Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑަރއަށް ހުށަހެޅި މައްސަލަތައް

ކުޑަކުދިންނަށް ކުރާ އަނިޔާއާގުޅޭ 127 މައްސަލައެއް ސެޕްޓެމްބަރު މަހު!

ސެޕްޓެމްބަރު މަހު 287 މައްސަލަ ރިޕޯޓުކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2021 | ހޮނިހިރު 08:41
ކުޑަކުދިންނަށް ކުރާ އަނިޔާގެ 127 މައްސަލައެއް ވަނީ ހުށަހެޅިފައި

ކުޑަކުދިންނަށް ކުރާ އަނިޔާގެ 127 މައްސަލައެއް ވަނީ ހުށަހެޅިފައި

ނިމިދިޔަ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 287 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މި މައްސަލަތަކުގެ ތެރެއިން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 127 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 29 މައްސަލަ، ޖިންސީ ހާނިއްކައިގެ 25 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 8 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ކުދިން ދޫކޮށްލާފައި ދިއުމުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 64 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން، ޖިސްމާނީ އަނިޔާކުރުމުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 16 މައްސަލަ، ޖިންސީ ފުރައްސާރަ ކުރުމުގެ 8 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 7 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 4 މައްސަލަ، މުދާ ހިފެހެއްޓުން ނުވަތަ މުދަލަށް ގެއްލުން ދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ 1 މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 36 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 18 މައްސަލަ، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 16 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 2 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައެވެ.

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 16 މައްސަލައެއް ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 7 މައްސަލަ، އެހެން ކުދިންނަށް ގަނާކުރުމުގެ 4 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ އަދި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 2 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 8 މައްސަލަ، އަމިއްލައަށް މަރުވާން ޚިޔާލު އައުމުގެ 3 މައްސަލަ އަދި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ 4 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 6 މައްސަލައެއް ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވެއެވެ. އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 2 މައްސަލަ އަދި ސާފުބޯފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލުމުގެ 2 މައްސަލައެވެ.

ގާނޫނާއި ގަވާއިދާ ޚިލާފުވުމުގެ 5 މައްސަލައެއް ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާއިރު، އެއީ ވައްކަން ކުރުމުގެ 1 މައްސަލަ އަދި އިތުރު 4 މައްސަލައެކެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 5 ކުދިން ރީއިންޓަގްރޭޓް ކުރެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން 1 ކުއްޖަކު ފޮސްޓަރ ކުރެވި، 1 ކުއްޖަކަށް ވަޒީފާގެ ފުރުސަތު ހޯދައިދެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 206 އެވެ.

މިނިސްޓްރީ އޮފް ޖެންޑަރކުޑަކުދިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު