Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް

ދަރަނި ނަގަން ޖެހެނީ ސަރުކާރު ބަދަލުވިއިރު، ޚަޒާނާގައި ހުންނަންޖެހޭ ފައިސާ ނެތުމުން - ސަލީމް

ސަރުކާރު ބަދަލުވިއިރު 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑް ގަނެފައި އޮތްއިރު އެ ދައްކަމުން ދަނީ މި ސަރުކާރުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 06:25
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

ދަރަނި ނަގަން ޖެހެނީ ސަރުކާރު ބަދަލު ވިއިރު، ޚަޒާނާގައި އާމްދަނީގެ ގޮތުގައި ހުންނަން ޖެހޭ ފައިސާ ނެތުމުން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާ ބެހޭގޮތުން ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ކުރީގެ ސަރުކާރުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކާފައި އެފައިސާ މާލިއްޔަތަށް ނުވައްދާކަން ސާފުކޮށް އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރު ބަދަލުވިއިރު، ދައުލަތުގެ ޚަޒާނާގައި ހުންނަންޖެހޭ ފައިސާ ނެތް ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރު ބަދަލުވިއިރު 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑް ގަނެފައި އޮތްއިރު އެ ދައްކަމުން މިދަނީ މި ސަރުކާރުން ކަމަށެވެ. އެ ބޮންޑަށް 198 މިލިއަން ޑޮލަރު ދައްކާފައިވަނީ ކޮވިޑުގެ ހާލަތުގައި ކަމަށާއި، ބާކީބައި ދެއްކުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށެވެ. މިހާތަނަށް ހިޔާ ފްލެޓްގެ އިންޓަރެސްޓަށްވެސް 1.2 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ހަމަމިއާއެކު 140 މިލިއަން ޑޮލަރުގެ ލޯނުން ދަރުމަވަންތަ ހޮސްޕިޓަލް އަޅަފައިވާއިރު، އެ ލޯނުވެސް އޮތީ މި ސަރުކާރުގެ ބޮލުގައި އެޅިފައިކަމަށެވެ. 140 މިލިއަން ޑޮލަރުގެ ލޯނެއް ދަރުމަަވަންތަ ހޮސްޕިޓަލް އެޅުމަށް ނެގިއިރު، އެތަނަކީ 80 މިލއަން ޑޮލަރުން އެޅިދާނެ ތަނެއް ކަމަށް ތަޖުރިބާކާރުން ބުނަމުންދާކަން ސަލީމް ފާހަގަކުރެއްވިއެވެ.

ސަރުކާރު ބަދަލުވެގެން އައިއިރު، އާސަންދައިން 321.6 މިލިއަން ރުފިޔާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަަކަށް ދައްކަން އޮތްއިރު، އެވެސް ދެއްކީ މި ސަރުކާރުން ކަމަށެވެ. ލޯނު ނަގައި ކަންކަން ކުރުމުގެ ކްރެޑިޓް ކުރީގެ ސަރުކާރުން ނަގާއިރު، އެ ލޯނުތަކުގެ ތަކުލީފު އުފުލަން ޖެހުނީ މި ސަރުކާރަށް ކަމަށް ސަލީމް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ، ބަޖެޓުގައި ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާ މިފަދަ ލޯނުތައް ދެއްކުމަށް ކަނޑައަޅަން ޖެހުން ކަމުގައި ސަލީމް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވިތާ އަށް ސަތޭކައަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ރާއްޖޭގެ ރަށްރަށުގައި ވަގުތީ މިސްކިތުގައި ނަމާދު ކުރުން އެއީ އަޑުއަހަން ފަސޭހަ ވާހަކައެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

އެތައް ވެރިކަމެއް އައިސް ނިމިގެން ގޮސްފައިވާއިރު، ނުވެ ހުރި ކަންތަކުގެ ލިސްޓް ކިޔާއިރު މިކަމުގައި އިހުމާލު އޮތްކަން ފާހަގަނުކުރަނީ ކީއްވެތޯ ސަލީމް ސުވާލު އުފެއްދެވިއެވެ. ސަލީމް ވިދާޅުވީ، 2012ން ފެށިގެން އަރަނި ބަޖެޓެއްވެސް ބެލެންސް ބަޖެޓެއްވެސް ހުށަހަޅާފައި ނުވާއިރު، އަންނަ އަހަރުގެ ބަޖެޓްގައި، ޚާއްސަކޮށް ކޮވިޑްގެ މި ހާލަތުގައި އެކުލަވާލި ބަޖެޓްގައި ދަރަނި ނަގައިގެން ކަންކަން ކުރުމަށް ހިމަނާފައިވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ސަލީމް މިހެން ވިދާޅުވީ، ބަޖެޓް ބަހުސްގައި އިދިކޮޅުން ދައްކަމުން ގެންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. އިގްތިސާދު ރަނގަޅަށް އޮތް ހާލަތުގައި ކުރީގެ ސަރުކާރުން ކަންކަން ކުރީ ލޯނު ނަގައިގެން ކަމަށާއި، އެ ލޯނު އޮއްސަމުން ދިޔައީ މާލެ ސަރަހައްދަށް އެކަނި ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން މަސައްކަތްކުރީ ރާއްޖޭގެ ރަށްތައް ފަޅުކޮށް މާލެ ސަރަހައްދު ތޮއްޖެއްސުމަށް ކަމަށާއި، ރާއްޖޭގެ ރަށްތަކުން މީހުން މަދުވަމުންގޮސް، 2030 އަންނައިރު ރާއްޖޭގެ ރަށްތަކުގެ ގްރޯތް ހުރީ ނެގެޓިވްކޮށް ކަމުގައި ސަލީމް ވިދާޅުވިއެވެ. މިއީ ސިޔާސަތުގެ ސަބަބުން ނުކުންނަ ނަތީޖާ ކަމަށެވެ.

ފަޅުވަމުންދާ ރަށްތައް އާބާދުކޮށް އަލުން އަސާސީ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމަކީ ބަޖެޓް ބޮޑުވާ ސަބަބެއްކަމުގައި ސަލީމް ވިދާޅުވިއެވެ.

ބަޖެޓުން ބައެއް އުނިކުރުމުގެ ބަދަލުގައި އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދައި، ބައެއް ކަންކަން މިހާރު ކުރަމުން އަންނަ ގޮތް ނޫން އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އިސްރާފުކުރެވޭ މިންވަރު މަދު ކުރުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ދޮރުތައް ބަންދު ކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

އުފެއްދުންތެރިކަން އިތުރު ކުރުމަށް ފަރުދީ ޒިންމާވެސް އެބައޮތް ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. ބަޖެޓުން ފެންނަނީ އޯގާތެރި ސަރުކާރެއްގެ ސިފަތައް ކަމަށް ސަލީމް ވިދާޅުވިއެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު