Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަޖެޓަށް މެމްބަރުން ވޯޓު ދެއްވި ގޮތް

ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟

ބަޖެޓް ފާސް ނުކުރުމަށް ވޯޓު ދެއްވީ 8 މެމްބަރުންނަކީ ޕީޕީއެމް ޕީއެންސީގެ މެމްބަރުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 10:47
ބަޖެޓް ފާސްކުރުމަށް ބޭއްވި ޖަލްސާގައި މެމްބަރުން ވޯޓު ދެއްވި ގޮތް

ބަޖެޓް ފާސްކުރުމަށް ބޭއްވި ޖަލްސާގައި މެމްބަރުން ވޯޓު ދެއްވި ގޮތް

ދައުލަތެއް އަމާން ކަމާއެކު ހިންގައި، އެ ދައުލަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ކަނޑައަޅާ ބަޖެޓަކީ، މުހިއްމު އެއްޗެކެވެ. އެއިރެއްގައި ކުރުމަށް ރާވާފައިވާ ކަންކަމާއި، ކުރަމުން އަންނަ ކަންކަމުގެ ތަފްސީލް ބަޖެޓްގައި ހިމެނެއެވެ. އެއިރެއްގެ އޮންނަ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީން ބަޖެޓް ހުށަހަޅަނީ މަޖިލީހަށެވެ. އެ ބަޖެޓް ދިރާސާކޮށް ބަދަލު ގެންނަން ފެނިއްޖެ ހާލަތެއްގައި ބަދަލު ގެނެސް ފާސް ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅީ، 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ކުރި ދިރާސާތަކަށްފަހު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ އިތުރު ކޮށްފައެވެ. ޖުމްލަ އަދަދު އިތުރު ކުރުމަށް ނިންމީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް އިތުރު ބަޖެޓް ބޭނުންވާ ކަމަށް އެ މުއައްސަސާތަކުން ބުނުުމުންނެވެ. އެގޮތުން އެންމެފަހުން ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 36.99 ބިލިއަނަށް އަރާފައެވެ.

ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ތަޅުމަށް ހުށަހެޅީ މި ހަފުތާގެ އާދީއްތަ ދުވަހުއެވެ. އެއާއެކު ކޮންމެ މެމްބަރަކަށްވެސް 7 މިނެޓްގެ ފުރުސަތެއް ދެވިގެން ދިޔައެވެ. މި ލިބުނު ފުރުސަތުގައި 43 މެމްބަރުން ވާހަކަފުޅުދެއްކެވިއެވެ. ޖުމްލަ 5 ގަޑިއިރާއި 25 މިނެޓް މިކަމަށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހޭދަ ކުރެއްވިއެވެ.

ބަހުސް މަރުހަލާގައި، އެމްޑީޕީ މެމްބަރުން ބަޖެޓަށް ތާއީދުކޮށް ވާހަކަފުޅު ދެއްކެވިއިރު، އިދިކޮޅު މެމްބަރުން ވާހަކަދެއްކެވީ، ބަޖެޓާ މުޅިން ދެކޮޅަށެވެ. އެގޮތުން ދަރަނި ބޮޑު ވާހަކައަކީ އިދިކޮޅުން އެންމެ ގިނައިން ދެއްކެވި ވާހަކައެވެ. މި ވާހަކައަށް ރައްދު ދެއްވައި، ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން ވިދާޅުވީ، ދަރަނި ނަގާނީ ދަރަނި ދެއްކޭނެ ބައެއް ކަމަށެވެ. މި ސަރުކާރުގައި ދަރަނި އަދާކުރުމުގެ ގާބިލްކަން އެބަހުރިކަމަށާއި، ބަޖެޓްގައި އެކަން ތަފްސީލް ކޮށްދީފައިވާ ކަމަށެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ އިގްތިސާދު ކުރިއަރާނެ އަހަރެއް ކަމަށް ލަފާކޮށްފައެވެ. އެކަމުން ދައުލަތަށް މަންފާ ލިބޭނެކަން ފިނޭންސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ބަޖެޓް ދިރާސާކޮށް ނިންމުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް މެމްބަރުން ވާހަކަދެއްކެވުމަށްފަހު ވޯޓަށް އެހީ ބުދަ ދުވަހުގެ ޖަލްސާގައެެވެ. ވޯޓަށް އެހުމަށް ތައްޔާރުވަމުން ދިޔައިރު، ތަޅުމުގައި ނައިފަރު ދާއިރާގެ މެމްބަރު ގެންދެވީ މިއީ ގައުމު ބަނގުރޫޓްކުރާ ބަޖެޓެއް ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވަމުންނެވެ. ބަޖެޓަށް ވޯޓް ދެއްވުމަށް އެމްޑީޕީގެ ޕީޖީން ވަނީ ވިޕް ލައިނެއް ނެރެފައެވެ. އަދި މެމްބަރުން ތަޅުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށްވެސް އެދިފައެވެ. ބަޖެޓް ފާސް ކުރުމަށް 64 މެމްބަރުން ވޯޓު ދެއްވިއިރު، އިދިކޮޅަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ، 72 މެމްބަރުންނެވެ.

ބަޖެޓް ފާސް ނުކުރުމަށް ވޯޓު ދެއްވި 8 މެމްބަރުންނަކީ، ޕީޕީއެމް ޕީއެންސީގެ މެމްބަރުންނެވެ. އެ މެމްބަރުންނަކީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި މާވަށު ދައިރާގެ މެމްބަރު މުހައްދު ސައީދެވެ.

މި މެމްބަރުންނަކީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ލާބައަށް ކަމަށް ވިދާޅުވެ އެކުލަވަރު ދައްކަވައިގެން އެދި އެންމެ ގިނައިން މަޖިލީހުގައި ވަކާލާތު ކުރައްވާ ބޭފުޅުންނެވެ. އެހެންނަމަވެސް ބޮޑު އާލަމީ ވަބާއެއްގެ ތެރޭގައި ގައުމު އާރާސްތުކުރުމަށް ކުރާ ކަންކަމުގައި ބަހާ އަމަލާ ދިމާވާތަން ނުފެނެއެވެ. މި ހާލަތުން ގައުމު ނަގައި ކޮޅަށް ޖެހުމަށް ކުރެވޭ ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ވިސްނުންފުޅެއް އަމްދުން ނުގެންގުޅުއްވައެވެ.

ރައްޔިތުންގެ މަޖިލިސްބަޖެޓް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު