Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހްލޫފްގެ މައްޗަށް ދައުވާ ކުރުން

މަހްލޫފުގެ މައްސަލައިގައި ދެން ވާހަކަ ދައްކާނީ ކޯޓުގައި – ޕީޖީ

25 ނޮވެމްބަރު 2021 | ބުރާސްފަތި 07:39

މަޚުލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 07:39
މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން މަހްލޫފް ވަނީ ޕީޖީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން މަހްލޫފް ވަނީ ޕީޖީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ވާހަކަ ދައްކާނީ ކޯޓުގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ގުޅިގެން، މަހްލޫފް ޓްވީޓްކުރެއްވި ޗެޓް ލޮގްތަކާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންވެ. ޕީޖީ ވިދާޅުވީ އެ މައްސަލައިގައި ދެއްވާނެ ކޮމެންޓެއް ނެތް ކަމަށާއި، އެކަމާއި ގުޅިގެން ވާހަކަ ދައްކާނީ ކޯޓުގައި ކަމަށެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ގ.ހާފްސީ އަހުމަދު މަޚުލޫފަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަޚުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މަޚުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

މަޚުލޫފްގެ މައްޗަށް ދައުވާ އުފުލާ ސަބަބެއްކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ މަޚުލޫފް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަޚުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު މަޚުލޫފްގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅުމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްތިއުފާ ނުދެއްވާނެކަމަށާއި، ކޯޓުން ހަގީގަތް ސާފުވާނެކަމަށެވެ. އަދި ޕީޖީ ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާ ވަރަށް، އަދި ސައިޒުވާ" މިންވަރުގެ މައްޗަށް ކަމަށް ވިދާޅުވެ ވަނީ ޗެޓް ލޮގެއް ޕޯސްޓުކުރައްވާފައެވެ.

މަޚުލޫފް މީގެކުރިން ވިދާޅުވެފައިވަނީ ދައުވާ އުފުލާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ، ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މަހްލޫފްގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު އަދި ގޮތެއް ނުނިންމަވައެވެ. އެހެންނަމަވެސް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިންގޮތުގައި މިއަދުގެ ވަގުތެއްގައި މަހްލޫފްގެ މައްސަލައިގައި ރައީސް ގޮތެއް ނިންމަވާނެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަޚުލޫފް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައެވެ. އެންމެފަހުން ސަންސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މަސައްކަތުން އެކަހެރި ވުމަށް މަޚުލޫފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންގެވިތާ ހަތަރު މަސް ފަހުން އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ވަނީ ސަސްޕެންޝަން އުވާލައްވައި، މަސައްކަތަށް އަލުން ނިކުތުމަށް އަންގަވާފައެވެ. އެފަހަރު ސަސްޕެންޝަން އުވާލެއްވީ ހަތަރު މަސް ދުވަސް ފާއިތުވެދިޔައިރު ވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވީނަމަވެސް، މަޚުލޫފު އަލުން އޮފީހަށް ނިކުންވަން އެންގެވީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް އޭރު ހެކި ނެތުމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް