Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުންނާމެދު ތަފާތުކުރުން ގެންގުޅޭ މިންވަރު ދެ

ކައުންސިލުތަކުން އަންހެނުންނަށް ޖާގަ ކަށަވަރު ކޮށްދިނުމަކީ ބޭއިންސާފެއް ކަމުގައި ފިރިހެނުން ދެކޭ: ދިރާސާ

އެންމެ ގިނަބަޔަކަށް އަންހެނުން ފުރުމަށް އެދެވޭ މަގާމެއްގެ ގޮތުގައި ދިރާސާއިން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2021 | ހޮނިހިރު 02:59
ކައުންސިލަރުން ހުވާކުރުމުގެ ތެރެއިން

ކައުންސިލަރުން ހުވާކުރުމުގެ ތެރެއިން

ކައުންސިލްތަކުން އަންހެނުންނަށް ވަކި މިންވަރަކަށް ގޮނޑި ކަށަވަރުކޮށްދިނުމަކީ ބޭއިންސާފު އަދި ފިރިހެނުންނަށް ލިބޭ ނިކަމެތި ކަމެއްގެ ގޮތުގައި ފިރިހެނުން ދެކޭކަމަށް ދިވެހިރާއްޖޭގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި، އެކަންކަމަށް ހުއްޓުމެއް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމާ ގުޅޭ ދިރާސާއިން ހާމަވެއްޖެއެވެ.

މިއިންކުއަރީ ރިޕޯޓް ހަދާފައިވަނީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި ކަމާގުޅޭ ސިޔާސަތުތަކާއި ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރުގެ ދަށުންނެވެ. މިއިންކުއަރީއަށް ބޭނުންވާ ދިރާސާ ހަދާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކުއެވެ.

Advertisement - newsAdvertisement

މިދިރާސާކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ސުވާލުކޮށް ގެންނާއި މަޝްވަރާ ބައްދަލުވުންތައް ބާއްވައިގެންނެވެ. ދިރާސާގެ ސަރވޭގައި މާލެ ސަރަޙައްދުގެ އިތުރުން ދިވެހިރާއްޖޭގެ 6 ސަރަޙައްދަކުން ޖުމްލަ 619 ދިވެހިން ބައިވެރިވެފައިވެއެވެ. އެގޮތުން، ސަރވޭގެ 78.9 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު 21.1 އިންސައްތަ ބައިވެރިންނަކީ ފިރިހެނުންނެވެ.

މިދިރާސާގައި އަންހެނުންނަށް ވަކި ޢަދަދަކަށް ގޮނޑި ކަށަވަރު ކޮށްދިނުމަކީ އަންހެނުންނަށް ލިބިދެވުނު ވަރަށް ބޮޑު ފުރުޞަތެއްކަމުގައި ދިރާސާގައި ބައިވެރިވި ހުރިހާ އަންހެން ބައިވެރިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފިރިހެނުންގެ ތެރެއިން ގިނަ ބައިވެރިން މިކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރިއެވެ. މިގޮތަށް ވަކި ބަޔަކަށް އެ ޖާގަތައް ހިފެއްޓީމަ، ފިރިހެނުންނަށް ލިބޭ ނިކަމެތިކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

މިދިރާސާއިން އަންހެނުން ތަފާތު މަގާމުތައް ފުރުމާއި ބެހޭ ގޮތުން ހާމަވެފައިވާ ނަތީޖާއަކީ ދިވެހިރާއްޖޭގެ ރައީސްކަން އަންހެނަކު ކުރުމަކީ އެދެވޭ ކަމެއް ނޫންކަމަށް ދިރާސާގައި ބައިވެރިވި 37 އިންސައްތަ މީހުން ބުނެފައިވެއެވެ. އެއީ އެދެވޭ ކަމެއްކަމަށް 46.7 އިންސައްތަ މީހުން ބުނެފައިވާއިރު ވަކި ގޮތެއް ނުދެކޭ 16.3 އިންސައްތަ މީހުން ތިއްބެވެ.

ނާއިބުރައީސްކަން އަންހެނަކު ކުރުމަކީ އެދެވޭ ކަމެއްކަމަށް ބުނެފައިވަނީ 61.5 އިންސައްތަ މީހުންނެވެ. 25.2 އިންސައްތަ މީހުން ދެކޭގޮތުގައި އެއީ އެދެވޭ ކަމެއް ނޫނެވެ. އަދި 13.3 އިންސައްތަ މީހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއްނުވެއެވެ.

އުއްތަމަ ފަނޑިޔާރުކަން އަންހެނަކު ކުރުމަކީ އެދެވޭކަމެއްކަމަށް ދެކެނީ 46.5 އިންސައްތަ މީހުންނެވެ. 34.6 އިންސައްތަ މީހުންނަށް އެއީ އެދެވޭކަމަކަށް ނުވާއިރު 18.9 އިންސައްތަ މީހުން އެކަމުގައި ވަކި ގޮތަކަށް ނުދެއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން އަންހެނަކު ކުރުމަކީ އެދެވޭކަމެއްކަމަށް ދެކެނީ 49.5 އިންސައްތަ މީހުންނެވެ. 31.7 އިންސައްތަ މީހުންނަށް އެއީ އެދެވޭކަމަކަށް ނުވާއިރު 18.8 އިންސައްތަ މީހުން މިކަމުގައި ވަކި ގޮތަކަށް ނުދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަންހެނަކު ކުރުމަކީ އެދެވޭކަމެއްކަމަށް 66.1 އިންސައްތަ މީހުންދެކެއެވެ. އެއީ އެދެވޭ ކަމެއް ނޫންކަމަށް 19.1 އިންސައްތަ ދެކެއެވެ. އަދި 14.8 އިންސައްތަ މީހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްކަން އަންހެނަކު ކުރުމަކީ އެދެވޭ ކަމެއްކަމށް 77.4 އިންސައްތަ މީހުން ދެކެއެވެ. އެއީ އެދެވޭ ކަމެއް ނޫންކަމަށް 9.8 އިންސައްތަ ދެކޭއިރު 12.8 އިންސައްތަ މީހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއްނުވެއެވެ.

ސަލާމަތީ ބާރުތަކުގެ އިސްމަގާމުތަކަށް އަންހެނަކު ގެނައުމަކީ އެދެވޭކަމެއްކަމަށް 67.3 އިންސައްތަ މީހުން ގަބޫލުކުރާއިރު 18.3 އިންސައްތަ މީހުން ގަބޫލުކުރަނީ އެއީ އެދެވޭކަމެއް ނޫންކަމަށެވެ. އަދި 14.5 އިންސައްތަ މީހުން އެކަމުގައި ވަކި އެއްޗެއް ބުނާކަށް ބޭނުމެއްނުވެއެވެ.

ސިޔާސީ ޕާޓީގެ ލީޑަރުކަން އަންހެނަކު ކުރުމަކީ އެދެވޭ ކަމެއްކަމަށް 67.3 އިންސައްތަ މީހުން ދެކޭއިރު އެއީ އެދެވޭ ކަމެއް ނޫންކަމަށް 15.1 އިންސައްތަ މީހުން ދެކެއެވެ. އަދި 17.6 އިންސައްތަ މީހުން ވަކި އެއްޗެއް ބުނާކަށް މިކަމުގައި ބޭނުމެއް ނުވެއެވެ.

އެންމެ ގިނަބަޔަކަށް އަންހެނުން ފުރުމަށް އެދެވޭ މަގާމެއްގެ ގޮތުގައި ދިރާސާއިން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމެވެ. މެމްބަރަކަށް އަންހެނަކު ހުރުން އެއީ އެދެވޭ ކަމެއްގެ ގޮތުގައި 85.2 އިންސައްތަ މީހުން ދެކޭއިރު އެއީ އެދެވޭ ކަމެއް ނޫންކަމަށް ދެކެނީ 4.8 އިންސައްތައެވެ. މިކަމުގައި ވަކިގޮތެއް ބުނަން ބޭނުންނުވާ ތިބީ 10 އިންސައްތަ މީހުންނެވެ.

މިދިރާސާއިން ހާމަވިގޮތުގައި އަންހެނުން ފުރުމަށް އެދެވޭ މަޤާމުތަކެއް ނޫންކަމަށް ގިނަ މީހުން ފާހަގަކޮށްފައިވާ މަޤާމަކީ ދިވެހިރާއްޖޭގެ ރައީސްކަމެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުކަމެވެ. ދެން އެއަށްފަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމެވެ.

މީގެއިތުރުން ދިރާސާއިން އެނގުނީ ސަރުކާރާއި އަމިއްލަ އަދި ކުންފުނިތަކުގެ އިސް މަޤާމްތަކުގައި އަންހެނުން ތިބެންޖެހޭ ކަމަށް ދެކޭ އަންހެނުންގެ އިންސައްތަ ފިރިހެނުންގެ އިންސައްތައަށް ވުރެ ގިނައެވެ. އަދި މިކަމާ ދެކޮޅުހަދާ ފިރިހެނުންގެ އިންސައްތަ އަންހެނުންގެ އިންސައްތައަށް ވުރެ ގިނައެވެ. މިގޮތަށް ސިޔާސީ ޕާޓީތަކުގެ ލީޑަރު ކަމުގައި އަންހެނުން ތިބެންޖެހޭ ކަމަށް ދެކޭ އަންހެނުންގެ އިންސައްތަ ފިރިހެނުންގެ އިންސައްތައަށް ވުރެ ގިނައެވެ. އަދި މިކަމާ ދެކޮޅުހަދާ ފިރިހެނުންގެ އިންސައްތަ އަންހެނުންގެ އިންސައްތައަށް ވުރެ ގިނައެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު