Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ކަނޑައެޅުން

"ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް"ގެ ސަބަބުން، ފުލުހުން އަމާޒުހިފަން ސަރުކާރުން ބޭނުންވާ މިސްރާބު ސާފުވާނެ: އިމްރާން

25 ނޮވެމްބަރު 2021 | ބުރާސްފަތި 14:28

މިއީ ފުލުހުންގެ ތަރައްގީއަށް ކުރަމުންދާ ކަންކަމަށް އިތުރުވި ބޮޅެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 14:28
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް، ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިޔުމަށްޓަކައި "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ކަނޑައެޅުމުން، ފުލުހުން އަމާޒުހިފަން ސަރުކާރުން ބޭނުންވާ މިސްރާބު ސާފުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ވަނީ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ބުރާސްފަތި ދުވަހު ކަނޑައަޅުއްވައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެކަން އަންގަވާފައެވެ. މިއީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ކަނޑައެޅުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކުރާ ކަމެކެވެ. މިކަން ކަނޑައަޅައި އެކަން ސީޕީއަށް އެންގެވުމަށްފަހު މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓްގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށެވެ.

Advertisement - newsAdvertisement

އަދި މިއީ ފުލުހުންގެ ތަރައްގީއަށް ކުރަމުންދާ ކަންކަމަށް އިތުރުވި ބޮޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް، ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިޔުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 33 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ހައިސިއްޔަތުން ކަނޑައަޅައި، ލިޔުމުން ފުލުހުންނަށް އަންގާ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓްއެކެވެ. މި "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ކަނޑައެޅުމުގައި ރިއާޔަތް ކޮށްފައިވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ރޫހަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ހާލަތަށާއި، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުން އަންނަ ގޮންޖެހުންތަކަށާއި، ދިވެހިރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތަށެވެ.

މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަންކަން ޕްލޭންކޮށް ރޭވުމުގައި، ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ކޮމިޝަނަރ އޮފް ޕޮލިސް މަސައްކަތްކުރަންވާނީ މި "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓްް"ގައިވާ ކަންކަން ހާސިލުކުރުމަށެވެ. ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަކު، މި "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" މުރާޖައާކުރަންދެން ނުވަތަ މި "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް"ގެ ބަދަލުގައި މުޅިން އައު "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ތަކެއް ކަނޑައަޅަންދެން، ފުލުހުންގެ މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމުގައާއި ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމުގައި ސަރުކާރުންދޭ އަސާސީ އިރުޝާދުކަމުގައި ބަލަންވާނީ މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓްގައި ބަޔާންކުރާ ކަންކަމެވެ.

މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ކަނޑައަޅާފައިވަނީ މިވަގުތުގެ ހާލަތަށް ރިއާޔަތް ކޮށްގެންކަމަށްވާތީ، ހާލަތު އެހެން ގޮތަކަށް ބަދަލުވުމުން ނުވަތަ އެކަށީގެންވާ މުއްދަތު ފަހަނައަޅައި ދިއުމުން މިސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް މުރާޖައާކުރުމަކީ މުހިންމު ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ސީޕީ ވިދާޅުވީ، މީގެ 8 އަހަރު ކުރިން ފުލުހުންގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ހިނގިއިރު ހުށަހެޅި މިހުށަހެޅުުން 2020ގައި އެކުލަވާލެވުނު ގާނޫނުގައި ހިމެނި، ފުލުހުންގެ ކަންކަމަށް ޒިންމާވާ މިނިސްޓަރުގެ އެންމެ މަތީ އިރުޝާދުގެ ގޮތުގައި މިކަރުދާސް އެކުލަވާލެވުން މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

މި ޕްލޭންގައި މައިގަނޑު 12 ކަމެއް ވަނީ ފާހަގަކޮށް, އެކަންކަން ކުރިޔަށް ގެންދަންވީ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމާއި، ފުރާނައާއި މުދަލާއި ވެށީގެ ރައްކާތެރިކަމާއި، ކުށްމަދުކުރުމާއި ތަހުގީގުކުރުން ހިމެނެއެވެ. އަދި އިންޓެލިޖެންސްއާއި، ޓެރަރިޒަމް ރެސްޕޮންސްއާއި، މަސްތުވާތަކެތީގެ ވަގުފާރިއާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި، ކުށްކުރާ ޖަމާއަތްތަކާއި، ކްރިޓިކަލް އިންފްރާސްޓްރަކްޗަރއާއި، ކުށުގެ ސަބަބުން އިގުތިސާދަށް ކުރާ އަސަރާއި، ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރާއި، ސައިބަރ ކްރައިމް އަދި މުޖުތަމައުގައި ހަވާސާވެފައިވާ ފަރާތްތައް ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް