Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓުން ކުރާ ޚަރަދު

ބަޖެޓުން ކަންކަން ނިންމުމުގެ މާލީ މިނިވަންކަމެއް ނުލިބޭ: އީސީ

މާލީ މިނިވަންކަން ނެތުމުން، ކޮމިޝަންގެ ގާނޫނީ ބައެއް ޒިންމާތައް އަދާނުކުރެވި އެބަހުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2021 | އާދީއްތަ 12:45
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ އިސް ބޭފުޅުން

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ އިސް ބޭފުޅުން

ކަނޑައަޅާ ބަޖެޓުން ކަންކަން ކުރިއަށްގެންދިއުމުގެ މާލީ މިނިވަންކަން ނުލިބޭކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ފާޅުކޮށްފިއެވެ.

އާދީއްތަ ދުވަހު ކުރިއަށްދިޔަ، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މަޖިލީހުން ބަޖެޓު ފާސްކޮށް ނިންމައި، ފިނޭންސް މިނިސްޓްރީން ކޮމިޝަނަށް ދޫކުރާ ބަޖެޓުން ކަންކަން ކުރުމުގެ މާލީ މިނިވަންކަން އެ ކޮމިޝަނަށް ނުލިބޭ ކަމަށެވެ.

Advertisement - newsAdvertisement

ބައެއް ކަންކަން ކުރުމުގެ ހުއްދަ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވައި، އެކަންކަމުގެ ޖަވާބު ނުލިބޭތީ ކޮމިޝަންގެ ގާނޫނީ ބައެއް ޒިންމާތައް އަދާނުކުރެވި އެކަންކަން ފަސްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްވެގެން ދިއުމާއެކު، މާލިއްޔަތު ގަވައިދާއި ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ބަޖެޓުން ޚަރަދު ކުރުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. މިކަމުގެ ތެރެއަށް ފިނޭންސް މިނިސްޓްރީގެ ނުފޫޒެއް ވަންނަނަމަ އެ ކޮމިޝަނުގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފައްދާނެ ހާލަތަށް ހިނގައިދާނެތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަކަރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ފާއިތުވި 8 އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް މުސާރައިގެ ކުރިއެރުމެއް ނާންނަކަން ފާހަގަކުރައްވާފައެވެ. މުސާރައިގެ ކުރިއެރުން ނުލިބި ގިނަ ދުވަސްތަކެއް ވުމުން ކޮމިޝަންގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުން، ބޮޑު މުސާރަ ދޭ އެހެނިހެން ދުސްތޫރީ ކޮމިޝަންތަކަށް ދާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ މިއީ އެ ކޮމިޝަނަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން މަޖިލިސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ގޮތެއް ހަމަޖައްސައިދެއްވުމަށް އޭނާ ވަނީ ކޮމިޓީ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަންބަޖެޓް 2022ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު