Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑުގެ ކޭސްތައް

އަތޮޅުތެރޭގެ ރަށްރަށުގައި ފިޔަވަޅު އަޅަނީ އެވަގުތެއްގެ ހާލަތަށް ބެލުމަށްފަހު: އެޗްއީއޯސީ

27 ނޮވެމްބަރު 2021 | ހޮނިހިރު 04:32

ރަށެއް މޮނީޓަރިންނަށް ލަނީ އެ ރަށެއްގެ ޓާސްކް ފޯހާއި މަޝްވަރާ ކުރުމަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ނޮވެމްބަރު 2021 | ހޮނިހިރު 04:32
ޅ. ނައިފަރު

ޅ. ނައިފަރު

އަތޮޅުތެރޭގެ ރަށްރަށުގައި ފިޔަވަޅުތައް އަޅަނީ އެވަގުތުގެ ހާލަތަށް ބެލުމަށްފަހު ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެ ސެންޓަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޓޯލްސް ކްލަސްޓަރ އަބްދުﷲ މައުރޫފް ވިދާޅުވީ އެ ރަށްރަށުގައި ފިޔަވަޅު އަޅަނީ އެ ހާލަތަކަށް ބެލުމަށްފަހުގައެވެ. އާންމު އުސޫލެއްގެ ތެރެއިން ރަށެއް މޮނީޓަރިންނަށް ލާ ހިސާބުން އެ ރަށެއްގެ ސްކޫލުތައް ވެސް ބަންދުވެގެންދާ ކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް މޮނީޓަރިންނަށް ލާނަމަ ވަކި ޚާއްސަ އުމުރުފުރާތަކުގެ ކުދިންނަށް ސްކޫލަށް ދިޔުމުގެ ހުއްދަ ދެވޭ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ވެސް ބައެއް ރަށްރަށުގައި އެގޮތަށް އަމަލު ކުރަމުންދާ ކަމަށް ޑރ މައުރޫފް ވިދާޅުވިއެވެ. ރަށެއް މޮނީޓަރިންގެ ހާލަތަށް ލުމަށްފަހު ކައުންސިލްތަކަށް އަންގާ ކަމަށާއި އެ ރަށެއް މޮނީޓަރިންނަށް ލަނީ އެ ރަށެއްގެ ޓާސްކް ފޯހާއި މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ފެންނަ ކޭސްތަކާއި އަޅާބަލާއިރު ރަށްރަށުން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވުމުން އެކަމާއި އެޗްއީއޯސީން ފިޔަވަޅު ނާޅާތީ އާންމު ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުރިނަމަވެސް އަތޮޅުތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކޮވިޑްގެ ކޭސްތައް މަދުވެފައިވީނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮވިޑް-19ގެ އަލާމާތްތައް ހުންނަ މީހުން މިހާރަކަށް އައިސް ސާމްޕަލް ދިނުމަށް ދެކޮޅުހަދާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވަނީ ވިދާޅުވެފައެވެ. ޑރ. އަފްޒަލް ވިދާޅުވީ، ބައެއް މީހުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާއިރު، މި ބައްޔަކީ އެހާ ބޮޑުކަމެއް ނޫންކަމަށް ހީވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށް ދެކޮޅު ހަދާ މައްސަލަތައްވެސް ފާހަގަވާކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ޑރ އަފްޒަލް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހެދުމަށް ދެކޮޅު ހަދާނަމަ އަތޮޅު ތެރެއަށްވެސް އެކަމުގެ ނުރައްކާ އޮންނާނެ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ނުހަނު ދަތިވާ ކަމަށެވެ. އަދި ރެންޑަމް ސާމްޕަލް ނެގުމަށް ދިމާވާ ދަތިތައް އަތޮޅު ތެރެއިންވެސް ފާހަގަވާކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
27 މާރިޗު 2017

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް