Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2022

މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި

ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 ނޮވެމްބަރު 2021 | ބުދަ 05:36
މުހައްމަދު ނަޝީދު

މުހައްމަދު ނަޝީދު

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ބުދަ ދުވަހުގެ ޖަލްސާގައި ފާސް ކުރުމަށް އަމާޒު ހިފައިފިއެވެ.

މަޖިލިސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބުދަ ދުވަހު ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ބަޖެޓް ބަހުސް ނިންމައި، ބަޖެޓް މަޖިލީހުން ފާސް ކުރުންކަމަށެވެ. އެ އަމާޒުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، މި ދައުރުގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ނިންމައި، އަންނަ ހަފްތާގެ ހޯމަ ދުވަހު ދައުރު ނިންމެވުމަށް އަމާޒު ހިއްޕަވާފައިވާ ކަމަށެވެ. އެގޮތުން މަދަނީ އިޖުރާއަތުގެ ބިލާއި، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކަނޑު ދަތުރު ފަތުރުގެ ގާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުވެސް މިދައުރުގައި ނިންމުމަށް އަމާޒު ހިއްޕަވާފައިވާ ކަމަށް ވިދާޅުވިއެެވެ. ޖިންސީ ކުށުގެ ގާނޫނަށް ގެނައި ދެ އިސްލާހާއި، އެއްމެދު އިމާރާތުގެ ބިލާއި، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުގެ ބިލުގެ މަސައްކަތަކީވެސް މި ދައުުރުގައި ނިންމެވުމަށް އަމާޒު ހިއްޕަވާފައިވާ މަސައްކަތްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު ވަނީ ޖުމްލަ އަދަދަށް ބަދަލު ގެނެސްފައެވެ. އެގޮތުން ބައެއް ކަންކަމަށާއި، ބައެއް މަސައްކަތްތައް ނިންމުމަށް ބަޖެޓްވަނީ އިތުރުކޮށްފައެވެ.

މިގޮތުން ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރުމާއެކު، ބަޖެޓްގެ ޖުމްލަ އަދަދު 36.92އިން 36.99އަށް އިތުރުވެގެން ދިޔައެވެ. މިބަދަލު ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ފައިސާ އިތުރުކުރި ބައެއް ކަންކަމުގެ ތެރޭގައި، 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި 7 މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރުކޮށްދީފައެވެ.

ބަޖެޓް ދިރާސާ ކުރުމުގެ މަރުހަލާގައި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް އެ މުއައްސަސާތަކުގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

ރައީސް ނަޝީދުރައްޔިތުންގެ މަޖިލިސްބަޖެޓް 2022

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު