކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ބައެއް ރަށްރަށުގައި އެއްގޮތަކަށްވެސް މާސްކު ނާޅާކަން ފާހަގަކުރައްވަމުން ޑރ ނަޒްލާ ވިދާޅުވީ، ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު އެއް ފިޔަވަޅަކީ މާސްކު އެޅުން ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ، އައު ވޭރިއަންޓަކީ، އެޗްއައިވީ ޖެހި ނުވަތަ ވަރަށް ބަލި މީހެއްގެގައިގައި ގިނަދުވަހު ބަލި ހުރެގެން އުފެދުނު ވޭރިއަންޓެއްގެ ގޮތުގައި ސައިންސްވެރިންނަށް ލަފާކުރެވޭކަމަށެވެ.

އައު ވޭރިއަންޓް "އޮމިކްރޯން" ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބައެއް ގައުމުތަކުން ބޯޑަރުވެސް އަންނަނީ ބަންދު ކުރަމުންނެވެ. ރާއްޖެއިންވެސް ވަނީ ސައުތު އެފްރިކާ އާއި އެ ސަރަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައެވެ. ކޮވިޑްގެ އައު ވޭރިއަންޓުން ރައްކާތެރިވުމަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ދަންވަރު ބާރައިން ފެށިގެން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީންނެވެ. އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެ އައުމުގެ 14 ދުވަސްކުރިން މި ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނާއި އެއިން ގައުމެއްގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ވެފައިވާ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ.

ރާއްޖެއަށް މީހުން އެތެރެވުން މަނާކުރި ގައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވެ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މި މީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ފުރިހަމަކޮށް އަލުން ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މި ގައުމުތަކުން ރާއްޖެ އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭ މި 7 ގައުމަށް ދަތުރުކޮށްފައިވާ މީހުން ވަގުތުން ޕީސީއާރް ޓެސްޓު ހަދަންވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެއިތުރުން މިސަރަޙައްދުތަކުން ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ރާއްޖޭގައި ތިބޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނަމަ އެމުއްދަތު ފުރިހަމަ ކުރުމަށްފަހު އިތުރު ޓެސްޓެއް ހަދަން އެޗްޕީއޭއިންވަނީ އަންގާފައެވެ. އަދި ރާއްޖޭގައި 14 ދުވަހަށްވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންވެސް ވަނީ އަންގާފައެވެ.

ކޮވިޑްގެ އައު ވޭރިއަންޓް ފެނުނީ ސައުތު އެފްރިކާއިންނެވެ. މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް