Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދައުލަތުން ބަލާ ކުދިން

އެކުދިންނަކީވެސް ހަމަ އިންސާނުންނެވެ.

26 ނޮވެމްބަރު 2021 | ހުކުރު 12:55

ދައުލަތުން ބަލާ ކުދިން އަތޮޅުތެރެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 ނޮވެމްބަރު 2021 | ހުކުރު 12:55
ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު

ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު

އާއިލާތަކުގެ އިހުމާލެއްގެ ސަބަބުން ނުވަތަ އެނޫން އެހެން ސަބަބަކާ ހުރެވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގައި، ދައުލަތުން އެކުދިން ބެލުމުގެ ކަންކަަމާ ހަވާލުވެއެވެ. އަދި އެ ކުދިންނަކީ ރަނގަޅަށް ތަރުބިއްޔަތު ލިބިފައި ތިބި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެއެވެ. އެހެންނަމަވެސް މުޖުތަމައުން އެކުދިން ބަލައިގަންނަން ދެކޮޅު ހަދާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން މިފަދަ ވާހަކަތައް ދެކެވެއެވެ.

މީގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބީ ހުޅުމާލޭގައި ހުންނަ ފިޔަވަތި އަދި ވިލިނގިލީ ކުޑަކުދިންގެ ހިޔާގައެވެ. އެހެންނަމަވެސް އެކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި އެހެން ކުދިންނާ އެއްކޮށް އުޅެ ބޮޑުވާ ކުދިން ކަމުގައި ހެދުމަށް ސަރުކާރުން ވަނީ، އަތޮޅުތެރޭގެ އެކި ރަށްތަކުގައި އަމާންވެށިތައް ގާއިމްކޮށް އެކުދިން އެތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

މިހާތަނަށް އައިއިރު އެތައް ކުދިންނެއް ވަނީ އަމާންވެށިތަކަށް ބަދަލުކޮށްފައެވެ. މިހާތަނަށް ޖުމްލަ 106 ކުދިން އަމާންވެށިތަކަށް ބަދަލުކޮށްފައިވާއިރު، މިގޮތަށް އަމާންވެށިތަކަށް ބަދަލުކުރާ ކުދިން އުޅެމުންދަނީ އެހެން ކުދިންވެސް އުޅޭފަދަ އާދައިގެ ދިރިއުޅުމެކެވެ. އެހެންކުދިންނެކޭ އެއްގޮތަށް އެކުދިންވެސް ހާޒިރުވަމުންދަނީ އެ ރަށްރަށުގެ ސްކޫލްތަކަށެވެ. އެހެންނަމަވެސް އެ ކުދިން އެންމެ ފުރަތަމަ ރަށްރަށަށް ބަދަލުކުރިއިރު، ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ އެ ރަށްރަށުގެ މީހުން އެކުދިން ބަލައިނުގަތުމެވެ. ކަންކަން ކުރުމުގައި އެ ކުދިންނާ އެހެން ކުދިންނާ ވަކިކޮށްފައިވެއެވެ. އެ ކުދިންނަކީ "ބަސްނާހާ" ކުދިންގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވީ ދައުލަތުން ބަލާ ހުރިހާ ކުދިންނަކީވެސް ވަރަށް ބޮޑު އަނިޔާވެރިކަމެއް ނުވަތަ "ޓްރޯމާ" ތަހައްމަލްކުރަން ޖެހިފައިވާ ކުދިން ކަމަށެވެ. އެއީ ކޮން ކަހަލަ ކަމެއް ކަން އެކަން ތަހައްމަލުކޮށްފައިނުވާ ބަޔަކަށް ނޭނގޭނެ ކަމަށް ޝިހާބު ވިދާޅުވިއެވެ. އެކުދިން އެކަންކަން ތަހައްމަލް ކުރަމުންދާއިރު، ސްކޫލަށް ދާ ތަނުން ފެންނަނީ އެހެން ކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން ސްކޫލަށް ދާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވަރަށް ހިތްދަތި ކަމެއް ކަމަށާއި، ޖެންޑަރއިން ކުރަމުންދާ މަސައްކަތަކީ އެކުދިންގެ އެ ހިތްދަތިކަން ކުޑަކުރަން މަސައްކަތްކުރުން ކަމަށް ޝިހާބު ވިދާޅުވިއެވެ. އެކުދިންގެ އެ ހިތްދަތިކަން ބޭރުކުރާ ގޮތް ތަފާތުވެދާނެ ކަމަށާއި، އެހާހިސާބުން އެކުދިންނަކީ ވިޔާނުދާ ކުދިންނަށް ވަނީ ކަމަށް ޝިހާބު ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ އެކުދިން އަމާންވެށިތަކަށް ބަދަލުކުރަން އުޅުނުއިރު އެންމެ ފުރަތަމަ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. އެއީ "ބަސްނާހާ" ކުދިންތަކެއް ގެންދާތީ އެންމެންވެސް ކަންބޮޑުވެ އެކުދިން ބަލައިގަންނަން ބޭނުން ނުވުން ކަމަށެވެ. އެހެންނަމަވެސް މިހާރު ގިނަ ރަށްރަށުގައި އަމާންވެށިތަކުގައި އުޅޭ ކުދިންނަކީ އެ މުޖުތަމައުގެ ބަޔަކަށް ވެފައިވާކަމަށް ޝިހާބު ވިދާޅުވިއެވެ. އެހެންނަމަވެސް އެކުދިން އަމާންވެށިތަކަށް ބަދަލުކުރާ ހިސާބުން އެކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭކަމަށް ޝިހާބު ވިދާޅުވިއެވެ. އެކުދިންގެ ތެރެއިން "ތަރިން" ފެންނަ ކަމަށާއި، އެކުދިންގެ ތެރޭގައި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުދިން އެބަތިބި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކި މީހުން އެމީހުންގެ އިހުސާސްތައް ބޭރުކުރާނީ އެކި ގޮތްގޮތަށެވެ. ވަކިން ޚާއްސަކޮށް ރަނގަޅަށް ނުވިސްނޭ ކުޑަކުއްޖަކު ރުޅިއައުމުން އަމަލުކުރާ ގޮތާއި، ބޮޑު މީހަކު އަމަލުކުރާ ގޮތް ތަފާތުވެދާނެއެވެ. އެކުދިންނަކީ ނުވެސް ދަންނަ ބަޔަކާ އެއްކޮށް އުޅެންޖެހޭ ކުދިންނެވެ. އެކުދިން ފޫހިވުމުން ނުވަތަ ރުޅިއައުމުން ވާހަކަ ދައްކާލާ ހަދާނެ މައެއް ނުވަތަ ދައްތައެއް އެކުދިންގެ ނުހުރެއެވެ. އެހެންކަމުން ދެން އެކުދިން ކުރާ ކަމެއްގެ ސަބަބުން އެކުދިންނަކީ "ގޯސް" ކުދިންގެ ގޮތުގައި ލޭބަލް ކުރުމަކީ އެކުދިންނަށް އިތުރަށް ދެވޭ އަނިޔާއަކަށް ވާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖޫން 2017

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް