Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލް ދެވަނައަށް، ޔުނައިޓެޑަށް ހިތްދަތި ބައްޔެއް

ޔުނައިޓެޑް ބަލިވީ ވަޓްފޯޑް އަތުން 4-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2021 | ހޮނިހިރު 20:03
ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް ބަލިކޮށް ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލިއިރު، ވަޓްފޯޑް އަތުން ހިތްދަތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އާސެނަލް އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. މި މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އާސެނަލުގެ ނޫނޯ ޓަވަރޭސް ހެދި ގޯހެއްގެ ފައިދާނަގައި މި ހާފުގެ ކުރީކޮޅު ޑިއޯގޯ ޖޮޓާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 73 ވަނަ މިނެޓުގައި މާނޭ ދިން ޕާހަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސަލާހު ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. ދެން މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓަކޫމީ މިނަމީނޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 23 ޕޮއިންޓް ލިބިފައިވާއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމް ވަނީ ރަށުން ބޭރުގައި ވުލްވްސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ ވަޓްފޯޑް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ލީޑު ނަގަން ވަޓްފޯޑުގެ އިސްމާއިލާ ސާ ޖެހި ޕެނަލްޓީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދެ ފަހަރު ޖަހަން ދިނުމުންވެސް މަތަކޮށްފައެވެ. އެކަމަކު މެޗުގެ 28 ވަނަ މިނެޓުގައި ޖޯޝުއާ ކިންގް ވަނީ ވަޓްފޯޑަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސާ ވަނީ ލަނޑެއް ޖަހައި، ވަޓްފޯޑުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ޔުނައިޓެޑުން ފަށާފައިވަނީ ޑޮނީ ވެން ޑަ ބީކާއެކުއެވެ. އެއާއެކު މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ވެން ޑަ ބީކް ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ފަހުން ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ޔުނައިޓެޑުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ އިތުރު ވަގުތުގައި ޖާއޯ ޕެޑްރޯ އާއި އިމަނުއަލް ޑެނިސް ވަނީ ވަޓްފޯޑުގެ އަނެއް ދެ ލަނޑު ޖަހައިދީފައެވެ.

މި މެޗުން ޔުނައިޓެޑް ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އަދި މި މެޗަކީ 1989 ވަނަ އަހަރަށްފަހު ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ޔުނައިޓެޑް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 12 މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. އެއާއެކު ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އޭނާ ކޯޗުގެ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ޔުނައިޓެޑުގެ ބޯޑުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއަރ ލީގުލިވަޕޫލްއާސެނަލްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު