Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަންނަ އަހަރުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ފާސްކުރުން

ޕީއެސްއައިޕީއާއި މިނިވަން މުއައްސަސާތަކަށް 73 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ފާސްކޮށްފި

ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ 36,925,424,524 ރުފިޔާގެ ބަޖެޓެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 17:53
ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ

ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު, ބަޖެޓް ދިރާސާކުރި ބަޖެޓް ކޮމިޓީން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ 36,925,424,524 (ތިރީސް ހަ ބިލިއަން، ނުވަ ސަތޭކަ ފަންސަވީސް މިލިއަން، ހަތަރު ސަތޭކަ ސައުވީސް ހާސް، ފަސް ސަތޭކަ ސައުވީސް) ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓް, ބަޖެޓް ދިރާސާކުރި ކޮމިޓީން ދިރާސާކުރުމަށްފަހު, ބުރާސްފަތި ދުވަހުގެ ރޭ ފާސްކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް 82 ރަށަކަށް 57.42 މިލިއަން އިތުރުކުރުމަށާއި، މިނިވަން މުއައްސަސާތަކާއި އޮފީސްތަކުގެ ބަޖެޓަށް 16 މިލިއަން ރުފިޔާއާއެކު ޖުމްލަ 73،856،026 މިލިއަން ރުފިޔާ އިތުރުކުރުމަށެވެ. މިއާއެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މިހާރުގެ ޖުމްލައަކީ 36،999،280،550 (ތިރީސްހަ ބިލިއަން ނުވަ ސަތޭކަ ނުވަދިހަ ނުވަ މިލިއަން، ދުއިސައްތަ އަށްޑިހަ ހާސް، ފަސް ސަތޭކަ ފަންސާސް) ރުފިޔާއެވެ.

Advertisement - newsAdvertisement

ޕީއެސްއައިޕީ ބަޖެޓު އިތުރުކުރުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފެވެ. ޝަރީފްގެ މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

ޝަރީފް ހުށަހެޅުއްވި ހުށަހެޅުމުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތަޅުމުގައި ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި އަދި މެމްބަރުން އެދިވަޑައިގެންނެވި ކަންކަމާއި ރާއްޖޭގެ ތަރައްގީއަށް އެންމެ އިސްކަންދޭ ތަރުތީބުކަމަށް މެމްބަރުންނަށް ފެނިވަޑައިގެންނެވި ކަންކަމަށް ރިޔާއަތްކޮށް، 82 ރަށަކަށް 57،422،608 މިލިއަން ރުފިޔާ އިތުރުކުރުމަށެވެ.

މިނިވަން މުއައްސަސާތަކާއި އޮފީސް ހިންގުމުގެ ބަޖެޓް އިތުރުކުރުމަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަބްދުލް މުޣުނީއެވެ. މުޣުނީގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރ އިސްމާޢީލް އަޙުމަދެވެ.

މިނިވަން މުއައްސަސާތަކާއި އޮފީސްތަކުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ:

މިއާއެކު މިނިވަން މުއައްސަސާތަކާއި އޮފީސްތަކުގެ ބަޖެޓަށް އިތުރުވެގެންދަނީ 16،433،418 (ސޯޅަ މިލިއަން ހަތަރު ލައްކަ ތިރީސްތިން ރުފިޔާ ހަތަރު ސަތޭކަ އަށާރަ ރުފިޔާ )އެވެ.

ބަޖެޓް ކޮމިޓީން ވަނީ 2022 ވަނަ އަހަރު ޖުމުލަ އާމްދަނީއާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި 24.3 މިލިއަން ރުފިޔާ އާއި، އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ފާސްކޮށްފައެވެ.

މީގެއިތުރުން ބަޖެޓް ރިކޮމެންޑޭޝަންގެ ގޮތުގައި 10 ރިކޮމެންޑޭޝަނެއް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. މި 10 ރިކޮމެންޑޭޝަންވެސް ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

މީގެއިތުރުން ބަޖެޓް ކޮމިޓީން 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 34،922،716،599 (ތިރީސް ހަތަރު ބިލިއަން ނުވަސަތޭކަ ބާވީސް މިލިއަން ހަތް ސަތޭކަ ސޯޅާ ހާސް، ފަސް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާ ނަމަވެސް، އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 37،167،687،519 (ތިރީސް ހަތް ބިލިއަން، އެއް ސަތޭކަ ފަސްފޮޅަސް ހަތް މިލިއަން، ހަ ސަތޭކަ އަށްޑިހަ ހަތް ހާސް، ފަސް ސަތޭކަ ނަވާރަ) ރުފިޔާ ކަމަށްވާތީ ރިވައިސްކުރި ބަޖެޓްގައި 2021 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ޖުމްލަ 2،244،970،920 (ދެ ބިލިއަން، ދުއިސައްތަ ސާޅީސް ހަތަރު މިލިއަން ނުވަސަތޭކަ ހަތްދިހަ ހާސް ނުވަ ސަތޭކަ ވިހި) ރުފިޔާގެ ބަޖެޓްވެސް ބަޖެޓް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ފާސްކޮށްފައިވާއިރު، ދެން އޮންނާނީ ބަޖެޓްގެ ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުވައި ބަޖެޓް ރިޕޯޓަށް މެމްބަރުން ބަހުސްކުރެއްވުމެވެ. އަންނަ ހަފްތާގައި ބަޖެޓް ކޮމިޓީ ރިޕޯޓަށް މެމްބަރުން ބަހުސްކުރެއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ މެމްބަރަކަށްވެސް 7 މިނެޓްގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ. އެއަށްފަހު އޮންނާނީ ބަޖެޓް ފާސްކުރުމެވެ.

ބަޖެޓް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

19 ނޮވެމްބަރު 2022
ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟

ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟

24 ނޮވެމްބަރު 2021
އަންނަ އަހަރަށް ލަފާކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

24 ނޮވެމްބަރު 2021
މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި

މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި

24 ނޮވެމްބަރު 2021
އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.

އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.

21 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު